logo
Bank of Maldives

Bank of Maldives

ޚަބަރު

މީރާގެ އިދާރީ މުސްތަޤިއްލުކަން އިތުރުކުރުމަށް ބޭނުންވާ ޤާނޫނީ އިޞްލާޙުތައް ގެންނަނީ

އާމިނަތު ޝަފާ
11 އޯގަސްޓު 2025 - 09:46
މީރާގެ ސާރވިސް ސެންޓަރ
މީރާގެ ސާރވިސް ސެންޓަރ

މީރާގެ އިދާރީ ޤާބިލުކަމާއި މުސްތަޤިއްލުކަން އިތުރުކުރުމަށް ބޭނުންވާ ޤާނޫނީ އިޞްލާޙުތައް ވަރަށް އަވަހަށް ގެނެވޭނެކަމަށާއި، މީރާގެ މުވައްޒަފުންނަށް ލިބިވަޑައިގަންނަވާ މުސާރައާއި ޢިނާޔަތްތައް އިންސާފުވެރި އަދި ރަނގަޅު ފެންވަރެއްގައި ހުރުމަށްޓަކައި ސަރުކާރުން މަސައްކަތްކުރާނެ ކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ މާލީ ކަންކަން ހިންގުމުގައި މުހިންމު ދައުރެއް އަދާކުރާ މީރާގެ 15 ވަނަ އަހަރީ ދުވަސް ފާހަގަކުރުމާއި "ރަންފަނަރަ" އެވޯޑު ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ ސަރުކާރުގެ 'ދިވެހިރާއްޖެ 2.0' ސިޔާސަތާއި މީރާއިން އެކުލަވާލަމުންދާ ޑިޖިޓަލް ޓްރާންސްފޮމޭޝަން ރޯޑްމެޕްއަކީ ޚިދުމަތުގެ ފެންވަރު މަތިކޮށް، ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށާއި، މި މަސައްކަތުގައި މާލީ ވުޒާރާގެ ފުރިހަމަ އެއްބާރުލުން ލިބިވަޑައިގަންނަވާނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ސަރުކާރުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ މެންޑޭޓް އިތުރަށް ހަރުދަނާކޮށް، އެ މުއައްސަސާއަށް ދިމާވާ ގޮންޖެހުންތަކަށް ޙައްލު ހޯދައިދިނުމަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ޓެކްސް ދެއްކުމަކީ ބުރައެއްގެ ގޮތުގައި ދެކިގެން ނުވާނެ ކަމަށާއި، އެއީ އަސާސީ އަދި މަދަނީ ވާޖިބެއް ކަމަށް ވިދާޅުވެ، ޓެކްސް ދެއްކުމުގެ ސަގާފަތް އިތުރަށް ވަރުގަދަކުރަން މަސައްކަތްކުރަންޖެހޭކަމަށެވެ. އަދި ޖީ.އެސް.ޓީއަށް ރަޖިސްޓްރީ ކުރައްވާފައިވާ ވިޔަފާރިތަކަކީ ހަމައެކަނި ޓެކްސް ދައްކާ ފަރާތްތަކެއް ނޫން ކަމަށާއި، އެއީ ޓެކްސް ނެގުމުގެ ނިޒާމުގައި ދައުލަތުގެ ބައިވެރިން ކަމަށް ވިދާޅުވެ، މި މުހިންމު ޒިންމާ އަމާނާތްތެރިކަމާއި ފަރުވާތެރިކަމާއެކު އަދާކުރެއްވުމަށް ވަޒީރު ގޮވާލެއްވިއެވެ.

މީރާއަކީ ދައުލަތުގެ އާމްދަނީ އެއްކުރުމުގެ އެންމެ މުހިންމު އެއް މުއައްސަސާ ކަމަށް ފާހަގަކުރައްވާ، ވަޒީރު ޔަގީންކަން ދެއްވީ، މި ސަރުކާރުން މީރާގެ މެންޑޭޓް އިތުރަށް ހަރުދަނާކޮށް، އެ މުއައްސަސާއަށް ދިމާވާ ގޮންޖެހުންތަކަށް ޙައްލު ހޯދައިދިނުމަށް ފުރިހަމައަށް އެއްބާރުލުން ދޭނެކަމަށެވެ. އެގޮތުން، އެންމެ އިސްކަމެއްގެ ގޮތުގައި މީރާގެ އޮފީސް ޖާގައިގެ ދަތިކަމަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށް މަސައްކަތްކުރާނެ ކަމަށާއި، މީރާއަށް އެކަށީގެންވާ ވަކި ޢިމާރާތެއް ހޯދައިދިނުމަކީ ސަރުކާރުގެ އިސް އަމާޒެއް ކަމަށް ވިދާޅުވިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޭރު ފައިސާއިން ލިބުނު އާމްދަނީ 39 އިންސައްތަ އިތުރުވެއްޖެޚަބަރު | 13 ދުވަސް ކުރިންޖީއެސްޓީ އާއި ގްރީން ޓެކުހުގެ ބަޔާން ހުށަނާޅާ 135 ފަރާތެއްގެ ނަން ހާމަކޮށްފިޚަބަރު | މަހެއް ކުރިންފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓެކްސް ހަރުދަނާ ކުރުމަށް މަޝްވަރާކޮށްފިޚަބަރު | މަހެއް ކުރިންދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 8 ޕަސެންޓް އިތުރު ޚަބަރު | 2 މަސް ކުރިން