logo
MPL

MPL

ރިޕޯޓް

މާރާމާރީތަކާއެކު ބިރުދައްކައި މަދުބަޔަކު ރާއްޖޭގެ ފުޓްބޯޅަ ހަލާކުކުރަނީ! އެޅޭނެ ފިޔަވަޅެއްވެސް ނެތް؟

އަބްދުﷲ ޣާނިމް
18 ސެޕްޓެމްބަރު 2026 - 09:43
މާރާމާރީތަކާއެކު ބިރުދައްކައި މަދުބަޔަކު ރާއްޖޭގެ ފުޓްބޯޅަ ހަލާކުކުރަނީ! އެޅޭނެ ފިޔަވަޅެއްވެސް ނެތް؟

ވަކިބަޔަކު ގަލޮޅުދަނޑުގައި ބަލިވެގެންނުވާނެއެވެ. އެވެރިން މިތަނުގައި ކުރަމުން އަންނަ ފުޓްބޯޅައިގެ ރަސްކަމާ ތޮޅެން ނުހަދާށެވެ. ވަކިބަޔަކު ގަލޮޅު ދަނޑު ހިސޯރުކޮށްފިއެވެ. އެވެރިން ހަދަނީ ހަދާނެއެއްޗެކެވެ. ބަލިވާ ކޮންމެ ފަހަރަކު އިދިކޮޅު ޓީމުތަކުގެ އޮފިޝަލުންނާއި ކުޅުންތެރިންނަށް ރައްކާތެރިކަމެއް ނެތެވެ. މިގޮތަށް މިކަން އޮތްހައި ދުވަހު މިކަމަށް ފިޔަވަޅެއް ނޭޅޭނަމަ، ފުޓްބޯޅަ ދެންވެސް ދާނީ ދުވަހެއް ދުވަހަކުން ފަހަތަށެވެ. މިއީ ރޭގައި ގަލޮޅު ދަނޑުގައި ހިންގި މާރާމާރީއާއި ގުޅިގެން މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކަށް ޖުމްލަގޮތެއްގައި އާންމުން ދީފައިވާ ޚިޔާލުތަކެވެ.

ދިވެހިން އެ ކުޅިވަރެއްދެކެ އެންމެ ލޯބިވާ ޤައުމީ ކުޅިވަރުގެ ޙާލަތު ވަރަށް ދަށްވެފައިވާ މިފަދަ ދުވަސްވަރެއްގައި ސަރުކާރާއި އެކިއެކު މުއައްސަސާތަކާއި ކުލަބުތަކާއި ގުޅިގެން ގިނަ މަސައްކަތްތަކެއް މިހާރުދަނީ ކުރަމުންނެވެ. އަހަރުތަކެއްގެ ކުރިން ރާއްޖޭގެ ބައެއް ބޮޑެތި ކުލަބުތަކުގެ ތެރެއިން ވިކްޓްރީ އާއި ވެލެންސިއާ ކުއްލިގޮތަކަށް ފުޓްބޯޅައިން ސަސްޕެންޑް ކުރުމާ، ކޮވިޑާއި ގުޅިގެން ރާއްޖެއަށް ލިބުނު ގެއްލުމާއި، އޭގެ ފަހުން ލިބުނު އެހީތައް މަދުބަޔަކަށް ބެހުމުން ނަތީޖާ ވަރަށް ހިތިވެގެންދިޔަ އެވެ. އެކަމުގެ އަސަރު ކުރީ ހަމައެކަނި ޤައުމީ ޓީމަށް އެކަންޏެއް ނޫނެވެ. ރާއްޖޭގެ ކުލަބު ފުޓްބޯޅައަށްވެސް ބޮޑެތި އަސަރުތަކެއް ކުރި އެވެ. މިކަންތައްތައް ހަނދާން ނައްތާލައި އެކީގައި މިއަދު ގިރާތަކެއް ކަނޑައްތުކުރުމުންދާއިރު، ރާއްޖޭގެ ފުޓްބޯޅައިގެ ރަން ޒަމާނުގައި އެކުޅިވަރު ދަމަހައްޓައި ކުރިއެރުވުމުގައި އެންމެ ބޮޑެތި ދައުރެއް އަދާކޮށްދީފައިވާ ވިކްޓްރީއާއި އަދި ނިއުރޭޑިއަންޓް އާއެކު އިތުރު ޓީމުތަކެއް އައު ހިތްވަރެއް ލައިގެން ދިވެހި ފުޓްބޯޅަ އަދި ދިވެހި ލީގު ކުރިއަރުވަން މިހާރު މިއޮތީ ގަދައަޅާ މަސައްކަތް ކުރަންޖެހިފައެވެ. ފާއިތުވެދިޔަ ދޮޅު އަހަރެއްހާ ދުވަހު ކުރީގެ ޖޯޝާއި ހިތްވަރާއި ސަޕޯޓަރުންގެ ދިރުން ގަލޮޅުދަނޑަށް އަދި ޚާއްސަކޮށް ދުޅަހެޔޮ ވާދަވެރިކަމެއްގެ ކުލަވަރު މަޑުމަޑުން ޖެހެމުންދާކަމުގެ އަލިދޯދިތަކާ ކުލަވާރާއި މަންޒަރު ޖެހެމުންދާ މިނާޒުކު ފައްތަރުގައި އޮތް ކުޅިވަރުން މިފަހަކަށް އައިސް ޤައުމީ ފެންވަރާއި ލީގުން ފެނިގެން ގޮސްފައިވަނީ ނުރައްކާތެރި ރަނގަބީލުތަކެކެވެ. އެންމެންގެ ލޯތައް އަމާޒުވެފައިވާ ޤައުމީ ޓީމުގެ މުހިންމު މެޗުތަކާއި ކުޅިވަރުގެ ރޫހާއި ޚިލާފަށް ވަކިބަޔަކު ޤައުމީ ޓީމުގެ މެޗުތަކާއި ލީގަށް ނުފޫޒު ފޯރުވާފައިވާކަން ވަރަށް ފާޅުކަންބޮޑުގޮތެއްގައި ފެނިގެންދިޔައެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

Screenshot 2026-09-18 120318.png

ހަމަނުޖެހުމުގެ ތެރެއިން

މީގެ ތިންމަސް ކުރިން ދިވެހި ފުޓްބޯޅައިގެ ޑައިމަންޑް ޖުބްލީ ފާހަގަކުރަން އެފްއޭއެމް އިން ދަޢުވަތު ދީގެން ގެނައި ބަންގްލަދޭޝްގެ ޓީމާއި ރާއްޖޭގެ ޓީމާއި ދެމެދު ކުޅެވުނު ވާދަވެރި މެޗުގައި މެޗު އެންމެ ހޫނުވެގެންދިޔަ ވަގުތު ދިވެހި ޤައުމާއި ފުޓްބޯޅަ ތަމްސީލުކުރާ ޤައުމީ ޓީމުގެ އެސިސްޓެންޓް ކޯޗު އަހުމަދު ސުޒޭރު އެމެޗުގައިވެސް ބަންގްލަދޭޝް ޓީމުގެ ކުޅުންތެރިންގެ ބޮލަށް އަތުން ހަމަލާދިން މަންޒަރު މެޗުބަލަންތިބި ގިނަބަޔަކަށް ފެނިގެންގޮސްފައިވެއެވެ. މި މެޗާއި ގުޅޭ ގިނަޚަބަރުތަކެއް ސަރަޙައްދީ ޤައުމުތަކުގެ ނޫސްތަކުގައި ވަނީ ޖަހާފައެވެ. ނަމަވެސް އެކަން ފެނިގެންދިޔަ ކުޅުންތެރިންނާއި ޚާއްސަކޮށް މެޗު އޮފިޝަލުންގެ ތެރެއިން ހަމަނުޖެހުމުގައި ބައިވެރިވެ، މިކަޅު ލައްގަނޑު ޖެއްސުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި ބަޔަކަށް އެޅި ފިޔަވަޅެއް ފެންނާކަށް ނެތެވެ. އޭރުގައި ޤައުމީޓީމުގައި އެންމެ އިސްކޮށްތިބި މީހުން މިއަދު އޭގެ ތިންމަސްފަހުން އަނެއްކާވެސް ފެނިގެން މިދަނީ އެކަން ތަކުރާރު ކުރިތަނެވެ. ސުވާލަކީ މިބައި މީހުންނާމެދު އެޅޭނެ ފިޔަވަޅެއްވެސް ނެތީހެއްޔެވެ. މިމީހުންނާއި ޤަވާއިދު އަރާހަމަކުރާނެ ގޮތެއް ނެތީހެއްޔެވެ؟

ވަކި ބަޔަކު ނޫނީ ގަލޮޅު ދަނޑުގައި މޮޅުވުމަކީ ބޮޑު ކުށަކަށްވެއްޖެއެވެ. ގަލޮޅު ދަނޑުގައި ކުޅޭ ކުޅުންތެރިންނާއި މެޗު ބަލަންދާ ސަޕޯޓަރުންވެސް މިފަހަކަށް އައިސް އެންމެ ބޮޑަށް ދައްކާ އެއްވާހަކައަކީ މިފަދަ ހަމަނުޖެހުންތަކުގެ ވާހަކައެވެ. ރޭގެ މެޗާއި ގުޅިގެން ހިންގި މާރާމާރީ ތަކުގެ ފޮޓޯ އާއި ވީޑިއޯތައް މިއަދު މީސްމީޑިއާގައި ދައުރުވަމުންދާއިރު، ކޮމެންޓް ސެކްޝަނުގައި ގިނަބަޔަކު ދައްކަނީ ހަމަ އެއް ވާހަކައެކެވެ. މިއަދު ދަނޑަށް ނިކުންނަ އޮފިޝަލުންނާއި ކުޅުންތެރިންނާއި ސަޕޯޓަރުންނަށް ރައްކާތެރިކަމެއް ނެތެވެ. ރޭގެ މެޗުގައި ފެނިގެންދިޔައީ އޮފިޝަލަކު ހިންގި މާރާމާރީގައި އިދިކޮޅު ޓީމުގެ އެސިސްޓެންޓް މެނޭޖަރަށް ހަމަލާ ދިން މަންޒަރެވެ. ފޮޓޯތަކުންނާއި ވީޑިއޯތަކުން ނިއުރޭޑިއަންޓްގެ އެސިސްޓަންޓް މެނޭޖަރ  ލޫސިއާނޯގެ މޫނުމަތިންނާއި ނޭފަތުން ލޭއައިސް އަނިޔާވެފައިވާތަން ފެނެއެވެ. އެއީ އެއްވެސް ބިރެއްނެތި މެޗުބަލަންތިބި މީހުންނާއި ކެމެރާތަކުގެ ބޮޑެތި ލެންސް ތަކުގެ ކުރިމަތީގައި މާރާމާރީ ހިންގި މަންޒަރެވެ.

މިފަދަ ޢަމަލުތަކާމެދު ފީފާގެ ޤަވާއިދު ވަރަށް ސާފެވެ. އިނދިކޮޅު ކޯޗުންނާއި ރެފްރީންނާއި މެދު މާރާމާރީ ހިންގުމަކީ ފީފާގެ ޤަވާއިދުގެ ދަށުން އެންމެ ހަރުކަށި އަދަބު ކަނޑައަޅާފައިވާ ކުއްތަކެވެ. ފީފާގެ ޤަވާޢިދުތަކުގެ ދަށުން،  މާއްދާ 12.1(i) ގައި ބުނެފައިވަނީ ލޭ އޮހޮރުވުމަށް މަގުފަހިވާ ފަދަ ޖިސްމާނީ ބޮޑެތި ޙަމަލާތައް ދޭ ކުޅުންތެރިންނަށް މަދުވެގެން 6 މަސްދުވަހުގެ ނުވަތަ އެއަށްވުރެ ދިގު މުއްދަތެއްގެ ސަސްޕެންޝަނެއް އަންނާނެއެވެ. އަދި އަމިއްލަ ޙައިޞިއްޔަތުން 23000 އާއި 57،000 އާދެމެދު އެމެރިކާޑޮލަރުން ބޮޑު ޖޫރިމަނާއެއް ދައްކަންޖެހޭނެއެވެ.

ފީފާގެ ޤަވާއިދުގެ މާއްދާ 53 ގައި ބުނެފައިވަނީ ކުޅުންތެރިންނާއި އޮފިޝަލުން ކޮންޓްރޯލްކޮށް މަސްލަޙަތު ހިފެހެއްޓުމުގައި އިހުމާލުވާ ކުލަބުތަކާއި އެސޯސިއޭޝަންތައްވެސް މިފަދަ ކަންކަމަށް ފުރިހަމައަށް ޒިންމާވާންޖެހޭނެއެވެ. މިގޮތުން ޓީމު ލެވެލްގައި 50،000 އިން ފެށިގެން 100،000 އަށްވުރެ ގިނަ ޑޮލަރުގެ ޖޫރިމަނާއެއް އެފަރާތްތަކަށް އައުން އެކަށީގެންވެއެވެ.

ދަނޑުމަތީގައި ހިނގާ މިފަދަ ޖިސްމާނީ އަނިޔާތަކަކީ މަދަނީ އަދި ޖިނާއީ ޤާނޫނުތަކުން އިމްތިޔާޒު ލިބޭ ކަންކަމެއް ނޫނެވެ. އެހެންކަމުން، ޤާނޫނު ތަންފީޒުކުރާ އިދާރާތަކުން ކުޅުންތެރިޔާގެ މައްޗަށް ޖިނާއީ ދަޢުވާ އުފުލައި، ޖަލު ޙުކުމާއި ޖިނާއީ ރެކޯޑު ފަދަ އަދަބުތައް ކަނޑައެޅުމުގެ އިތުރުން، އަނިޔާ ލިބުނު ފަރާތަށް ބަދަލު ހޯދުމަށްޓަކައި މަދަނީ ދަޢުވާ އުފުލުމުގެ ޙައްޤުވެސް ލިބިގެންވެއެވެ.

WhatsApp Image 2026-09-18 at 08.09.38.jpeg

މާޒިޔާގެ އެސިސްޓެންޓް ކޯޗު ސުޒޭރު ވަނީ ނިއުގެ އެސިސްޓެންޓް ކޯޗު ލޫސިއާނޯއަށް ހަމަލާދެނީ

View post on Twitter


މިކަން އެންމެ ފަހުން ހިނގައިދިޔަ ފީފާ ވޯލްޑްކަޕުން ފެނިގެންދިޔައެވެ. ފައިނަލް މެޗުގައި މިޔަށްވުރެ ކުދި ކުއްތަކުގައި އާޖެންޓީނާގެ ބައެއް ކުޅުންތެރިންނެއް ވަނީ ބޮޑެތި ސަސްޕެންޝަންތަކާއި ކުރިމަތި ލައި ބޮޑެތި ޖޫރިމަނާ ކޮށްފައެވެ.

މިހާރު އޮތް ސުވާލަކީ ވަކިބަޔަކު ތަކުރާރުކޮށް ހަމަ މިކަން ކުރަން ފުރުސަތުދޭން އަދިވެސް ތައްޔާރުހެއްޔެވެ. މިކަންކަން ހަމަ އެއްބައެއް ތަކުރާރުކޮށް ކުރާއިރު ކަމާބެހޭ ފަރާތްތަކުން ދޫކޮށްލައިގެން ތިބެންވީހެއްޔެވެ؟ މިއަދު ނިއުރޭޑިއަންޓާއި ޤައުމީޓީމަށް ހަމަލާ އަމާޒުކޮށްފިއެވެ. މާދަމާ ކޮންބައެއް ހެއްޔެވެ؟ މިވެރިން ބޭނުންގޮތަކަށް މިކަން ކުރަން ހަމަ ދެންވެސް ފުރުސަތު ދޭންވީތޯއެވެ؟

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނިއުރޭޑިއަންޓް އާއި ވިކްޓްރީގެ ރަސްވާދައިގެ ފޯރިގަދަ މެޗު މާދަމާރޭކުޅިވަރު | 42 މިނިޓު ކުރިންއެފްއޭއެމް ވިމެންސް ލީގު ނިއުރޭޑިއަންޓުން ފެށީ ގަދަކޮށްކުޅިވަރު | 5 ދުވަސް ކުރިންމޯލްޑިވްސް އެކްޕޯގެ ބީޗް ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ނިއުރޭޑިއަންޓް ހޯދައިފިކުޅިވަރު | 21 ދުވަސް ކުރިންމޯލްޑިވްސް އެކްސްޕޯ 2026 - ބީޗް ހޭންޑްބޯލް މުބާރާތުގެ ސެމީ ފައިނަލަށް ނިއުރޭޑިއަންޓް ދަތުރު ކޮށްފިކުޅިވަރު | 22 ދުވަސް ކުރިން