logo
MPL

MPL

ޚަބަރު

މުދަލު ޒަކާތް: 10 މަސްތެރޭ 93 މިލިޔަން ރުފިޔާ

އާމިނަތު ޝަފާ
14 ނޮވެމްބަރު 2025 - 05:09
މުދަލު ޒަކާތް: 10 މަސްތެރޭ 93 މިލިޔަން ރުފިޔާ

އަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެގޮތުގައި 93 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑު ރެވެނިއު އޮތޯރިޓީ- މީރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މީރާގެ އެންމެ ފަހުން ނެރެފައިވާ މާލީ ރިޕޯޓުގައިވާގޮތުން އޮކްޓޫބަރު މަހުގެ ނިޔަލަށް މީރާއަށް މުދަލު ޒަކާތުގެގޮތުގައި 93 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ އޮކްޓޫބަރުމަހު މުދަލު ޒަކާތުގެގޮތުގައި ވަނީ 5.5 މިލިޔަން ރުފިޔާ ލިބިފައެވެ.


ރާއްޖޭގައި ޒަކާތުގެ ނިޞާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. ރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ދިވެހި ފައިސާގެ މިންވަރު ވެސް ބަދަލުވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މުދަލު ޒަކާތުގެ ނިސާބަށް އެންމެ ފަހުން ބަދަލު ގެނެސްފައިވަނީ މިދިޔަ އޯގަސްޓުމަހުގެ 21ވަނަ ދުވަހުއެވެ. އެގޮތުން ދިވެހިރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބަކީ، ރިހީގެ ގްރާމަކަށް 18:81 ގެ ރޭޓުން 595 ގްރާމަށްވާ 11,191.95ރުފިޔާ އެވެ. މީގެކުރިން މުދަލު ޒަކާތުގެ ނިސާބު ހުރީ 9264.15 ރުފިޔާގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މީރާގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ކޮމިޝަނަރ ޖެނެރަލްގެ މަޤާމަށް އަންހެން ބޭފުޅަކު އައްޔަންކުރައްވައިފިޚަބަރު | 4 މަސް ކުރިންދަތިވާ ފަރާތްތަކަށް އިންސްޓޯލްމަންޓަށް ބަހާލައިން ޓެކްސް ދެއްކޭ ނިޒާމު ވެސް އޮވޭ: މީރާޚަބަރު | 4 މަސް ކުރިންއިންކަމް ޓެކްސް ބަޔާން ހުށަހެޅުމުގެ ސުންގަޑި މި މަހުގެ ނިޔަލަށް ހަމަވަނީޚަބަރު | 4 މަސް ކުރިން2025 ވަނަ އަހަރަށް އިންކަމް ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑި މިމަހުގެ ނިޔަލަށްވިޔަފާރި | 5 މަސް ކުރިން