logo
Bank of Maldives

Bank of Maldives

ޚަބަރު

އިތުރު ހަތް އެއާލައިނެއްގެ ޚިދުމަތް ވީއައިއޭގެ އައު ޓާމިނަލަށް

މުހައްމަދު މޫސާމުހައްމަދު މޫސާ
11 އޯގަސްޓު 2025 - 05:35
އިތުރު ހަތް އެއާލައިނެއްގެ ޚިދުމަތް އައު ޓާމިނަލަށް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ)ގެ އައު ޕެސެންޖަރ ޓާމިނަލަށް އިތުރު 7 އެއާލައިނެއް ބަދަލުކުރުމުގެ މަސައްކަތް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ފަށައިފިއެވެ.

މިހާތަނަށް އައު ޓާމިނަލުން ޚިދުމަތް ދެމުން އަންނަނީ ހަމައެކަނި ޤައުމީ އެއާލައިން، މޯލްޑިވިއަން އެކަނި ކަމަށްވާއިރު، އެ އެއާލައިންގެ ބައިނަލްއަޤްވާމީ ދަތުރުތަކަށް މިހާރު ބޭނުންކުރަމުން އަންނަނީ އާ ޓާމިނަލެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމްއޭސީއެލްއިން މި މަހުގެ ތެރޭގައި އައު ޓާމިނަލަށް ބަދަލުކުރުމަށް އަމާޒު ހިފާފައިވާ އެއާލައިންތަކުގެ ތެރޭގައި ޗޮންޖިން އެއާލައިންސް، ބިއޯންޑް، ޒިއަމެން އެއާ، އޮމާން އެއާ، ފިޓްސް އޭވިއޭޝަން، ޔޫއެސް ބަންގްލާ އެއާލައިންސް އަދި އެއާ އަރަބިއާ ހިމެނެއެވެ. މީގެ އިތުރުން ބެންކޮކް އެއާވޭސް އަދި ބެޓިކް އެއާވޭސް ވެސް އައު ޓާމިނަލަށް ބަދަލުކުރެވޭނެއެވެ.

26 ޖުލައި 2025 ގައި ހުޅުވުނު މި އައު ޓާމިނަލަކީ 72،000 އަކަ މީޓަރުގެ ސަރަހައްދެއްގައި ތަރައްޤީކޮށްފައިވާ ޒަމާނީ ވަސީލަތްތަކާ އެކު ޤާއިމްކޮށްފައިވާ ޓާމިނަލެކެވެ. މި ޓާމިނަލްގައި 47 ޗެކިން ކައުންޓަރާއި، 6 ސެލްފް ސާވިސް ޗެކިން ކިއޮސްކް އަދި ސީޕްލޭންއަށް ޚާއްސަ 24 ޗެކިން ކައުންޓަރ ޤާއިމްކޮށްފައިވެއެވެ.

އައު ޓާމިނަލްގައި އިމިގްރޭޝަން ކައުންޓަރުތައް ދެގުނަ އިތުރުކޮށްފައިވާއިރު، ފުރާ ފަސިންޖަރުންނަށް 20 އަށްވުރެ ގިނަ ކައުންޓަރާއި 6 އީގޭޓް، އަދި އަންނަ ފަސިންޖަރުންނަށް 28 ކައުންޓަރާއި 7 އީގޭޓް ޤާއިމްކޮށްފައިވެއެވެ. އަދި ރާއްޖޭގައި ފުރަތަމަ ފަހަރަށް 12 އެއިރޯ ބްރިޖް މި ޓާމިނަލުގައި ހަރުކޮށްފައިވާއިރު، މި ބްރިޖްތަކަކީ އޭސީ ކުރެވިފައިވާ ޒަމާނީ ވަސީލަތްތަކެވެ.

އަހަރަކު 7 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ފެންވަރަށް ތަރައްޤީކޮށްފައިވާ މި ޓާމިނަލްގައި އެންމެ ޒަމާނީ ބެގޭޖް ސްކޭން ކުރުމުގެ ނިޒާމާއި ހައި ސްޕީޑް ބެގޭޖް ބެލްޓުތައް ބޭނުންކުރެވޭނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވީއައިއޭގެ ޓެކްސީވޭ އަލުން ތަރައްގީ ކުރުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހި ނިމިއްޖެޚަބަރު | މަހެއް ކުރިންވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ފަސިންޖަރު ޓާމިނަލުން ފިޓްސް އެއާއަށް ހިދުމަތް ދޭން ފަށައިފިޚަބަރު | މަހެއް ކުރިންވީއައިއޭގެ ޓާމިނަލް އެކަކުން ޚިދުމަތް ދިން ފުރަތަމަ ލަގްޒަރީ އެއަރލައިނަކަށް ބިއޯންޑްޚަބަރު | މަހެއް ކުރިން އެމަޖެންސީ ހާލަތަކަށް ތައްޔާރުވެ ތިބުމަށް ވީއައިއޭގައި ބާއްވާ ހަރަކާތް ސެޕްޓެމްބަރު މަހު ބާއްވަނީޚަބަރު | މަހެއް ކުރިން