logo
ޚަބަރު

ކުޑަރިކިލުން ރައީސް އަށް ހޫނު މަރުޙަބާއެއް

އަޙްމަދު ޒަލީފް
11 އޯގަސްޓު 2025 - 09:16
ކުޑަރިކިލު ރައްޔިތުން ރައީސް އަށް ހޫނު މަރުޙަބާއެއް ދެންނެވުމަށް އެ ރަށު ބަނދަރަށް ނިކުމެ
ކުޑަރިކިލު ރައްޔިތުން ރައީސް އަށް ހޫނު މަރުޙަބާއެއް ދެންނެވުމަށް އެ ރަށު ބަނދަރަށް ނިކުމެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާޅޮސްމަޑުލު ދެކުނުބުރިއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ކުޑަރިކިލަށް ވަޑައިގެންފިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ބ. އަތޮޅަށް ކުރައްވާ ދަތުފުޅުގައި ވަޑައިގެންނެވި 2 ވަނަ ރަށެވެ.

ކުޑަރިކިލަށް ވަޑައިގެން އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އެރަށުގެ ތަރައްޤީއަށް ރާވާފައިވާ މަޝްރޫއުތަކެއް ފައްޓަވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބ. ކުޑަރިކިލަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވުމުން އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި މުވައްޒަފުންނާއި ރަށުގެ އެކި އުމުރުފުރާތަކުގެ މީހުންވަނީ އެމަނިކުފާނަށް ހޫނު މަރުޙާބާއެއް ދަންނަވާފައެވެ.

531390641_1152771726888063_2260805620047333370_n.jpg

ރައީސް ކުޑަރިކިލަށް ވަޑައިގަތުން

މިމަހުގެ 11 އިން 14 އަށް ބ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެއަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށަށް ރައީސް ވަޑައިގަންނަވާނެއެވެ. އެއީ ކަމަދޫ، ކުޑަރިކިލު، ކެންދޫ، އޭދަފުށި، ތުޅާދޫ، ގޮއިދޫ، ފެހެންދޫ، ފުޅަދޫ، ހިތާދޫ، ކިހާދޫ، ދޮންފަން، ދަރަވަންދޫ އަދި މާޅޮހެވެ.

އަތޮޅުތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރަމުން ގެންދަވާ ދަތުރުފުޅަކީ، ރައްޔިތުންގެ ގާތަށް ވަޑައިގެން ޙާލަތު ބެއްލުވުމަށް ކުރައްވަމުންދާ ދަތުރުފުޅެކެވެ. އަދި ކައުންސިލްތަކާ ބައްދަލުކުރައްވާ ރަށުގެ ތަރައްޤީއަށް ކުރިއަށްގެންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކޮށް ޚިޔާލު ހޯދުންމަކީވެސް މި ދަތުރުފުޅުތަކުގެ މަޤްސަދެކެވެ.

Hajj Corpooration

Hajj Corpooration

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް މުއިއްޒު ހިމެނިވަޑައިގަންނަވާހެން ދުނިޔޭގެ ލީޑަރުން ޗައިނާއަށްޚަބަރު | 18 ގަޑިއިރު ކުރިން''މިއީ ނުފޫޒުން ސަލާމަތްކޮށްދޭނެ 100 ޕަސެންޓް މީޑިއާ ޕްރޯ ސަރުކާރެއް''ރިޕޯޓް | 19 ގަޑިއިރު ކުރިންކުޅުދުއްފުށި ސިޓީގައި ރޭސިންއަށް ހާއްސަ މަގުތަކެއް ހަދަނީކުޅިވަރު | ދުވަހެއް ކުރިންއިންޝުއަރެންސްއާބެހޭ ބިލު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވައިފިޚަބަރު | ދުވަހެއް ކުރިން