logo
MPL

MPL

ޚަބަރު

5 ވަނަ އަހާ ފޯރަމް މިރޭ ބާއްވަނީ!

އާމިނަތު ޝަފާ
12 މޭ 2025 - 09:44
5 ވަނަ އަހާ ފޯރަމް މިރޭ ބާއްވަނީ!

"އަހާ"ގެ ނަމުގައި ވަޒީރުންނާ ސުވާލުކުރުމަށް ފުރުޞަތު ހުޅުވާލައިގެން ބާއްވާ އާންމު ފޯރަމްތަކުގެ ސިލްސިލާގެ ފަސްވަނަ ފޯރަމް މިރޭ އޮންނާނެއެވެ.

މި ފޯރަމުގައި ރައްޔިތުންނަށް މަޢުލޫމާތު ދެއްވުމަށާއި ސުވާލުތަކަށް ޖަވާބު ދެއްވުމަށް ތިއްބަވާނީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން، ބަންޑާރަ ނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް، ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމްގެ އިތުރުން ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަހާ ފޯރަމަކީ ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ވަޒީރުންގެ ފަރާތުން ރައްޔިތުންނަށް ދެއްވުމަށާއި، ރައްޔިތުންގެ ސުވާލުތަކަށް ސީދާ ވަޒީރުން ޖަވާބު ދެއްވުމަށް ފުރުޞަތު ދިނުމުގެ ގޮތުން ބާއްވާ ހާއްސަ ފޯރަމެކެވެ.

މިކަމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދެއްގެ އިތުރުން، އެމަނިކުފާނުގެ ސަރުކާރުން ވީހާވެސް ރައްޔިތުންނާ ގާތުން މަސައްކަތް ކުރެއްވުމަށާއި، ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ސަރުކާރުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބާރު އެޅުއްވުމުގެ ގޮތުން ކުރައްވާ މަސައްކަތްޕުޅެކެވެ.މި ފޯރަމްތަކަކީ އާންމުންނަށް އެތަނަށް ވަޑައިގެން ބައިވެރިވެވޭގޮތަށް އަދި ފޯރަމް ހިނގަމުންދާ ވަގުތު ސޯޝަލްމީޑިޔާގެ ވަސީލަތްތައް މެދުވެރިކޮށްވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިގެން ކުރިއަށްދާނެ ފޯރަމްތަކެކެވެ.

މީގެ އިތުރުން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓެއްވެސް ސަރުކާރުން އަންނަނީ ކުރިއަށް ގެންދަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސަރުކާރުގެ ހަތަރު ވަޒީރަކާއެކު ވަޒީރުންގެ އަހާ ފޯރަމް މާދަމާ ރޭޚަބަރު | 2 ގަޑިއިރު ކުރިންވަޒީރުންގެ "އަހާ" 10 ވަނަ ފޯރަމް މިރޭ އޮންނާނެޚަބަރު | 22 ދުވަސް ކުރިން"ރާއްޖެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ ބަޔަކަށް ނުދޭނަން"ޚަބަރު | މަހެއް ކުރިން ވަޒީރުންނާ ސީދާ ސުވާލުކޮށްލަން ފުރުސަތު: 9 ވަނަ "އަހާ" ފޯރަމް މިރޭ އޮންނާނެޚަބަރު | މަހެއް ކުރިން