logo
އަބްދުއްރަހުމާން މަރާލި މައްސަލަ: ތިން މީހަކު ހައްޔަރުކޮށްފި
ޚަބަރު

މަޖިލީހުގެ މިދައުރުގައި ބޭއްވީ 27 ޖަލްސާ

އައިމިނަތު މޫސާ
19 އޯގަސްޓު 2025 - 14:31
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ؛ ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ؛ ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށްލިއިރު ބޭއްވިފައިވަނީ 27 ޖަލްސާކަން ތަފާސްހިސާބުތަކުން ދައްކައުފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން ނަމަ މި ނިމުނު ދެވަނަ ދައުރުގެ ޖަލްސާތައް ނިމޭނީ މިދިޔަ ހުކުރު ދުވަހެވެ. ނަމަވެސް ދައުރު ނިމޭ ޖަލްސާ ބާއްވާނީ އެ ދައުރުގެ ތެރެއިން އަންނަ ފަހު ބުރާސްފަތި ނުވަތަ ހޯމަ ދުވަހުގައި ކަމަށް ގަވައިދުގައި ބަޔާންކޮށްފައި އޮތުމުން، ދައުރު ނިމޭ ގޮތަށް ފުރަތަމަ އޮތީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މަހުގެ 5 ވަނަ ދުވަހު ބޭއްވި ޖަލްސާގައި މަޖިލީހުން ފާސްކުރީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ދައުރު ދަންމާލުމަށެވެ. އެހެންކަމުން މި ދައުރު ނިމޭގޮތަށް އޮތީ އަންނަ ބުރާސްފަތި ދުވަހުއެވެ. ދައުރު ނިމެން ދެ ދުވަހަށް ވެފައި ވަނިކޮށް މިއަދުގެ ޖަލްސާގައި މެންބަރުން ވަނީ ދައުރު ކުރުކޮށްލައްވައި، ޗުއްޓީއަށް ގޮސްފައެވެ.

މަޖިލީހުން ވަނީ ދެވަނަ ދައުރުގައި ކުރެވުނު މަސައްކަތްތަކުގެ ތަފުސީލު ހިއްސާކޮށްފައެވެ. އެގޮތުން މި ދައުރުގައި ޖުމުލަ 27 ޖަލްސާ ބާއްވާފައިވާއިރު، އެ ޖަލްސާތަކަށް ހޭދަވީ 46 ގަޑިއިރެވެ. އޭގެއިތުރަށް، 24 ބިލެއް ދައުރުގައި ހުށަހެޅުނު އިރު އޭގެތެރެއިން ހަތް ބިލެއް ވަނީ ނިންމާފައެވެ. މަޖިލީހުގެ ދެވަނަ ދައުރުގެ ތެރޭގައި އިމްތިޔާޒުގެ ދެ މައްސަލައެއް ހުށަހެޅިއިރު، އޭގެތެރެއިން މައްސަލައެއް ނިންމިއެވެ.

މި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މަޖިލީހުގެ މި ދައުރުގައި ނުނިންމި ޖުމުލަ 396 މައްސަލައެއް އެބަ އޮތެވެ. ދައުރުގެ ތެރޭގައި ޖުމުލަ 127ކޮމިޓީ ބޭއްވިއެވެ. އެކޮމިޓީތަކުގައި މެންބަރުން ހޭދަކުރީ 91 ގަޑިއިރާއި 29 މިނެޓެވެ.

 

Hajj Corpooration

Hajj Corpooration

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަޖިލީހުގެ މިދައުރުގައި ބޭއްވީ 27 ޖަލްސާޚަބަރު | 2 ދުވަސް ކުރިންއިންޑިއާ އައުޓް ޓީޝާޓް ނުލަން، ލައިގެން ހުރީ މިނިވަންކަމުގެ ދިފާއުގެ ޓީޝާޓް: ވަޒީރު ހަލީލްޚަބަރު | 8 ދުވަސް ކުރިންރާއްޖެއާއި ސައުދީގެ ގުޅުން ވަރަށް ވަރުގަދަ: ވަޒީރު ހަލީލްޚަބަރު | 8 ދުވަސް ކުރިންފެންނާ ނަރުދަމާގެ ގާނޫނަށް ގެނައި އިސްލާހުގެ ބިލް ފާސްކޮށްފިޚަބަރު | 10 ދުވަސް ކުރިން