logo
Bank of Maldives

Bank of Maldives

ޚަބަރު

ނަފްސާނީ ބަލީގެ ފަރުވާ މުޅިރާއްޖެއަށް ލިބޭ ގޮތް ހެދުމަށް ދަނީ މަސައްކަތްކުރަމުން : ވަޒީރު ނާޒިމް

ޝަހްޒާ މުހައްމަދު
14 ޖުލައި 2025 - 17:53
ސިއްޚަތާ ބެހޭ ވަޒީރު އަބްދުﷲ ނާޒިމް
ސިއްޚަތާ ބެހޭ ވަޒީރު އަބްދުﷲ ނާޒިމް

ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށްޓަކައި، މުޅި ރާއްޖޭގައި ފަސޭހައިން ފަރުވާ ލިބޭނެ ގޮތް އެކަށައެޅުމަށް ދުރު ރާސްތާ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާކަމަށް ސިއްޚަތާ ބެހޭ ވަޒީރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.

"އަހާ ފޯރަމް" ގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ނާޒިމް ވިދާޅުވީ، ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދުމުގައި މިހާރު އެންމެ ބޮޑު ގޮންޖެހުމަކަށް ވެފައިވަނީ ބޮޑެތި ހޮސްޕިޓަލްތަކުގައި ނަފްސާނީ ބައްޔަށް އޮންނަ ކިއު ބޮޑުވުންކަމަށެވެ. މިގޮތަށް ކިއު ބޮޑުވަނީ ބަލިމީހުން ގިނަވެފައި، ފަރުވާ ދިނުމަށް ތިބި ޑޮކްޓަރުންނާއި ފަންނީ މީހުން މަދުވުމުގެ ސަބަބުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މައްސަލަ ހައްލުކުރުމަށް، އެންމެ ކްރިޓިކަލް ހާލަތުގައި ތިބޭ ބަލިމީހުންނަށް ކިއުގެ ނިޒާމުގެ ބޭރުން ވެސް ފަރުވާ ލިބޭނެ ނިޒާމެއް ޤާއިމުކުރުމަށް ވަނީ ރޭވިފައިވާކަމަށާއި މިގޮތުން، ބަލިމީހުންނަށާއި އާއިލާތަކަށް ހޮސްޕިޓަލްގެ އިމަޖެންސީއަށް ޒިޔާރަތްކޮށްގެން ނުވަތަ ހެލްޕްލައިނަށް ގުޅައިގެން އެހީތެރިކަން ހޯދޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ނާޒިމް ވިދާޅުވި ގޮތުގައި ނަފްސާނީ ބަލީގައި އެންމެ މުހިންމު އެއް ކަމަކީ، އެންމެ ފުރަތަމަ އެހީ ބޭނުންވާ ވަގުތު އެހީ ލިބޭނެކަން ކަށަވަރުވެފައި އޮތުމެވެ.

ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދުމަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން ވަނީ 24 ގަޑިއިރުގެ ހެލްޕްލައިން ޚިދުމަތެއް ގާއިމުކޮށްފައެވެ. މި ހެލްޕްލައިންގެ ޚިދުމަތް ވަރަށް ގިނަ ދިވެހި ރައްޔިތުން ބޭނުންކުރަމުންދާކަން ވެސް މިނިސްޓަރު ފާހަގަކުރެެއްވިއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސްޓޭޓް ފާމަސޫޓިކަލްއަކީ ސިއްހީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް: ވަޒީރު ޚަބަރު | 18 ދުވަސް ކުރިން"ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ނަތީޖާ ވަރަށް އަވަހަށް ފެންނާނެ"ޚަބަރު | 25 ދުވަސް ކުރިންރާއްޖޭގެ ސިއްހީ ހާލަތު ދެނެގަތުމަށް އަންނަ އަހަރު ދިރާސާއެއް ފަށަނީޚަބަރު | މަހެއް ކުރިންޣައްޒާ ހަނގުރާމަ ހުއްޓުވުމަށް އިސްލާމީ ޤައުމުތައް ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައިފިޚަބަރު | 2 މަސް ކުރިން