logo
MPL

MPL

ކުޅިވަރު

މޯލްޑިވްސް އެކްޕޯގެ ބީޗް ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ނިއުރޭޑިއަންޓް ހޯދައިފި

އަބްދުﷲ ޣާނިމް
31 އޮކްޓޯބަރު 2026 - 18:22
މޯލްޑިވްސް އެކްޕޯގެ ބީޗް ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ނިއުރޭޑިއަންޓް ހޯދައިފި

މޯލްޑިވްސް އެކްސްޕޯ 2026 ގެ ތެރެއިން ކުރިއަށްދިޔަ ބީޗް ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުން ހޯދައިފިއެވެ.

ނިއުރޭޑިއަންޓުން މި މުބާރާތުގެ ތަށި އުފުލައިލީ ފައިނަލް މެޗުގައި ބޮންތި ސްޕޯޓްސް ކްލަބާ ވާދަކޮށް 2-0 އިން މެޗު ކާމިޔާބުކޮށްގެންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ނިއުރޭޑިއަންޓް ޓީމުގެ ޝާނީޒްއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދެ ޑިވިޝަނަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ސެމީ ފައިނަލަށް ނިއުރޭޑިއަންޓް ދަތުރުކުރީ ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށްގެންނެވެ. އަދި ސެމީ ފައިނަލް މެޗުގައި އެ ޓީމުން ވަނީ އެލް ސްޕޯޓްސް ކްލަބުގެ މައްޗަށް ކުރިހޯދައިފައެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން އިންތިޒާމުކޮށްގެން މޯލްޑިވްސް އެކްސްޕޯގައި ކުރިއަށްގެންދިޔަ މި މުބާރާތަކީ އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މުބާރާތެކެވެ. މި މުބާރާތުގެ އަންހެން ޑިވިޝަންގެ ކުޅުންވެސް ކުރިއަށްގެންގޮސްފައިވަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މޯލްޑިވްސް އެކްޕޯގެ ބީޗް ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ނިއުރޭޑިއަންޓް ހޯދައިފިކުޅިވަރު | ގަޑިއިރެއް ކުރިންމޯލްޑިވްސް އެކްސްޕޯ 2026 - ބީޗް ހޭންޑްބޯލް މުބާރާތުގެ ސެމީ ފައިނަލަށް ނިއުރޭޑިއަންޓް ދަތުރު ކޮށްފިކުޅިވަރު | 2 ދުވަސް ކުރިންބޮޑުތަފާތަކުން ނިއު މޮޅުވެ، އީގަލްސްގެ ބަލިނުވުމުގެ ސިލްސިލާ ނިމުމަކަށް ގެނެސްފިކުޅިވަރު | 7 ދުވަސް ކުރިންނިއުރޭޑިއަންޓް ލީގުގައި ޖެހިޖެހިގެން ދެވަނަ މެޗުން އެއްވަރުވެ، އުނދަގޫ ޕޮއިންޓެއްކުޅިވަރު | 16 ދުވަސް ކުރިން