logo
Bank of Maldives

Bank of Maldives

ޚަބަރު

ވަކިބަޔަކު ބޭނުންވާ މަގްސަދު ހާސިލްކުރުމަށް ސޯޝަލް މީޑިއާގައި ބައެއް ބޭފުޅުންގެ އަބުރު ކަތިލަމުން އެބަދޭ: ފަލާހް

މުހައްމަދު މޫސާމުހައްމަދު މޫސާ
18 އޯގަސްޓު 2025 - 16:24
ވަކިބަޔަކު ބޭނުންވާ މަގްސަދު ހާސިލްކުރުމަށް ބައެއް ބޭފުޅުންގެ އަބުރު ކަތިލަމުން އެބަދޭ: ފަލާހް

މިނިވަން ކޮމިޝަންތަކަށާއި، އެކި މުއައްސަސާތަކަށް ޢައްޔަނުކުރުމަށް މަޖިލީހަށް ހުށަހެޅޭ ބައެއް ބޭފުޅުން އެ މަގާމްތަކަށް އަޔަނުކުރުމާއި ގުޅޭގޮތުން ވަކި ބަޔަކު ބޭނުންވާ މަގްސަދު ހާސިލް ކުޅައުމަށް ސޯޝަލް މީޑިއާގައި ބައެއް ބޭފުޅުންގެ އަބުރު ކަތިލަމުންދާކަން ވަރަށް ބޮޑަށް ފާހަގަކުރެވޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް މިއަދު ވިދާޅުވެއްޖެއެވެ.

ފަލާހް މިހެން ވިދާޅުވީ، މިއަދުގެ މަޖިލީހުގެ ޖަލްސާގައި އިންޝުއަރެންސްގެ ބިލު، މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ވާހަކަ ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ރިޕޯޓަށް ވާހަކަދައްކަވަމުން މަޖިލީހުގެ ކޮމިޓީތަކުގައި ކުރާ މަސައްކަތްތަކާ ބެހޭ ގޮތުން އަލިއަޅުވާލައްވަމުން ފަލާހް ވިދާޅުވީ، ކޮމިޓީތަކުގެ މަސައްކަތް ކުރާ ބޭފުޅުން މިހާރު މި ވަގުތު ރާއްޖޭގެ ހާލަތަށް ބަލާއިރުގައި ސޯޝަލް މީޑިއާއާ ދޭތެރޭ ވަރަށް ބޮޑަށް ވިސްނަން ޖެހިފައިވާ ކަމަށެވެ.

''އެއީ އަޅުގަނޑުމެންގެ ކޮމިޓީއަށް މިސާލަކަށް ކޮމިޝަނަކަށް ނޫނިއްޔާ މުއައްސަސާއަކަށް މީހަކު ނަގަން، މިސާލަކަށް މާލިއްޔަތު ކޮމިޓީއަށް ނޫނީ ޖުޑީޝިއަރީ ކޮމިޓީއަށް އަންނަނީ ނަންތަކެއް، އަންނައިރުގައި ވަކިބަޔަކު ބޭނުންވާ މީހަކު ނެގުމަށް ނުވަތަ ވަކިބަޔަކު ބޭނުންވާ މީހަކު ކަޓުވައިލުމަށް ޓަކައި ސޯޝަލް މީޑިއާގައި ބައެއް ބޭފުޅުންގެ އަބުރު ކަތިލަމުންދާކަން އަޅުގަނޑަށް ވަރަށް ބޮޑަށް ފާހަގަކުރެވޭ'' ފަލާހް ވިދާޅުވިއެވެ.

''މިސާލަކަށް ،4 5 ނަމެއް އައީމަ އެތަނުން ކޮންމެވެސް މުޙައްމަދު ޔޫސުފް ނޫނިއްޔާ މިސާލަކަށް ކޮންމެވެސް ނަމެއް ކަޓުވައިލަން ބޭނުންވަނީ، މިކަން ކުރަނީ ގިނަފަހަރަށް އެމ.ްޑ.ީޕީ.ން، އެހެންވީމާ، އެއީ ވަރަށް ދެރަކަމެއް'' ފަލާހް އިތުރަށް ވިދާޅުވިއެވެ.

ފަލާހް ވިދާޅުވީ އެއީ ވަރަށް ޙަޤީޤީ، ރައްޔިތުން ވަރަށް ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޑީޕީގެ ދެ ވެރިކަމުގައިވެސް ރާއްޖޭގެ އިގްތިސޯދަށް ފައިދާވާނެ ކަމެއް ކޮށްފައިނުވޭ: ފަލާހްޚަބަރު | 4 ދުވަސް ކުރިންރިޔާސީ އިންތިޚާބާއި މަޖިލީސް އިންތިޚާބު އެކީ ބާއްވަން ޤާނޫނުއަސާސީ އިސްލާހުކުރަން ހުށަހަޅައިފިޚަބަރު | މަހެއް ކުރިން އިންތިހާބުގައި ޕީއެންސީން ވާދަކުރާ ކެންޑިޑޭޓުންގެ އަދަދު %97 އަށް އަރާޚަބަރު | 2 މަސް ކުރިންކައުންސިލާއި ޑަބްލިއުޑީސީ އިންތިޚާބުގެ ޕީއެންސީގެ ކެމްޕެއިން މެނޭޖަރަކަށް ފަލާޙްޚަބަރު | 2 މަސް ކުރިން