logo
MPL

MPL

ޚަބަރު

ޓެކްސް ބަޔާން ހުށަނާޅާ، ފައިސާ ނުދައްކާ ފަރާތްތަކުގެ ނަންތައް މީރާ އިން ހާމަކޮށްފި

މުޙައްމަދު އަފްރާޙް
15 އޭޕްރީލު 2026 - 04:27
ފިނޭންސް މިނިސްޓްރީ ހިންގާ އިމާރާތް
ފިނޭންސް މިނިސްޓްރީ ހިންގާ އިމާރާތް

ކުންފުނިތަކާއި އަމިއްލަ ފަރުދުން-ނޫން ފަރާތަތަކުގެ އިންކަމް ޓެކުހާއި ފަރުދުންގެ އާމްދަނީން ނެގޭ ޓެކުހުގެ ބަޔާން ހުށަނާޅާ ފަރާތްތަކުގެ ނަން މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ.

މީރާ އިން ބުނީ މިއީ ޓެކުހުގެ ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަ ކުރާ އުސޫލުގެ ދަށުން، 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހާ ހަމައަށް ބަޔާން ހުށަނާޅާ ފަރާތްތައް ކަމަށެވެ. އަދި މީރާއިން 14  އޭޕްރީލް 2026 ގައި ފުރަތަމަ ޝާއިއުކުރި ލިސްޓުގައި ޖުމުލަ 48 ފަރާތެއް ހިމެނިފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޓެކުހުގެ ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަ ކުރާ އުސޫލުގެ ދަށުން، އެ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގެ ކުރިން އެ ފަރާތްތަކަށް ފޯނުން ގުޅައި، ޓެކްސް ނުދައްކާ ފަރާތްތަކަށް ޤާނޫނުގައި ކަނޑައަޅާފައިވާ އަދަބުތަކާއި، އެފަރާތްތަކާމެދު އަޅާނެ ފިޔަވަޅުތަކުގެ މައުލޫމާތު ކިޔައިދެވިފައިވާނެ ކަމަށް މީރާ އިން ބުނެއެވެ. އަދި އެސް.އެމް.އެސްގެ ޒަރިއްޔާއިން ވެސް އެ ފަރާތްތަކަށް އެކަން އަންގާފައިވާނެ ކަމަށް ވެސް ބުނެއެވެ.

ދައުލަތަށް ދައްކަންޖެހި ނުދައްކައިވާ ޓެކުހާއި އެހެނިހެން ފައިސާ ހޯދުމުގެ ގޮތުން މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން އެޅުމަށް ކަނޑައަޅައިފައިވާ އިތުރު ފިޔަވަޅުތައް ވެސް ތަފާތުކުރުމެއްނެތި އަޅަމުންގެންދާނެކަމަށް މީރާއިން މައުލޫމާތުދެއެވެ. އެހެންކަމުން، މިހާތަނަށް ވެސް ޓެކުހުގެ ބަޔާން ހުށަނާޅާ ފަރާތްތަކުން އެ ބަޔާންތައް ހުށަހެޅުމަށާއި ޓެކްސް ނުދައްކައިވާ ފަރާތްތަކުން ލަސް ނުކޮށް ޓެކްސް ދެއްކުމަށް، ނުވަތަ، މީރާއާއެކު ޓެކްސް ދެއްކުމުގެ އެއްބަސްވުމަކަށް އައުމަށް މީރާއިން އިލްތިމާސް އިލްތިމާސްކުރެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދައުލަތުގެ އިދާރާތަކުން ނުދައްކާ ހުރި ބިލްތައް މީރާގެ ޓެކުހަށް ބަދަލުކޮށް އަޅައިކެނޑޭނެ މަގު ފަހިކޮށްދީފިޚަބަރު | 9 ދުވަސް ކުރިންނުލިބި ހުރި ފައިސާގެ ތެރެއިން 623 މިލިއަން ރުފިޔާ ހޯދައިފިޚަބަރު | މަހެއް ކުރިންޑޮލަރު އާމްދަނީ 1.2 ބިލިއަނަށްވިޔަފާރި | މަހެއް ކުރިންމީރާއަށް މިދިޔަ މަހު 2.69 ބިލިއަން ރުފިޔާވިޔަފާރި | މަހެއް ކުރިން