logo
MPL

MPL

ޚަބަރު

ވަޒީރުންގެ "އަހާ" 10 ވަނަ ފޯރަމް މިރޭ އޮންނާނެ

އަޙުމަދު ރިޝާން
18 އޮކްޓޯބަރު 2026 - 05:18
ވަޒީރުންގެ "އަހާ" 10 ވަނަ ފޯރަމް މިރޭ އޮންނާނެ

 ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ކުރިއަށްގެންދާ ސިލްސިލާ ފޯރަމް، "އަހާ" ގެ 10 ވަނަ ފޯރަމް މިރޭ 21:00 ގައި ސަލްޓަން ޕާކުގެ އިވެންޓް އޭރިއާގައި ބޭއްވުމަށް ނިންމައިފި އެވެ.

މި ފޯރަމަކީ ސަރުކާރުގެ އެކި ވުޒާރާތަކާއި އިދާރާތަކުން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ރައްޔިތުންނާ ހިއްސާކުރުމާއި، ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ޝަކުވާތަކަށް ސީދާ މަސްއޫލުވެރިންގެ ފަރާތުން ޖަވާބު ހޯދައިދިނުމުގެ މަޤުޞަދުގައި ބާއްވަމުން އަންނަ ފޯރަމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިރޭގެ ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާނީ:

 

  • ޢަބްދުﷲ ރާފިޢު - ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު

 

  • ޙަސަން ޒަރީރު - މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު

 

  • ޢަލީ ޝަރީފް - މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު

 

ދެ ގަޑިއިރަށް ކުރިއަށްދާ މި ފޯރަމްގައި، ސަލްޓަން ޕާކަށް ގޮސްގެން ސީދާ ސުވާލުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެއިތުރުން ފޭސްބުކް، އެކްސް އަދި ޕީއެސްއެމް އެއަރ އެޕް މެދުވެރިކޮށް އޮންލައިންކޮށް ބައިވެރިވެ، ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް ވަޒީރުންނާ ސުވާލު ހުށަހެޅޭނެއެވެ.

 ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕީއެސްއެމް ގުޅިގެން މި ފޯރަމްތައް ފަށާފައިވަނީ 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. މިހާތަނަށް މިފަދަ 9 ފޯރަމެއް ވަނީ ބާއްވާފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވަޒީރުންގެ "އަހާ" 10 ވަނަ ފޯރަމް މިރޭ އޮންނާނެޚަބަރު | ގަޑިއިރެއް ކުރިންނަފްސާނީ ބަލީގެ ފަރުވާ މުޅިރާއްޖެއަށް ލިބޭ ގޮތް ހެދުމަށް ދަނީ މަސައްކަތްކުރަމުން : ވަޒީރު ނާޒިމްޚަބަރު | އަހަރެއް ކުރިންއަންނަ ހަފުތާގައި 4،000 ފްލެޓުގެ އެއްބަސްވުންތަކުގައި ސޮއިކުރަން ފަށަނީޚަބަރު | އަހަރެއް ކުރިން5 ވަނަ އަހާ ފޯރަމް މިރޭ ބާއްވަނީ!ޚަބަރު | އަހަރެއް ކުރިން