މޯލްޑިވްސް އެކްސްޕޯ 2026 - ބީޗް ހޭންޑްބޯލް މުބާރާތުގެ ސެމީ ފައިނަލަށް ނިއުރޭޑިއަންޓް ދަތުރު ކޮށްފި
30 އޮކްޓޯބަރު 2026 - 03:29

މޯލްޑިވްސް އެކްސްޕޯ2026 ގައި މިހާރު ކުރިޔަށްދާ ބީޗް ހޭންޑްބޯޅަ މުބާރާތުގެ ސެމީފައިނަލަށް ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ދަތުރު ކޮށްފިއެވެ.
.png&w=750&q=75)
Ad by Hajj Corporation
ދެ ޑިވިޝަނަށް ހުޅުވާލައިގެން ކުރިޔަށް ގެންދާ މި މުބާރާތުގެ ފިރިހެން ޑިވިޝަންގެ ސެމީފައިނަލަށް ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ދަތުރުކުރީ ގްަރޫޕް ސްޓޭޖްގައި ކުޅުނު ދެމެޗްވެސް ކާމިޔާބު ކޮށްގެންނެވެ. ފުރަތަ މެޗް ނިއު ކާމިޔާބުކުރީ ފްލައިންގް އީގަލްސްއާ ވާދަކޮށް 2-0 އިންނެވެ. ދެވަނަ މެޗް ތުޅާދޫ ޔަންގްއާ ވާދަކޮށްވެސް ކާމިޔާބުކުރީ ހަމަ މި ނަތީޖާއިންނެވެ. ސެމީފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ 8:30 ގައެވެ. ސެމީގައި ނިއު ވާދަ ކުރަންޖެހޭ ޓީމެއް ކަށަވަރުވާނީ މިއަދު ހަވީރު ކުޅޭ މެޗްތަކަށްފަހުއެވެ ދެ ގްރޫޕަކަށް ބަހާލައިގެން ކުރިޔަށް ގެންދާ މި މުބާރާތުގައި ނިއުރޭޑިއަންޓް ހިމެނޭ ގްރޫޕްގައި ނިއުގެ އިތުރުން ދެން ހިމެނެނީވެސް މި ދެޓީމެވެ. ގްރޫޕް އޭގައި ހިމެނެނީ ބޮންތި ސްޕޯޓްސް ކްލަބް، އޮނި ސްޕޯޓްސް ކްލަބް، މާފަންނު ޔޫތު އަދި އެލް ސްޕޯޓްސް ކްލަބެވެ.
މި މުބާރާތުގެ އަންހެން ޑިވިޝަންވެސް ކުރިޔަށްގެންދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. އަންހެން ޑިވިޝަންގެ ގްރޫޕް އޭގައކ ވާދަކުރަނީ ރޮނިން ސްޕޯޓްސް ކްލަބް، ޕްރޯ ސްޕޯޓްސް އެކަޑަމީ އަދި ކުއީންސް އޯރާއެވެ. ގްރޫޕް ބީގައި ހިމެނެނީ ފޭސް ޓޫ، ހިޔާ ސްޕޯޓްސް ކްލަބް އަދި ބޮންތި ސްޕޯޓްސް ކްލަބެވެ. މި މުބާރާތަކީ ބީސީސީން މޯލްޑިވްސް އެކްސްޕޯގައި ކުރިޔަށް ގެންދާ ވަން ޑޭ ކަޕެކެވެ.

-01.jpg&w=3840&q=75)
