logo
ކުޅިވަރު

ނިއުރޭޑިއަންޓުގެ ވައިސް ޗެއާމަނަކަށް އެމްއޭސީއެލްގެ ޑީއެމްޑީ ލަމްއާން!

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
11 އޯގަސްޓު 2025 - 10:48
ނިއުރޭޑިއަންޓުގެ އައު ވައިސް ޗެއާމަންކަމަށް އައްޔަނުކުރެވުނު ލަމްއާން މުޙައްމަދު -- ފޮޓޯ: ނިއުރޭޑިއަންޓް
ނިއުރޭޑިއަންޓުގެ އައު ވައިސް ޗެއާމަންކަމަށް އައްޔަނުކުރެވުނު ލަމްއާން މުޙައްމަދު -- ފޮޓޯ: ނިއުރޭޑިއަންޓް

ރާއްޖޭގެ ސަޕޯޓަރުން އެންމެ ގިނަ ފުޓްބޯޅަ ކުލަބު ކަމުގައިވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ވައިސް ޗެއާމަންކަމަށް، މޯލްޑިވްސް އެއާޕޯޓްސް ކޮޮމްޕެނީ (އެމްއޭސީއެލް)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ލަމްއާން އައްޔަނުކުރައްވައިފިއެވެ.

ރާއްޖޭގެ ތާރީޚުގައި ވެސް ކުލަބު ފުޓްބޯޅައިގައި އެންމެ ގިނަ ތަށި ހޯދާފައިވާ ނިއުރޭޑިއަންޓުގެ ވައިސް ޗެއާމަންކަމަށް ލަމްއާން އައްޔަނުކުރައްވައިފައިވަނީ ރޭގެ ވަގުތެއްގައެވެ. އެކަން އެ ކުލަބުގެ ޗެއާމަން އަދި ބިލެއްދޫ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު މުބީން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން "މެންދުރު ޓީވީ" އަށް މުބީން ވިދާޅުވޮ ގޮތުގައި، ނިއުރޭޑިއަންޓުގެ އަސާސީ ޤަވާއިދު ބުނާ ގޮތުން އެ ކުލަބުގެ އެކްސްކޯ މެންބަރުންގެ އެއްބަސްވުމާއެކު ކުލަބަށް ވައިސް ޗެއާމަނަކު އައްޔަނުކުރެވޭނެއެވެ. އެހެންކަމުން ރޭ އެ ކުލަބުން ބޭއްވި އެކްސްކޯގެ ބައްދަލުވުމުގައި، ވައިސް ޗެއާމަންކަމަށް ލަމްއާން އައްޔަނުކުރަން ނިންމާފައިވާ ކަމަށާއި، ލަމްއާން އެ މަގާމަށް އައްޔަނުކުރީ ލަމްއާންއަކީ ނިއުގެ ސަޕޯޓަރަކަށް ވެފައި، ކުރިޔަށް އޮތް ސީޒަނަށް ޓީމު ތައްޔާރުކުރުމުގެ ގޮތުން ކުލަބަށް ވަފާތެރި، ރަނގަޅު ސަޕޯޓަރުން ގުޅުން މުހިންމު ކަމުގައި ދެކޭތީ ކަމަށް މުބީން ވިދާޅުވިއެވެ.

undefined

އެފްއޭއެމް ލީގު ކަޕް: ނިއުރޭޑިއަންޓާއި ޓީސީ ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ: މެންދުރު

 

މުބީން އެފަދައިން ވިދާޅުވިއިރު، މިދިޔަ ނޮވެމްބަރުގައި އެ ކުލަބުގެ ޗެއާމަންކަމަށް މުބީން އައްޔަނުކުރުމާއެކު، އެ ކުލަބު އޮތް ޙާލަތުން އަރައިގަނެ، ކުރިޔަށް އޮތް ސީޒަނަށް ތައްޔާރުވުމަށް އެ ކުލަބުގެ އިސްވެރިން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ފީފާއަށް އަދާކުރަންޖެހޭ ނިއުރޭޑިއެންޓުގެ ހުރިހާ ދަރަނިތަކެއް އެކުލަބުން ޚަލާސްކޮށްފައިވާއިރު، އެ ކުލަބުގެ ހިންގުން ވަރުގަދަ ކުރުމަށް، ހިންގުންތެރި ގިނަ ފަރާތްތަކެއް ވަނީ އައްޔަނުކުރައްވާފައެވެ.

އެގޮތުން އެ ކުލަބުގެ ސީނިއާ ވައިސް ޗެއާމަންގެ މަގާމަށް ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު އަލީ އިބްރާހީމާއި، ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލު އައްޔަނުކުރައްވާފައިވާއިރު، ވައިސް ޗެއާމަނަކަށް ޤާނޫނީ ވަކީލް އަލީ ރަޝީދު އަޙްމަދު ވަނީ އިންތިޚާބުކޮށްފައެވެ.

އަދި އެ ކުލަބަށް އައު ސްކޮޑެއް އެކުލަވާލައި، އެ ސްކޮޑުގައި ރާއްޖޭގެ ފުޓްސެލް އަދި ފުޓްބޯޅައިގެ ނަން މަޝްހޫރު އަދި ހުނަރުވެރި ކުޅުންތެރިން ވެސް ހިމެނޭއިރު، އޭގެ ތެރޭގައި އެ ކުލަބާ މި އަހަރުގެ މޭއި މަހުގެ ތެރޭގައި ގުޅުނު ރާއްޖޭގެ އެންމެ މޮޅު އަދި އެންމެ ކާމިޔާބު ކުޅުންތެރިޔާ، އަލީ އަޝްފާގު ވެސް ހިމެނެއެވެ.

އެ ސްކޮޑުގެ ކޯޗެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ސޮބާހް މުހައްމަދު (ސޮބާ)އެވެ. ސޮބާހްގެ ކޯޗުކަމުގެ ދަށުން ނިއުއިން ވަނީ މިދިޔަ މޭއި މަހު އެފްއޭއެމްއިން ބޭއްވި  ލީގު ކަޕުގެ ސެމީ ފައިނަލާ ހަމައަށް ދަތުރުކޮށްފައެވެ. ސެމީގައި ނިއު ބަލިވެފައިވަނީ ރާއްޖޭގެ ޤައުމީ ޓީމުގެ ގިނަ ކުޅުންތެރިން ހިމެނޭ  އޮޑި ސްޕޯޓްސް ކުލަބުގެ އަތުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސުޕާ ކަޕްގެ ކާމިޔާބީގެ އަސްލަކީ، އަޑިއަޅާލާފައި އޮތް ދިވެހި ފުޓުބޯޅައަށް އިންވެސްޓުކުރި މަދަދުގާރު މާޒިޔާ: މުބީންކުޅިވަރު | ދުވަހެއް ކުރިންއެންމެ ބިޔަބޮޑު ލަސްކަރާއެކު ބްރެޒިލް ސަމްބާގެ ޖާދު ގަލޮޅުދަނޑަށްކުޅިވަރު | 6 ދުވަސް ކުރިންނިއުގެ ގޯލު ބަލަހައްޓަން ޕާކިސްތާނުގެ ޞާޤިބް، ޑިފެންޑަރަކަށް އުޒްބެކިސްތާނުގެ ޚަސަންބޮއޭވްކުޅިވަރު | 8 ދުވަސް ކުރިންއަލިފުށި ފުޓުބޯޅައިގެ ރަސްގެފާނު ހުޝާމް އާއެކު ބޭލް އަދި މުސީ ވެސް ނިއުރޭޑިއަންޓަށް ކުޅިވަރު | 9 ދުވަސް ކުރިން