logo
Bank of Maldives

Bank of Maldives

ޚަބަރު

އަބްދުއްރަހުމާން މަރާލި މައްސަލައިގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
21 އޯގަސްޓު 2025 - 03:11
އަބްދުއްރަހުމާން މަރާލި މައްސަލަ: ތިން މީހަކު ހައްޔަރުކޮށްފި

މިދިޔަ ޖުލައި މަހު އއ. މާޅޮހުގައި މަރާލި އަބްދުއްރަހުމާން އާދަމްގެ މަރުގެ މައްސަލާގައި ތިން މީހަކު ހައްޔަރުފިއެވެ.

ފުލުހުން ބުރާސްފަތި ދުވަހު ބުނީ، އަބްދުއްރަހުމާން އާދަމް މަރާލުމުގައި ބައިވެރިވިކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އިތުރު މައުލޫމާތު ފަހުން ހާމަކުރާނެކަމަށް ވެސް ބުންޏެވެ.

Ad by Hajj Corporation

Ad by Hajj Corporation

އުމުރުން 65 އަހަރުގެ އަބްދުއްރަހުމާން މަރުވީ، އޭނާގެ އަންހެނުން ނާޒިމާގެ މާހިޔައިގައި ނިދާފައި އޮއްވައި ދިން ހަމަލަތަކާ ގުޅިގެން މާޅޮހުގެ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާދެނިކޮށް ޖުލައި 12 ވަނަ ދުވަހުގެ ރޭ ފަތިހުގެ ވަގުތެއްގަ އެވެ.

އަބްދުއްރަހުމާނަށް ހަމަލަދިން ރޭ އެ ދެމަފިރިން ނިދީ ދެ ކޮޓަރީގަ އެވެ. އެ ހަމަލާދިން އިރު އެ ގޭގައި އުޅުނީ އަބްދުއްރަހުމާންގެ ދެމަފިރިން އެކަންޏެވެ.

އެމަރާ ގުޅިގެން އިތުރު ތަޙުލީލުތަކަށް ފުލުހުން އޭނާގެ ހަށިގަނޑު މާލެ ގެނެސްފައިވަނީ އޭގެ އަނެއް ދުވަހުއެވެ. އަދި އެއަށްފަހު އޭނާގެ ހަށިގަނޑު ވަނީ ޕޯސްޓްމޯޓަމް ހަދާފައެވެ. އޭނާގެ ހަށިގަނޑު ޕޯސްޓް މޯޓަން ހެދީ އިންޑިއާގެ ޓްރިވެންޑްރަމަށް ފޮނުވައިގެން މިދިޔަ ޖުލައި މަހުގެ 21 ވަނަ ދުވަހުއެވެ. އަދި ޖުލައި 23 ގައި ވަނީ ހަށިގަނޑު އަނބުރާ މާލެ ގެނެސްފައެވެ.

 އަބްދުއްރަހުމާން މަރާލި މައްސަލާގައި ފުލުހުން މާޅޮހުގައި ސްޓޭޝަންވެ، ފުރަތަމަ ދުވަހުން ފެށިގެން ތަޙްގީގްކުރިއަށްގެންދާއިރު، އޭނާ އަށް ދިން ހަމަލައިގެ ތުހުމަތަށް ތިން މީހެއްގެ ގެ ފާސްކޮށް، އެކެއްގެ އަންނައުނު ވެސް މި މަހުގެ ކުރީކޮޅު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. މައުލޫމާތު ލިބޭ ގޮތުގައި ފުލުހުން ހައްޔަރުކުރީ ވެސް އެ ތިން މީހުންނެވެ.

އަބްދުއްރަހުމާންގެ މަރުގެ މައްސަލައިގެ ތަހުގީގަށް އޭނާގެ އަންހެނުން ނާޒިމާ އިބްރާހިމްގެ ފޯނު ވެސް ކުރިން ހިފެހެއްޓި އެވެ. އެކަމަކު، ފަހުން ވަނީ ފޯނު ދޫކޮށްލައިފަ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުރީގެ ކޮންޓްރޯލާ ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެޚަބަރު | 2 ގަޑިއިރު ކުރިންސީރިއަލް ޕެކެޓެއްގައި ފޮރުވައިގެން ބޭރުފައިސާ ބޭރުކުރަން އުޅުނު ބިދޭސީންގެ މައްޗަށް މަނީލޯންޑަރިންގެ ތުހުމަތުޚަބަރު | 4 ގަޑިއިރު ކުރިންޝަހީދު އާދަމް ހަލީމްގެ ޤައުމީ ޚިދުމަތުގެ ޒިކުރާ ފުލުހުންގެ މުއައްސަސާގައި އަބަދުވެސް ދިރިދިރި ހުންނާނެ: ސީޕީ ޚަބަރު | 4 ގަޑިއިރު ކުރިން18 ގައުމެއްގެ ފައިސާއާއެކު ފުރަން ގޮސް ތިއްބައި ބަންގްލަދޭޝްގެ 6 މީހަކު އަތުލައިގަނެފިޚަބަރު | ދުވަހެއް ކުރިން