ނިއުރޭޑިއަންޓް ލީގުގައި ޖެހިޖެހިގެން ދެވަނަ މެޗުން އެއްވަރުވެ، އުނދަގޫ ޕޮއިންޓެއް
15 އޮކްޓޯބަރު 2026 - 19:29

ދިރާގު ދިވެހި ލީގުގައި ވާދަވެރި ކުޅުމަކަށްފަހު އޮޑި ސްޕޯޓްސް ކުލަބާއި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެއްޖެއެވެ. ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ދެޓީމަށްވެސް ލަނޑެއް ކާމިޔާބު ނުކުރެވުނު ނަމަވެސް، ދެވަނަ ހާފު ފެށިގެން 25 ސިކުންތުގެ ތެރޭގައި އަޙްޒަމް ރަޝީދު ވަނީ ލަނޑެއް ޖަހައި އޮޑިއަށް ލީޑު ނަގައިދީފައެވެ. ނަމަވެސް އޭގެ މިނެޓެއް ފަހުން މުޙައްމަދު ނާއިމް ނަގައިދިން ހުރަހަކުން ޑޮރިއެލްޓަން ގޮމޭޒް ވަނީ ނިއުއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.
މެޗުގައި ދެވަނަ ފަހަރަށްވެސް އޮޑިން ލީޑު ހޯދީ އަޙްމަދު އައިހަމް ނަގައިދިން ބޯޅައަކުން މުޒްދާން ޙަސަން ކާމިޔާބުކުރި ލަނޑުންނެވެ. އޮޑިން މޮޅުވާން ދަނިކޮށް، މެޗުގެ 88 ވަނަ މިނެޓުގައި ނިއުއަށް ނަތީޖާ ހަމަހަމަކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަމްދާން އަލީއެވެ.
.png&w=750&q=75)
Ad by Hajj Corporation
މިއީ ލީގުގައި ނިއުރޭޑިއަންޓް ޖެހިޖެހިގެން އެއްވަރުވި ދެވަނަ މެޗެވެ. މި މަހުގެ 10 ވަނަ ދުވަހު ދިއްދޫއާ ދެކޮޅަށް ކުޅުނު މެޗުވެސް އެއްވަރުވެފައިވާއިރު، މި ނަތީޖާއާއެކު ނިއު އަދިވެސް އޮތީ ތާވަލުގެ ތިންވަނައިގައެވެ.

-01.jpg&w=3840&q=75)
