logo
Bank of Maldives

Bank of Maldives

ކުޅިވަރު

ފީފާގެ ރައީސް އިންފަންޓީނޯ އަދި ރައީސް މުއިއްޒުގެ ހާއްސަ މެޗުގައި އިޓަލީގެ މަޓަރާޒީގެ ފެނިލުމެއް!

މެންދުރު ޓީމް
23 އޮކްޓޯބަރު 2025 - 18:26
2006 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ތަށި މަޓަރާޒީ އުފުލާލަނީ، އަދި ފައިނަލްގައި މެޗުގައި ފްރާންސްގެ ޒިދާން އަދި މަޓަރާޒީ
2006 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ތަށި މަޓަރާޒީ އުފުލާލަނީ، އަދި ފައިނަލްގައި މެޗުގައި ފްރާންސްގެ ޒިދާން އަދި މަޓަރާޒީ

ީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހުކުރު ދުވަހު ރާއްޖެ އަށް ކުރައްވާ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއެކު ބާއްވާ ހާއްސަ ފުޓްބޯޅަ މެޗުގައި އިޓަލީގެ ކުރީގެ ފުޓްބޯޅަ ތަރި މާކޯ މަޓަރާޒީ ކުޅުމަށް ހަމަޖެހިފައިވާ ކަމަށް މަޢުލޫމާތު ލިބިއްޖެ އެވެ.

އިންފަންޓީނޯ ރާއްޖެ އަށް ކުރައްވާ އެއް ދުވަހުގެ ދަތުރުފުޅުގެ ތެރޭގައި ހުކުރު ދުވަހު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، މިދަތުރުފުޅުގެ އެންމެ މުހިންމު ގޮތުގައި ހަމަޖެހިފައިވަނީ ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާއެކު ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުމެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިބައްދަލުކުރެއްވުމުގައި އިންފަންޓީނޯގެ ޝަރަފުގައި ހުކުރު ދުވަހު ހަވީރު 4-6 އަށް އެގްޒިބިޝަން މެޗުތަކެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މަޢުލޫމާތު ދެއެވެ. ރާއްޖޭގެ ޔޫތު ޓީމުތަކާއި އެކަޑަމީތަކުގެ ޓީމުތައް ބައިވެރިވާ މިހަރަކާތުގައި އެންމެ ހާއްސަ ކަމެއްގެ ގޮތުގައި ހަމަޖެހިފައިވަނީ ފީފާގެ ރައީސް އިންފަންޓީނޯ އަދި ރައީސް ޑރ. މުޙައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާ ފުޓްބޯޅަ މެޗެވެ.

މެންދުރުޓީވީ އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިމެޗުގައި އިޓަލީގެ ކުރީގެ ފުޓްބޯޅަ ތަރި މާކޯ މަޓަރާޒީ، އިންފަންޓީނޯގެ ޓީމުގައި ބައިވެރިވާނެ އެވެ. އިޓަލީގެ ލާޒިއޯ އިން ޔޫތު ކެރިއަރު ފެށި ޑިފެންޑަރު މަޓަރާޒީ ވަނީ އެގައުމުގެ ގައުމީ ޓީމަށް 41 މެޗު ކުޅެ ދެ ލަނޑު ޖަހާފައެވެ. ކްލަބު ކެރިއަރުގައި އިޓަލީގެ އިންޓަ މިލާނުގައި ހޭދަކުރި ދުވަސްތަކުގައި އޭނާ ވަނީ އިޓާލިއަން ސެރީއާ ފަސް ފަހަރު، ކޮޕަ އިޓާލިއާ ހަތަރު ފަހަރު، އިޓާލިއަން ސުޕަރ ކަޕް ތިން ފަހަރު އަދި ޔުއޭފާ ޗެމްޕިއަންސް ލީގާއި ފީފާ ކްލަބް ވޯލްޑް ކަޕް އެއް ފަހަރު ކާމިޔާބުކޮށްފައެވެ.

އިޓަލީގެ ގައުމީ ޓީމުގައި އޭނާ އެންމެ ފާހަގަ ކުރެވުނީ 2006 ވަނަ އަހަރު ޖަރމަނީގައި ބޭއްވި ފީފާ ވޯލްޑް ކަޕުންނެވެ. އެމުބާރާތް ކާމިޔާބުކުރި އިޓަލީ ޓީމުގައި މުހިންމު ދައުރެއް އަދާކުރި މަޓަރާޒީ ވަނީ އެމުބާރާތުގައި ދެލަނޑު ޖަހާފައެވެ. މަޓަރާޒީ އެންމެ ފާހަގަވީ މުބާރާތުގެ ފައިނަލް މެޗުގައި ފްރާންސާއި ދެކޮޅަށް ލަނޑެއް ޖަހާ، ފްރާންސްގެ ކެޕްޓަން ޒައިނުއްދީން ޒިދާން އާދެމެދު އުފެދުނު ކުރިމަތިލުމާއި ގުޅިގެންނެވެ.

ފައިނަލް މެޗުގެ ކުރީކޮޅު މަޓަރާޒީގެ ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީ އަކުން މެޗުގެ ހަތްވަނަ މިނިޓުގައި ފްރާންސްގެ ކެޕްޓަން ޒިދާން އެޓީމަށް ލީޑު ނަގައިދީފައިވަނިކޮށް، 19 ވަނަ މިނިޓުގައި މަޓަރާޒީގެ ލަނޑުން ދެޓީމު ހަމަހަމަކޮށް، މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުމާއި އިތުރު ވަގުތުގެ ކުޅުން ވެސް ނިމިފައިވަނީ 1-1ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗުގެ ހޫނުގަނޑުގެ ތެރޭގައި މަޓަރާޒީ އާއި ޒިދާންގެ ބަހުގެ ހަމަލާތަކަށްފަހު، މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމި އިތުރުވަގުތުގެ ދެވަނަ ހާފުގެ ތެރޭގައި މަޓަރާޒީ އަށް ދިން "ހެޑްބަޓް" ގެ ހަމަލާއާއެކު ދެއްކި ރަތްކާޑަކީ ފްރާންސްގެ ލެޖެންޑް ޒިދާންގެ ކާމިޔާބު އިންޓަރނޭޝަނަލް ކެރިއަރުގެ ނިމުމެވެ. ޕެނަލްޓީގައި ފްރާންސްގެ މައްޗަށް ކުރިހޯދާ އިޓަލީން އެމުބާރާތް ކާމިޔާބުކުރިއިރު، މަޓަރާޒީ އާއި ޒިދާންގެ ކުރިމަތިލުމަކީ އޭރު ނޫސްތަކުގެ އެންމެ ބޮޑު ސުރުޚީ އެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފީފާގެ ރައީސްއާއެކު ބޭއްވި ފޯރިގަދަ ފުޓްބޯޅަ ފެސްޓިވަލުގައި ރައީސް ބައިވެރިވެވަޑައިގެންފިޚަބަރު | 7 ގަޑިއިރު ކުރިންރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމާއި ގުޅޭގޮތުން ފީފާގެ ރައީސް އާއި ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޝްވަރާކުރައްވައިފިކުޅިވަރު | 7 ގަޑިއިރު ކުރިންރާއްޖެއާއި ޕާކިސްތާނުގެ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި ޚަބަރު | 11 ގަޑިއިރު ކުރިންފުލުހުންގެ ޚިދުމަތް މުޅިރާއްޖެއަށް: ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި ވެސް ނަމޫނާއެއްރިޕޯޓް | 16 ގަޑިއިރު ކުރިން