ނިއުރޭޑިއަންޓް އާއި ވިކްޓްރީގެ ރަސްވާދައިގެ ފޯރިގަދަ މެޗު މާދަމާރޭ
21 ނޮވެމްބަރު 2026 - 08:14

ދިވެހި ފުޓުބޯޅައިގެ އެންމެ ވަރުގަދަ ދެ ވާދަވެރިން ކަމަށްވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ވިކްޓްރީ ސްޕޯޓްސް ކުލަބު، މި ސީޒަނުގެ ފުރަތަމަ ކުރިމަތިލުމަށް މިރޭ ގަލޮޅު ރަސްމީ ދަނޑަށް ނުކުންނަން ތައްޔާރުވެއްޖެއެވެ. ދިވެހި ފުޓުބޯޅައިގެ "ރަސްވާދަ" ގެ ގޮތުގައި ފާހަގަކުރެވޭ މި ފޯރިގަދަ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ (22 ނޮވެމަބަރ 2026)ވާ އާދިއްތަ ދުވަހުގެރޭ 09:00 ގަލޮޅު ރަސްމީ ދަނޑުގައެވެ.
މި ސީޒަނަށް ދެ ޓީމުންވެސް ވަރަށް ފުރިހަމައަށް ތައްޔާރުވެފައިވާއިރު، ލީގުގައި މިހާތަނަށް ކުޅުނު 6 މެޗުން އެއްވެސް މެޗަކުން ބަލިނުވެ ދެމިއޮތް ހަމައެކަނި ދެ ޓީމަކީވެސް މި ދެ ޓީމެވެ. ތާވަލުގެ އެއްވަނައިގައި މިވަގުތު ވިކްޓްރީ އޮތީ ކުޅުނު މެޗުތަކުން 16 ޕޮއިންޓް ހޯދައިގެންނެވެ. ނިއުރޭޑިއަންޓް މިވަގުތު އޮތީ 11 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ. އެހެންކަމުން މާދަމާރޭގެ މެޗަކީ ތާވަލުގެ ކުރީގެ ވާދަވެރިކަމަށްވެސް ނުހަނު މުހިންމު މެޗެކެވެ.
.png&w=750&q=75)
Ad by Hajj Corporation
މި ދެ ޓީމު އެންމެ ފަހުން ލީގުގައި ބައްދަލުކޮށްފައިވަނީ ވޭތުވެދިޔަ އަހަރުއެވެ. އެ އަހަރުގެ އޮކްޓޫބަރު މަހު ކުޅުނު ފުރަތަމަ މެޗު 4-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ ނިއުރޭޑިއަންޓެވެ. ނަމަވެސް، ޑިސެމްބަރު މަހު ކުޅުނު ދެވަނަ މެޗުގައި ނިއުރޭޑިއަންޓުން ލަނޑެއް ޖަހައި ކުރިހޯދާފައިވަނިކޮށް، ފަހަތުން އަރައި ތިން ލަނޑު ޖަހައިގެން 3-1 އިން މޮޅުވީ ވިކްޓްރީއެވެ.
ދެ ޓީމުގެ ތާރީޚީ ވާދަވެރިކަމާއި، މި ސީޒަނުގައި ދެ ޓީމުވެސް ދަމަހައްޓަމުން އަންނަ ބަލިނުވުމުގެ ރެކޯޑަށް ބަލާއިރު، މާދަމާރޭގެ ކުރިމަތިލުން ވެގެންދާނީ ފޯރިގަދަ އަދި ފެންވަރު ރަނގަޅު ކުޅުމެއް ފެނިގެންދާނެ މެޗަކަށެވެ.

-01.jpg&w=3840&q=75)
