އެފްއޭއެމް އެވޯޑްސްގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިންގެ ނަންތައް އިޢުލާނުކޮށްފި. ނިއުގެ ދަ ސިލްވާއަށް އެވޯޑް ލިބުން ވަރަށް ގާތް
6 އޮކްޓޯބަރު 2026 - 10:07

ފާއިތުވި ފުޓުބޯޅަ ސީޒަނުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާ ހޮވުމަށް އެފްއޭއެމް އެވޯޑްސް އިން އިއުލާނުކުރި ގަދަ ފަސް ކުޅުންތެރިންގެ ލިސްޓުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ކުޅުނު ދެ ކުޅުންތެރިއަކު ހިމެނިއްޖެއެވެ. އެއީ ނިއުގެ ބްރެޒިލް މިޑްފީލްޑަރު ގިލެރްމޯ ޑަސިލްވާ އާއި ނައިޖީރިއާގެ ފޯވާޑް އަލްހާޖީ ޖެރޯ އެވެ.
ނިއުރޭޑިއަންޓް އެނބުރި ފުރަތަމަ ޑިވިޝަނަށް އައިސް ޓީމު ވަރުގަދަކުރުމަށް ގެނައި ހަތަރު ބިދޭސީ ކުޅުންތެރިންގެ ތެރޭގައި ހިމެނުނު ޑަސިލްވާ ވަނީ ނިމިދިޔަ ސީޒަނުގައި އެ ޓީމަށް ކުޅެދިން 18 މެޗުން 9 ލަނޑު ޖަހައި، ތިން މެޗެއްގެ މޭން އޮފް ދަ މެޗުކަން ހޯދާފައެވެ. އައު ސީޒަނުގައި ވެސް ނިއުގެ މެދުތެރޭގައި އޭނާއަންނަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ. ނިއުގެ ޓީމާއި ގުޅުނުފަހުން ކުޅުނު ހުރިހާ މުބާރާތެއްގައިވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ސިލްވާ އަކީ ގިނަބަޔަކު ޤަބޫލުކުރާ ގޮތުގައި މިފަހަރުގެ މި އެވޯޑް ހޯދުން އެންމެ ޣާތް އެއް ކުޅުންތެރިޔާއެވެ.
.png&w=750&q=75)
Ad by Hajj Corporation
މީގެ އިތުރުން މިދިޔަ ސީޒަނުގައި ނިއުއަށް 12 މެޗުން 11 ލަނޑު ޖަހައިދިން އަލްހާޖީ ޖެރޯ މިހާރު ކުޅެމުން ދަނީ ވާދަވެރި ވިކްޓްރީ ސްޕޯޓްސް ކުލަބަށެވެ. ޖެރޯ ވަނީ މިދިޔަ ސީޒަނުގައި ދެ މެޗެއްގެ މޭން އޮފް ދަ މެޗުކަން ހޯދާފައެވެ.
މި ނޮމިނޭޝަނުގައި ދެން ހިމެނެނީ ލީގު ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ކުޅެފައިވާ ސާޖިއޯ އިގްލޭސިއަސް (މެންޑީ) އާއި ދި ބުރު ސްޕޯޓްސް ކުލަބަށް ކުޅެފައިވާ ބްރެޒިލްގެ ފޯވާޑް ހަޑްސަން ޑިއާޒް ޑެ ޖެސޫސްއެވެ.
އަށް އަހަރުގެ މެދުކެނޑުމަކަށްފަހު ބާއްވާ ދިވެހި ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި އެވޯޑު ހަފްލާ އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭގައެވެ. މި ހަފްލާގައި އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ އިތުރުން އެންމެ މޮޅު ކޯޗު، އެންމެ މޮޅު ކުލަބު، އެންމެ މޮޅު ރީޖަނަލް ކުލަބު އަދި ސަޕޯޓަރުންގެ މެދުގައި އެންމެ މަގުބޫލު ކުޅުންތެރިޔާ ހިމެނޭހެން ޖުމްލަ 12 އެވޯޑެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ

-01.jpg&w=3840&q=75)
