logo
Bank of Maldives

Bank of Maldives

ވިޔަފާރި

މާރިޗު މަހު މުދަލާއި ޚިދުމަތުގެ ޓެކުހުން ދައުލަތަށް 2.4 ބިލިއަން ރުފިޔާ

ޒިދާން މުޙައްމަދު
10 އޭޕްރީލު 2026 - 16:10
މީރާގެ ސާރވިސް ސެންޓަރ
މީރާގެ ސާރވިސް ސެންޓަރ

މިދިޔަ މާރިޗު މަހު މުދަލާއި ޚިދުމަތުގެ ޓެކުހުން ދައުލަތަށް 2.4 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުގައި، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިދިޔަ މާރިޗު މަހު އާމްދަނީގެ ގޮތުގައި 4.03 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި މި މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ 17 ޕަސަންޓް އިތުރު އަދަދެކެވެ. އަދި މިއީ މާރިޗު މަހު ލިބޭނެ ކަމަށް ލަފާކުރި އާމްދަނީއަށް ވުރެ 26.8 ޕަސެންޓް އިތުރު އަދަދެކެވެ.

މާރިޗު 2026ގައި، އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް - ޖީއެސްޓީންނެވެ. ޖީއެސްޓީގެ ގޮތުގައި ބޮޑު އާމްދަނީއެއް ލިބުނުއިރު އެއީ 2.4 ބިލިއަން ރުފިޔާ އެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ރިސޯޓުތަކުގެ ކުލިން ނަގާ ޓެކުހުގެ ގޮތުގައެވެ. އެއީ 440 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން ގްރީން ޓެކުހުގެ ގޮތުގައި 312 މިލިއަން ރުފިޔާ، އެއަޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 271 މިލިއަން ރުފިޔާ، ޑިޕާޗާ ޓެކުހުގެ ގޮތުގައި 248 މިލިއަން ރުފިޔާ އަދި އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 198 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

މީރާ އިން ބުނި ގޮތުގައި މާރިޗު މަހު ލިބުނު އާމްދަނީ އިތުރުވީ ޓޫރިޒަމް ދާއިރާގެ ޖީއެސްޓީގެ އާމްދަނީއާއި ކުންފުނިތަކާއި ފަރުދުން ނޫން އެހެން ފަރާތްތަކުން ނަގާ ޓެކުހާއި ގްރީން ޓެކުހުން ލިބިފައިވާ އާމްދަނީ އިތުރުވުމުންނެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހަށް ވުރެ މިއަހަރުގެ ފެބްރުއަރީ މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 18.8 ޕަސަންޓް އިތުރުވުމަކީވެސް މާރިޗު މަހުގެ އާމްދަނީ އިތުރުވި ސަބަބެއް ކަމަށް މީރާ އިން ބުންޏެވެ.

މީރާ އިން ވަނީ ނުލިބި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުގެ ތެރެއިން 882 މިލިއަން ރުފިޔާ މިދިޔަ މާޗް މަހުގެ ތެރޭގައި ދައުލަތަށް ހޯދައިދީފައެވެ. އަދި ނޯޓިސް ފޮނުވައިގެން 397 މިލިއަން ރުފިޔާ އާއި ޑިއުސް ކްލިއަރެންސްގެ ގޮތުގައި 411 މިލިއަން ރުފިޔާވެސް ހޯދާފައިވެއެވެ. މީގެ އިތުރުން ޓެކްސް ދައްކާ ފަރާތްތަކަށް ފައިސާ ދެއްކުމަށް ހަނދާންކޮށްދިނުމަށް ކުރި ފޯނު ކޯލުތަކުގެ ޒަރިއްޔާއިން 13 މިލިއަން ރުފިޔާ އަދި އިންސްޓޯލްމަންޓް އެއްބަސްވުމުގެ ދަށުން 61 މިލިއަން ރުފިޔާވެސް ހޯދާފައިވެއެވެ.

މީރާއަށް މިދިޔަ މާރިޗު މަހު އާމްދަނީގެ ގޮތުގައި ލިބުނު ފައިސާގެ ތެރޭގައި 205.18 މިލިއަން ޑޮލަރުވެސް ހިމެނެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާރިޗު މަހު މުދަލާއި ޚިދުމަތުގެ ޓެކުހުން ދައުލަތަށް 2.4 ބިލިއަން ރުފިޔާ ވިޔަފާރި | 2 ގަޑިއިރު ކުރިންދައުލަތުގެ އާމްދަނީއަށް 4.4 އިންސައްތައިގެ ކުރިއެރުމެއްޚަބަރު | 14 ދުވަސް ކުރިންޓެކްސް ނުދައްކާ ފަރާތްތަކުގެ ނަން މީރާއިން ހާމަކޮށްފި ޚަބަރު | 2 މަސް ކުރިންމުދަލު ޒަކާތް: 10 މަސްތެރޭ 93 މިލިޔަން ރުފިޔާޚަބަރު | 5 މަސް ކުރިން