logo
ޚަބަރު

ރޫޅުނީ އެމްޑީޕީ ޕީޖީ ގުރޫޕާއި ރައީސް ޔާމީންގެ ޕީޖީ ގުރޫޕް: މެމްބަރު ފަލާހް

އާމިނަތު ޝަފާ
11 އޯގަސްޓު 2025 - 05:17
ރޫޅުނީ އެމްޑީޕީ ޕީޖީ ގުރޫޕާއި ރައީސް ޔާމީންގެ ޕީޖީ ގުރޫޕް: މެމްބަރު ފަލާހް

ރޫޅުނީ އިދިކޮޅު އެމްޑީޕީ ޕީޖީ ގުރޫޕާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީޖީ ގުރޫޕްކަމަށް ވިދާޅުވެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހް އިދިކޮޅު ފަރާތްތަކަށް ބަހުގެ ހަމަލާތައް ދެއްވައިފިއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ އޮޕަރޭޝަންތަކަށް ބޭނުންވާ ޑީސަލް ގަތުމުގެ މުޢާމަލާތާ ގުޅޭ އޮޑިޓް ރިޕޯޓު މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓާ ގުޅޭގޮތުން ވާހަކަދައްކަވަމުން މެމްބަރު ފަލާހް ވިދާޅުވީ ޕީއެންސީގެ ޕީޖީ ގުރޫޕް ބައިބައިނުކުރެވިގެން ތަފާތު ދޮގުވާހަކަތައް ފަތުރަމުންއަންނަކަމަށެެވެ. ނަމަވެސް ޕީއެންސީގެ ޕީޖީ ގުރޫޕް އޮތީ ވަރަށް ބަދަހިކޮށްކަމަށް ފަލާހް ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

"އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕް ރޫޅިއްޖެ. ޔާމީންގެ ޕާލަމެންޓަރީ ގުރޫޕް ރޫޅިއްޖެ. މި ބޭފުޅުން ރޫޅުނީމަޖެހޭތޯ ރައީސް މުއިއްޒު ގެންގުޅޭ ޕާލަމެންޓަރީ ގުރޫޕު ރޫޅެން. ނުރޫޅޭނެ. އެމްޑީޕީން ޖަހަން އުޅޭހާ ސަކަރާތެއް ނުޖެހޭނެ".

ޕީއެންސީ އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ 13 ނުވަތަ 14 މެންބަރަކު، މަޖިލީހުގެ ގޮނޑި ގެއްލުނަސް ހެޔޮ ކަމަށް ސަރުކާރާ ދެކޮޅަށް ނުކުންނަވާނެކަމަށް ވިދާޅުވެ މިފަހުން ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވާހަކަތަކެއް ދައްކަވާފައިވާއިރު ޕީއެންސީން ބުނެފައިވަނީ ޕީޖީ ގްރޫޕް ރޫޅާލެވިދާނެކަމަށްހީކޮށް ބުހްތާނު ދޮގުވާހަކަފެތުރުމަކީ ވަރަށްބޮޑުކުށްހީއެއް ކަމަށެވެ. 

ވާހަކަތަކާ ގުޅިގެން އޭރު ފަލާހު ކުރެއްވި ޕޯސްޓުގައި މިފަދަފިތުނަ ފަތުރައިދޭމަތިން ރައީސް ޔާމީނު ދާދިފަހުން މެމްބަރު އައްބާހަށް 3 މިލިއަން ރުފިޔާދީފައިވާ ކަމަށް ދެކެވޭ ވާހަކަތަކަށް މިކަމުން ބާރުލިބޭކަމަށެވެ.

 

Hajj Corpooration

Hajj Corpooration

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވަކިބަޔަކު ބޭނުންވާ މަގްސަދު ހާސިލްކުރުމަށް ބައެއް ބޭފުޅުންގެ އަބުރު ކަތިލަމުން އެބަދޭ: ފަލާހްޚަބަރު | 2 ދުވަސް ކުރިންރޫޅުނީ އެމްޑީޕީ ޕީޖީ ގުރޫޕާއި ރައީސް ޔާމީންގެ ޕީޖީ ގުރޫޕް: މެމްބަރު ފަލާހް ޚަބަރު | 9 ދުވަސް ކުރިންހުށަހެޅިފައި އޮތީ ރައީސް ޔާމީނާއި އެމްޑީޕީން ގުޅިގެން ކުރި ވައްކަމުގެ ރިޕޯޓެއް: މެމްބަރު ފަލާހް ޚަބަރު | 9 ދުވަސް ކުރިންއައްބާސް ފަތުރަނީ ބޮޑު ދޮގެއް، ޕީއެންސީ ޕީޖީ ގްރޫޕް ރޫޅައެއް ނުލެވޭނެޚަބަރު | 12 ދުވަސް ކުރިން