logo
Bank of Maldives

Bank of Maldives

ކުޅިވަރު

އުއްމީދުކުރި ވަރަށް މީހުން ދަނޑަށް ވަތް، އިހުއޮތް ފޯރި ގެނެވޭނެ، ފެންނަނީ އުއްމީދީ މަންޒަރެއް: މުބީން

ޢައްފާން މުޙައްމަދު
21 އޮކްޓޯބަރު 2025 - 17:06
ނިއުރޭޑިއަންޓާއި ވިކްޓްރީ ބައްދަލުކުރި ރަސްވާދަ މެޗުގެ ތެރެއިން-- ފޮޓޯ / ޝައްމާޙް - މެންދުރު ޓީވީ
ނިއުރޭޑިއަންޓާއި ވިކްޓްރީ ބައްދަލުކުރި ރަސްވާދަ މެޗުގެ ތެރެއިން-- ފޮޓޯ / ޝައްމާޙް - މެންދުރު ޓީވީ

ޒަމާންތަކެއް ވަންދެން މާ ބޮޑު ފޯރިއެއް ނެތި، ދިވެހި ލީގުގެ މެޗުތައް ބަލަން ސަޕޯޓަރުން ދަނޑަށް ނުވަދެ އޮތް އޮތުން ނިމުމަކަށް ގެނައުމަށް ކުރަމުން އަންނަ މަސައްކަތުގައި ކާމިޔާބީތަކެއް ހާސިލްވަމުން އަންނަ ކަމަށާއި، ފެންނަނީ އުއްމީދީ މަންޒަރެއްކަމަށް ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ޗެއާމަން އަޙްމަދު މުބީން ވިދާޅުވެއްޖެއެވެ.

މުބީން މިހެން ވިދާޅުވީ، ދިވެހި ފުޓުބޯޅައިގެ ރަސްގެފާނުން ކަމުގައިވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ވިކްޓްރީ ސްޕޯޓްސް ކުލަބުގެ ކުރިމަތިލުން ފެނިގެންދިޔަ ރަސްވާދަ މެޗު ބަލަން، އުއްމީދުކުރި ވަރަށް މީހުން ވަތްކަން ފާހަގަކުރައްވައި މެންދުރު ޓީވީއަށް ދެއްވި އިންޓަވިއުއެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަޅުގަނޑުމެން އުއްމީދުކުރި ހަމަ މިހާވަރަށް ސަޕޯޓަރުން ދަނޑަށް ވަންނާނެކަމަށް. އަޅުގަނޑުމެންނަށް ގިނަ ކޯލުތަކެއް އާދޭ. މެސެޖުތަކެއް އާދޭ. ގިނަބަޔަކު މި މަސައްކަތުގެ ވާހަކަ ދައްކާ. ދެ ޓީމުގެ ސަޕޯޓަރުންނަށް ވެސް ވަރަށް ހާއްސަ މެޗެއް ރަސްވާދަ މެޗަކީ. އަޅުގަނޑުމެން އުއްމީދުކުރި ގިނަ ކަންތައްތަކެއް ހާސިލްވެގެންދިޔަ - ނިއުރޭޑިއަންޓުގެ ޗެއާމަން އަޙްމަދު މުބީން

މި މެޗު ބެލުމަށްޓަކައި ނިއުރޭޑިއަންޓުގެ ކުރީގެ ކުޅުންތެރިންނާއި ބައެއް އިސްވެރިން ވެސް ދަނޑަށް ހާޒިރުވިއެވެ. އެގޮތުން ކުލަބުގެ އެއް ބާނީކަމުގައިވާ އަޙްމަދު ވަހީދު (ކުއީން ވަހީދު) އާއި 1982 ގައި ނިއުއިން  އެންމެފުރަތަމަ ގައުމީ ތަށި އުފުލާލިއިރު އެ ޓީމުގައި ހިމެނުނު ކުޅުންތެރިން ވެސް މި މެޗު ބަލަން ދަނޑަށް ވަތްކަން ފާހަގަކޮށްލެވެއެވެ.

IMG02821.jpg

ނިއުރޭޑިއަންޓާއި ވިކްޓްރީ ބައްދަލުކުރި ރަސްވާދަ މެޗުގެ ތެރެއިން-- ފޮޓޯ / ޝައްމާޙް - މެންދުރު ޓީވީ

 

މިކަމާ ގުޅޭގޮތުން ވާޙަކަދައްކަވަމުން މުބީން ވިދާޅުވީ، ނިއުގެ މެނޭޖްމަންޓުން މި މަސައްކަތުގައި ކުރިއަށްދާން ބޭނުންވަނީ ކުލަބު މިހާ ހިސާބަށް ގެނައުމުގައި ހިއްސާވި އެކިއެކި ހިއްސާދާރުން ގޮވައިގެން ކަމަށެވެ. އަދި ކުރިއަށް ހުރި މެޗުތަކުގައި ވެސް ސަޕޯޓަރުންގެ ފޯރި ގަދަކޮށް، ސަޕޯޓަރުންނަށް ހާއްސަ އެކި ހަރަކާތްތައް ހިންގާނެކަމަށް ވެސް މުބީން ވިދާޅުވިއެވެ.

އަޅުގަނޑުމެން ބޭނުންވި، 1982 ވަނަ އަހަރު ނިއުއިން އެންމެފުރަތަމަ ޤައުމީ ތަށި އުފުލާލިއިރު ޓީމުގައި ހިމެނުނު ޕްލެޔަރުންގެ ތެރެއިން މިއަދު ދުނިޔޭގައި ތިއްބެވި، މާލޭގައި ތިއްބެވި ބޭފުޅުން ދަނޑަށް އައިސް، އަޅުގަނޑުމެންނާ އެކީގައި ފޮޓޯ ނަގާ، މިތާ ރޮސްޓްރަމްގަ ތިއްބަވައިގެން މެޗު ބަލާލުމަށް. އެހެންވީމަ ގިނަ ކަންތައްތަކެއް ހާސިލްވެގެންދިޔަ. އަޅުގަނޑުމެން ބޭނުންވަނީ ނިއުރޭޑިއަންޓުގެ ކުރީގެ، ނިއުރޭޑިއަންޓު މިހާ ހިސާބަށް ގެނެސްދިން އެކިއެކި ފަރާތްތަކާ އެކީގައި މިއަދުގެ މެނޭޖްމަންޓުން ކުރިއަށްދާން. މިއީ އަޅުގަނޑުގެ އެކަނި ނިންމުމެއް ނޫން. އަޅުގަނޑު އެކަނި ކުރާ މަސައްކަތެއް ނޫން. ކުރިއަށް ހުރި މެޗުތަކުގައި ވެސް ސަޕޯޓަރުންނަށް ހާއްސަ އެކިއެކި ކަންތައްތައް މިގޮތަށް އަޅުގަނޑުމެން ގެންނާނަން - ނިއުރޭޑިއަންޓުގެ ޗެއާމަން އަޙްމަދު މުބީން

މުބީން އިތުރަށް ވިދާޅުވީ، ދިވެހި ފުޓުބޯޅައިގެ ފޯރި އަލުން ގެނެސް، ދަނޑަށް ސަޕޯޓަރުން ވެއްދުމަށްޓަކައި ކުރަމުންދާ މަސައްކަތުގައި ބޮޑެތި ކުރިއެރުންތަކެއް ލިބެމުން އަންނަ ކަމަށެވެ. ރަސްވާދަ މެޗުން ވެސް އެކަން ވަރަށް ރަނގަޅަށް ފެނިގެންދިޔަކަން މުބީން ފާހަގަކުރެއްވިއެވެ. އަދި ނިއުރޭޑިއަންޓުން އެކި ގޮތްގޮތަށް މަސައްކަތްކޮށްގެން، އަދުގެ ޖީލަށް ފުޓުބޯޅަ ލޯބި ފޯރުކޮށްދިނުމަށްޓަކައި މަސައްކަތްތަކެއް ކޮށް، އެ މަސައްކަތުގައި ދެމިތިބޭނެކަމަށް މުބީން ވިދާޅުވިއެވެ.

ވަރަށް ބޮޑު ކުރިއެރުންތަކެއް. މިހާރު ތިބޭފުޅުންނަށް ފެނިގެންދާނެ މިއިން ޒަމާނަކު ދަނޑަށް ނުވަންނަހާ، ދެން ގައުމީ ޓީމު ނަގާފަ އަޅުގަނަޑަށް ހީވަނީ ހަމަ މިހާ ވަރަށްހެން ދެން އަންނާނީ. ދެން އެންމެފަހުން ޤައުމީ ޓީމު ކުޅުނު މެޗަށްވުރެ ކުޑަ ތަންކޮޅެއް މަދޭ ބުނެވިދާނެ. އެކަމަކު ހަމަ ވަރަށް ބައިވަރު ސަޕޯޓަރުންތަކެއް މިއަދު ދަނޑަށް މިތިބީ އައިއްސަ. ދެން ވަރަށް ބޮޑު ގެޕެއް އައިއްސަ މިއޮތީ ދެއްތޯ ފުޓުބޯޅައަށް. ހަގީގަތަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގައި މި ލިބޭ ހުސް ވަގުތުތަކުގައި މި ކުރާހާ ކަމަކީ ކޮފީތަކަށް ގޮސް، ވަރަށް ބައިވަރު ލާރިތަކެއް ވޭސްޓުކޮށް. ކުޅިވަރަކީ މިކަންކަމަށް މިހެން އައިސް ވަގުތު ހޭދަކޮށްލާ، ވަކިން ހާއްސަކޮށް މިހާރުގެ މި ޖީލަށް ނިއުރޭޑިއަންޓާއި ކުރީގެ ކުލަބުތަކުން ފުޓުބޯޅައަށް މި ކޮށްދިން ޚިދުމަތާ އެއްޗެހި ކިޔައިދީ އެކަންކަން ކުރަން އަސްލު އަޅުގަނޑުމެން މި މަސައްކަތްކުރަނީ. ކުރިއަށް އޮތްތަނުގައި ނިއުރޭޑިއަންޓުން ބޮޑު ދައުރެއް އަދާކުރާނެ ސޯޝަލްމީޑިއާއާއި އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން ވެސް - ނިއުރޭޑިއަންޓުގެ ޗެއާމަން އަޙްމަދު މުބީން

މުބީން ފާހަގަކުރެއްވި ގޮތަށް، ރަސްވާދައިގައި ދެ ރަސްގެފާނުންގެ ކުރިމަތިލުން ފެނިގެންދިޔަ މެޗު ބަލާލުމަށް ގިނަ އަދަދެއްގެ ސަޕޯޓަރަުންތަކެއް ދަނޑަށް ވަދެފައިވެއެވެ. ފާހަގަކޮށްލަން ޖެހޭ ގޮތުގައި، ދަނޑުގެ ރޮސްޓްރަމް އިންނަ ފަޅީގެ ސީޓުތައް މުޅިންހެން ހުރީ ފުރިފައެވެ. އަދި ނިއުރޭޑިއަންޓް ސަޕޯޓަރުންނަށް ހާއްސަ ފަޅީގައި ވެސް ގިނަ އަދަދެއްގެ ސަޕޯޓަރުންތަކެއް ތިބިއިރު ސަހަރާ ފަޅީގައި ވެސް ސަޕޯޓަރުން ތިއްބެވެ.

IMG02612.jpg

ނިއުރޭޑިއަންޓާއި ވިކްޓްރީ ބައްދަލުކުރި ރަސްވާދަ މެޗުގެ ތެރެއިން-- ފޮޓޯ / ޝައްމާޙް - މެންދުރު ޓީވީ

 

އެންމެ ރެއަކުން ނުވަތަ އޯވަނައިޓަކުން މި ފޯރި އަލުން ނުގެނެވުނެއްކަމަކު، ކުރެވެން ހުރި ހުރިހާ މަސައްކަތެއްކޮށްގެން، އިހު އޮތް ފޯރި ގެނައުމަށް ނިއުރޭޑިއަންޓާއި އެހެން ކުލަބުތަކާއި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ވެސް އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެ މަސައްކަތުގައި ކާމިޔާބީތަކެއް ހާސިލްވަމުންދާކަން ރަސްވާދަ މެޗުން ފެނިގެންދިޔައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނިއުރޭޑިއަންޓު މިހާ ހިސާބަށް ގެނެސްދޭން މަސައްކަތްކުރި އެންމެންނަށް ކުއީން ވަހީދުގެ ޝުކުރުކުޅިވަރު | ގަޑިއިރެއް ކުރިންއުއްމީދުކުރި ވަރަށް މީހުން ދަނޑަށް ވަތް، އިހުއޮތް ފޯރި ގެނެވޭނެ، ފެންނަނީ އުއްމީދީ މަންޒަރެއް: މުބީންކުޅިވަރު | 13 ގަޑިއިރު ކުރިންބްރޭކަށް ދިޔައިރު ރަނގަޅުކުރަން ބޭނުންވި ގިނަ ކަންކަން ޕޮޒިޓިވްކޮށް ދިޔަ: ސުޒެއިންކުޅިވަރު | 16 ގަޑިއިރު ކުރިންރަސްވާދަ: ސެންޓޭގެ ހެޓްރިކުން ވިކްޓްރީ ބަލިކޮށް ނިއުޜޭޑިއަންޓް ތާވަލުގެ އެއްވަނައަށްކުޅިވަރު | 17 ގަޑިއިރު ކުރިން