logo
MPL

MPL

ކުޅިވަރު

އެފްއޭއެމް ވިމެންސް ލީގު ނިއުރޭޑިއަންޓުން ފެށީ ގަދަކޮށް

އަބްދުﷲ ޣާނިމް
16 ނޮވެމްބަރު 2026 - 03:11
ފޮޓޯ: ނިއުރޭޑިއަންޓް މީޑިއާ
ފޮޓޯ: ނިއުރޭޑިއަންޓް މީޑިއާ

އިއްޔެ ފެށި އެފްއޭއެމް ވިމެންސް ލީގު ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ތަފާތު ބޮޑު މޮޅަކާއެކު މުބާރާތުގެ ފެށުން ވަރުގަދަކޮށްފި އެވެ. ހެންވޭރު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ނިއުރޭޑިއަންޓުން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުގެ މައްޗަށް ކުރިހޯދީ 15-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ނިއުރޭޑިއަންޓުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ބަންގްލަދޭޝް ގައުމީ ޓީމުގެ މަތުސުޝިމާ ސުމައްޔާ ވަނީ އެ ޓީމަށް 5 ލަނޑު ކާމިޔާބުކޮށްދީފަ އެވެ. މީގެ އިތުރުން ސަބީނާ ކަތުން އާއި މައީޝާ އަބްދުލް ހަންނާން ކޮންމެ ކުޅުންތެރިއަކު ހެޓްރިކެއް ހެދިއިރު، މަރިޔަމް ނޫރާ ވަނީ 2 ގޯލު ޖަހައިފަ އެވެ. އަދި ދެން ހުރި ލަނޑުތައް އެ ޓީމަށް ކާމިޔާބުކޮށްދިނީ ސުމާ މުހައްމަދު އާއި އައިމިނަތު ފަޒްލާ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

IMG_9803.JPG

މެޗުގެ މޮޅުކުޅުންތެރިޔާ. ފޮޓޯ: ނިއުރޭޑިއަންޓް މީޑިއާ

 

ޖުމްލަ 4 ޓީމާ އެކު ކުރިއަށްދާ މި ފަހަރުގެ މުބާރާތުގައި، މިދިޔަ އަހަރުގެ ޗެމްޕިއަން މާޒިޔާ ވެސް ވަނީ ފުރަތަމަ މެޗުން ބޮޑު މޮޅެއް ހޯދައިފަ އެވެ. މިދިޔަ އަހަރު 6 ޓީމު ވާދަކުރި މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި މާޒިޔާއިން އިއްޔެ ކުޅުނު މެޗުގައި މޯލްޑިވްސް ސޮކަރ މޭޓްސް ބަލިކުރީ 8-0 ގެ ނަތީޖާއަކުންނެވެ.

ވިމެންސް ލީގުގެ މެޗުތައް ދެން އޮންނާނީ އަންނަ ބުދަ ދުވަހު އެވެ. އެ ދުވަހު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ދަ ގްރާންޑޭ އާއި މާޒިޔާ އެވެ. އަދި އެ ރޭ ކުޅޭ މެޗުގައި ނިއުރޭޑިއަންޓް ނުކުންނާނީ އެމްއެސް މޭޓްސްއާ ދެކޮޅަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެފްއޭއެމް ވިމެންސް ލީގު ނިއުރޭޑިއަންޓުން ފެށީ ގަދަކޮށްކުޅިވަރު | 29 މިނިޓު ކުރިންމޯލްޑިވްސް އެކްޕޯގެ ބީޗް ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ނިއުރޭޑިއަންޓް ހޯދައިފިކުޅިވަރު | 15 ދުވަސް ކުރިންމޯލްޑިވްސް އެކްސްޕޯ 2026 - ބީޗް ހޭންޑްބޯލް މުބާރާތުގެ ސެމީ ފައިނަލަށް ނިއުރޭޑިއަންޓް ދަތުރު ކޮށްފިކުޅިވަރު | 17 ދުވަސް ކުރިންބޮޑުތަފާތަކުން ނިއު މޮޅުވެ، އީގަލްސްގެ ބަލިނުވުމުގެ ސިލްސިލާ ނިމުމަކަށް ގެނެސްފިކުޅިވަރު | 23 ދުވަސް ކުރިން