logo
MPL

MPL

ޚަބަރު

ސަރުކާރުގެ ހަތަރު ވަޒީރަކާއެކު ވަޒީރުންގެ އަހާ ފޯރަމް މާދަމާ ރޭ

އައިޝަތު ނަޝާ
9 ނޮވެމްބަރު 2026 - 13:19
ސަރުކާރުގެ ހަތަރު ވަޒީރަކާއެކު ވަޒީރުންގެ އަހާ ފޯރަމް މާދަމާ ރޭ

ސަރުކާރުގެ ވުޒާރާތަކުން ކުރަމުން އަންނަ މަސައްކަތްތަކާބެހޭ މައުލޫމާތު ހިއްސާކޮށް ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބުދެއްވުމަށް ބާއްވާ ވަޒީރުންގެ "އަހާ" ފޯރަމް މާދަމާ ރޭ ބޭއްވުމަށް ހަމަޖައްސައިފި އެވެ.

ވަޒީރުންނާ ސުވާލު ކުރެވޭ ގޮތަށް އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ފޯރަމް އޮންނާނީ، މަދަމާ ރޭ 9:00 ގައި ޓީވީއެމްގެ ސްޓޫޑިއޯގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަހާ ފޯރަމަކީ ސަރުކާރުގެ އެކި ވުޒާރާތަކާއި އިދާރާތަކުން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ރައްޔިތުންނާ ހިއްސާކުރުމާއި، ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ޝަކުވާތަކަށް ސީދާ މަސްއޫލުވެރިންގެ ފަރާތުން ޖަވާބު ހޯދައިދިނުމުގެ މަގުސަދުގައި ބާއްވަމުން އަންނަ ފޯރަމެކެވެ.

މާދަމާ ރޭގެ ފޯރަމްގައި 4 ވަޒީރުން ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

ފޯރަމްގައި ބައިވެރިވެ ވަޑައިގަންނަވާ ވަޒީރުން:

• ހާރިޖީ ވަޒީރު އިރުތިޝާމް އާދަމް
• ތައުލީމާއި މަތީ ތައުލީމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު އިސްމާއިލް ޝަފީއު
• ގެދޮރުވެރިކަމާއި ބިނާރާއި އުމްރާނީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް
• އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ދެ ގަޑިއިރަށް ކުރިއަށްގެންދާ ވަޒީރުންގެ މި ފޯރަމުގައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުންނަށް މައުލޫމާތު ދިނުމުގެ އިތުރުން ރައްޔިތުންގެ ހުރި ސުވާލުތަކަށް ވަޒީރުން ޖަވާބު ދެއްވާނެއެވެ.

މި ފޯރަމުގައި ބައިވެރިވެ، ވަޒީރުންނާ ކުރަން ބޭނުންވާ ސުވާލުތައް ފޮނުވުމުގެ ފުރުޞަތު މިހާރު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. ފޯރަމް އޮންނަ ތަނަށް ގޮސް ސުވާލު ކުރުމުގެ އިތުރުން ޕީއެސްއެމް އެއަރ އެޕް މެދުވެރިކޮށްވެސް ވަޒީރުންނާ ސުވާލު ކުރެވޭނެއެވެ.

 ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕީއެސްއެމް ގުޅިގެން މި ފޯރަމްތައް ފަށާފައިވަނީ 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. މިހާތަނަށް މިފަދަ 10 ފޯރަމެއް ވަނީ ބާއްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސަރުކާރުގެ ހަތަރު ވަޒީރަކާއެކު ވަޒީރުންގެ އަހާ ފޯރަމް މާދަމާ ރޭޚަބަރު | ގަޑިއިރެއް ކުރިންވަޒީރުންގެ "އަހާ" 10 ވަނަ ފޯރަމް މިރޭ އޮންނާނެޚަބަރު | 22 ދުވަސް ކުރިންނަފްސާނީ ބަލީގެ ފަރުވާ މުޅިރާއްޖެއަށް ލިބޭ ގޮތް ހެދުމަށް ދަނީ މަސައްކަތްކުރަމުން : ވަޒީރު ނާޒިމްޚަބަރު | އަހަރެއް ކުރިންއަންނަ ހަފުތާގައި 4،000 ފްލެޓުގެ އެއްބަސްވުންތަކުގައި ސޮއިކުރަން ފަށަނީޚަބަރު | އަހަރެއް ކުރިން