ފެންނާ ނަރުދަމާގެ ގާނޫނަށް ގެނައި އިސްލާހްގެ ބިލް ފާސްކޮށްފި
11 އޯގަސްޓު 2025 - 06:51

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށްތަކުގައި އެކަށީގެންވާ ފެނާއި ނަރުދަމާގެ ނިޒާމެއް ގާއިމުކޮށް ހިންގޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ލާޒިމުކުރަން ފެނާއި ނަރުދަމާގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދެވެ.

Ad by Hajj Corporation
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި އިސްލާހު ފާސްކުރަން ފެންނަ ކަމަށް 61 މެންބަރުން ވޯޓު ދެއްވިއިރު ނުފެންނަ ކަމަށް ހަތް މެންބަރުން ވޯޓު ދެއްވި އެވެ.
ސަރުކާރުގެ ފަރާތުން މި ބިލް ހުށަހެޅި ބޭނުމަކީ، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށްތަކުގައި އެކަށީގެންވާ ފެނާއި ނަރުދަމާގެ ނިޒާމެއް ގާއިމުކޮށް އިންތިޒާމުތައް ހަމަޖެއްސުމަށް ގާނޫނުގެ އަށް ވަނަ މާއްދާގައި ކަނޑައަޅާފައިވާ ފަސް އަހަރު ދުވަހުގެ މުއްދަތު އިތުރުކުރުމާއި، އޭނޫންވެސް ގާނޫނު ހިންގުން އިތުރަށް ހަރުދަނާކުރުމަށްޓަކައި ގާނޫނަށް ގެންނަށްޖެހޭ އިސްލާހުތައް ހަމަޖެއްސުމެވެ. އިސްލާހުގައި ވަނީ އެ މުއްދަތު ލަސްވެގެން 2027 ގެ ނިޔަލަށް ބަދަލުކުރުމަށެވެ.
ފެނާއި ނަރުދަމާގެ ގާނޫނު ތަސްދީގުކޮށް އަމަލުކުރަން ފެށީ 5 އޮގަސްޓް 2020ގަ އެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރެއްވުމަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް، ވެރިކަމުގެ ދައުރު ހަމަވިއިރު ބައެއް ރަށްރަށުގައި އެ މަސައްކަތް ނުނިމެ އެވެ.