logo
MPL

MPL

ޚަބަރު

ބ.އަތޮޅު ހޮސްޕިޓަލުގެ އައު ޢިމާރާތާއެކު އަތޮޅުގެ ސިއްޙީ ނިޒާމަށް ބޮޑު ބަދަލުތަކެއް އަންނާނެ: ނާޒިމް

އާމިނަތު ޝަފާ
13 އޯގަސްޓު 2025 - 10:37
ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް
ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް

ބ.އަތޮޅު ހޮސްޕިޓަލުގެ އައު ޢިމާރާތާއެކު އެސަރަޙައްދުގެ ސިއްޙީ ނިޒާމަށް ބޮޑު ބަދަލުތަކެއް އަންނާނެކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ ނާޘިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހުގައި ބ. އަތޮޅަށް މިހާރު ކުރެއްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރ ވިދާޅުވީ ބ.އަތޮޅުގައި ސިއްޙީ ނިޒާމު ހަރުދަނާކުރުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޞިއްޙީ ޚިދުމަތްދޭ އިމާރާތުގެ ޖާގައިގެ ދަތިކަން ކަމަށާއި އައު ހޮސްޕިޓަލާއެކު މި މައްސަލަ ހައްލުވެގެންދާއިރު އައު ހޮސްޕިޓަލާއެކު ގިނަ ޚިދުމަތްތަކެއް ލިބިގެންދާނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބ. އަތޮޅު ހޮސްޕިޓަލްގެ އައު އިމާރާތުގެ މަސައްކަތުގެ އެއްބަސްވުމުގައި އިއްޔެ ވަނީ ސޮއިކޮށްފައެވެ.

540 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރެއްވި މި މަސައްކަތުގެ އަގަކީ 181.7 މިލިޔަން ރުފިޔާއެވެ. 50 އެނދުގެ އައު ހޮސްޕިޓަލުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އާރްޑީސީއާއެވެ. މިމަސައްކަތް އެކުންފުންޏާއި ހަވާލުކޮށްފައިވަނީ ދޮޅު އަހަރުގެ ތެރޭގައި ނިންމާގޮތަށެވެ. މިދަތުރުފުޅުގެ ތެރެއިން ބ.އަތޮޅު ހޮސްޕިޓަލުގެ މެމޮގްރަފީގެ ޚިދުމަތްވެސްވަނީ އިފްތިތާޙްކޮށްދެއްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"ސިއްޙީ ވުޒާރާއާއި ގުޅުން ރަނގަޅު ކުރުމަށް މިހާރު ވަނީ އިދާރީ ހިންގުމަށް ބަދަލުތަކެއް ގެނެސްފަ"ޚަބަރު | 6 މަސް ކުރިންރަށްރަށުގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމްކުރުމުގެ ސިލްސިލާ މިއަހަރުވެސް ކުރިއަށްޚަބަރު | 7 މަސް ކުރިންޤައުމީ ޞިއްޙީ ލެބޯޓަރީ އަކީ އެމްއެފްޑީއޭގެ މަސައްކަތްތައް ހަރުދަނާކުރުމަށް މުހިއްމު މަޝްރޫއެއްޚަބަރު | 7 މަސް ކުރިންގައިޑްލައިންތަކާއެކު އެއް ކޮލެޓީއެއްގައި ފަރުވާދެވޭކަން ކަށަވަރުވާނެ: މިނިސްޓަރ ނާޡިމްޚަބަރު | 8 މަސް ކުރިން