logo
Bank of Maldives

Bank of Maldives

ކުޅިވަރު

ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޖޯޖީނާ އެންގޭޖްވެއްޖެ

އަބްދުﷲ ޣާނިމް
11 އޯގަސްޓު 2025 - 17:47
ޖޮޖީނިއާ އާއި ރޮނާލްޑޯ އެންގޭޖުވިކަން އެންގުމަށް އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓް
ޖޮޖީނިއާ އާއި ރޮނާލްޑޯ އެންގޭޖުވިކަން އެންގުމަށް އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓް

ފުޓްބޯޅަ ދުނިޔޭގެ ސުޕަރ ސްޓާރ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އޭނާގެ ޕާރޓްނަރ ޖޯޖީނާ ރޮޑްރިގޭޒް އެންގޭޖްވެއްޖެއެވެ. ޖޯޖީނާ އާއެކު ރޮނާލްޑޯ އެކުގައި ދިރިއުޅެމުން އަންނަތާ ގާތްގަނޑަކަށް 10 އަހަރު ވެއްޖެއެވެ.

ޖޯޖީނާ މި އުފާވެރި ޚަބަރު ހިއްސާކޮށްފައިވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި އެމެރަލްޑް-ކަޓް ޑައިމަންޑް އަނގޮޓިއެއްގެ ފޮޓޯއާއެކުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

40 އަހަރުގެ ރޮނާލްޑޯ އާއި ޖޯޖީނާ އަކީ 4 ކުދިންގެ މައިންބަފައިންނެވެ. އެއީ އަލާނާ، ބެލާ އަދި ރޮނާލްޑޯގެ ދެ ދަރިން އީވާ އާއި މަޓިއޯއެވެ. މީގެ ކުރިން ނެޓްފްލިކްސްގެ "އައި އެމް ޖޯޖީނާ" ޑޮކިއުމެންޓްރީގައި ރޮނާލްޑޯ ވަނީ ކައިވެނި ކުރުމާ ބެހޭގޮތުން ވާހަކަ ދައްކާފައެވެ.

މި އެންގޭޖްމަންޓްގެ ޚަބަރު އައުމުގެ ކުރިން، 2025 ގެ އޭޕްރިލް މަހު ޖޯޖީނާ ބޭނުން ކުރަމުންދިޔަ އަނގޮޓިއަކާ ގުޅިގެން ގިނަ ބަޔަކު ވަނީ މި ދެމަފިރިން އެންގޭޖްވެފައިވާ ކަމަށް ލަފާކޮށްފައެވެ.

މިހާރު އަލް-ނަސްރު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެމުންދާ ރޮނާލްޑޯ އަކީ ރިފަހުގެ ތާރީޚުގައި ދުނިޔެދުއް އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާއެވެ. އޭނާ ވަނީ ފާއިތުވި ދެ މޫސުމުގައިވެސް ސައުދީ ޕްރޯ ލީގުގެ އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރޮނާލްޑޯ ބޭނުންވަނީ އަންނަ ސީޒަނުގައި ލެވަންޑޮވްސްކީ އާއެކު ކުޅެންކުޅިވަރު | ދުވަހެއް ކުރިންރޮނާލްޑޯގެ ދެގޯލާއެކު ވޯލްޑްކަޕަށް ކޮލިފައިވުމުގެ މަގުމަތީގައިވާ ޕޯޗުގަލް, ފަހުވަގުތު ހަންގޭރީއިން ހިފަހަށްޓައިފިކުޅިވަރު | 7 ދުވަސް ކުރިންފުޓްބޯޅައިގެ ތާރީޚުގެ އެންމެ ފުރަތަމަ ބިލިޔަނަރުގެ ލަޤަބު ރޮނާލްޑޯއަށްކުޅިވަރު | 13 ދުވަސް ކުރިންރޮނާލްޑޯގެ ގޯލާއެކު ޗެންޕިއަން އިއްތިހާދު ހަމަބިމަށް ތިރިކޮށް އަލް ނަޞްރު އެއްވަނައިގައި ހަމަޖެހިލައިފިކުޅިވަރު | 25 ދުވަސް ކުރިން