logo
Bank of Maldives

Bank of Maldives

ޚަބަރު

ޖީއެސްޓީ އާއި ގްރީން ޓެކުހުގެ ބަޔާން ހުށަނާޅާ 135 ފަރާތެއްގެ ނަން ހާމަކޮށްފި

އާމިނަތު ޝަފާ
19 ސެޕްޓެމްބަރު 2025 - 06:26
މީރާގެ ސާރވިސް ސެންޓަރ
މީރާގެ ސާރވިސް ސެންޓަރ

މިދިޔަ މޭ މަހާ ހަމައަށް ޖީއެސްޓީ އާއި ގްރީން ޓެކުހުގެ ބަޔާން ހުށަނާޅާ ފަރާތްތަކުގެ ނަން މީރާއިން ހާމަކޮށްފިއެވެ.

މީރާއިން މި މަހުގެ އަށްވަނަ ދުވަހު ފުރަތަމަ ޝާޢިއުކުރި ލިސްޓުގައި ޖުމުލަ 152 ފަރާތެއް ހިމެނިފައިވެއެވެ. ނަމަވެސް، މި ލިސްޓު ޝާޢިއުކުރުމަށްފަހު، 17 ފަރާތަކުން ޖީ.އެސް.ޓީ އަދި ގްރީން ޓެކުހުގެ ބަޔާން ހުށަހަޅާފައިވާތީ، މި ވަގުތާ ހަމައަށް ޖީ.އެސް.ޓީ އަދި ގްރީން ޓެކުހުގެ ބަޔާން ހުށަނާޅާ ފަރާތްތަކުގެ އަދަދު ވަނީ 135 އަށް ބަދަލުވެފައެވެ.

ޓެކުހުގެ ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަ ކުރާ އުސޫލުގެ ދަށުން، އެ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގެ ކުރިން އެ ފަރާތްތަކަށް ފޯނުން ގުޅައިގެންނާއި އެސްއެމްއެސް މެދުވެރިކޮށް ، ޓެކްސް ނުދައްކާ ފަރާތްތަކަށް ޤާނޫނުގައި ކަނޑައަޅާފައިވާ އަދަބުތަކާއި، އެފަރާތްތަކާމެދު އަޅާނެ ފިޔަވަޅުތަކުގެ މައުލޫމާތު އަންގާފައިވާނެކަމަށް މީރާއިން މައުލޫމާތުދެއެވެ.

ދައުލަތަށް ދައްކަންޖެހި ނުދައްކައިވާ ޓެކުހާއި އެހެނިހެން ފައިސާ ހޯދުމުގެ ގޮތުން މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން އެޅުމަށް ކަނޑައަޅައިފައިވާ އިތުރު ފިޔަވަޅުތައް ވެސް ތަފާތުކުރުމެއްނެތި އަޅަމުންގެންދާނެކަމަށް މީރާއިން މައުލޫމާތު ދެއެވެ.

އެހެންކަމުން، މިހާތަނަށް ވެސް ޓެކުހުގެ ބަޔާން ހުށަނާޅާ ފަރާތްތަކުން އެ ބަޔާންތައް ހުށަހެޅުމަށާއި ޓެކްސް ނުދައްކައިވާ ފަރާތްތަކުން ލަސް ނުކުރައްވައި ޓެކްސް ދެއްކުމަށް، ނުވަތަ، މީރާއާއެކު ޓެކްސް ދެއްކުމުގެ އެއްބަސްވުމަކަށް އައުމަށް މީރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޭރު ފައިސާއިން ލިބުނު އާމްދަނީ 39 އިންސައްތަ އިތުރުވެއްޖެޚަބަރު | ގަޑިއިރެއް ކުރިންޖީއެސްޓީ އާއި ގްރީން ޓެކުހުގެ ބަޔާން ހުށަނާޅާ 135 ފަރާތެއްގެ ނަން ހާމަކޮށްފިޚަބަރު | މަހެއް ކުރިންފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓެކްސް ހަރުދަނާ ކުރުމަށް މަޝްވަރާކޮށްފިޚަބަރު | މަހެއް ކުރިންދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 8 ޕަސެންޓް އިތުރު ޚަބަރު | މަހެއް ކުރިން