logo
އަމިއްލަ ކެންޑިޑޭޓު އިބްރާހީމްގެ ތާއީދު ޕީއެންސީގެ އަރީޝަށްBank of Maldives

Bank of Maldives

ޚަބަރު

ޣައްޒާ ހަނގުރާމަ ހުއްޓުވުމަށް އިސްލާމީ ޤައުމުތައް ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައިފި

އާމިނަތު ޝަފާ
9 އޮކްޓޯބަރު 2025 - 12:28
ޣައްޒާ ހަނގުރާމަ ހުއްޓުވުމަށް އިސްލާމީ ޤައުމުތައް ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައިފި

މެދުއިރުމަތީގައި ކުރިއަށްދާ ހަނގުރާމަ ހުއްޓުވުމަށް އިސްމާލީ ޤަޢުމުތައް ގުޅިގެން އެކުގައި މަސައްކަތްކުރުމަށް ސިއްހަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް ގޮވާލައްވައިފިއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ އުރުދުންގެ ވެރިރަށް އައްމާންގައި ކުރިއަށްދިޔަ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ 8 ވަނަ އިސްލާމިކް ކޮންފަރަންސް އޮފް މިނިސްޓަރސް އޮފް ހެލްތު (އައި.ސީ.އެޗް.އެމް) ގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިގޮތުން ސިއްހީދާއިރާއިން ހޯދާފައިވާ ކުރިއެރުންތަކަށް އަލިއަޅުއްވާލަމުންވަޒީރުވަނީ މި ކުރިއެރުންތަކަކީ ވަރަށް ގިނަ ދުވަހު ވަރަށް ގިނަ މުވައްޒަފުންގެ ބުރަމަސައްކަތްކަމާއި، އަދި މިހާރުގެ ރަޢީސުލްޖުމްހޫރިއްޔާ ސިއްހީދާއިރާއަށް ދެއްވާ އަހަންމިއްޔަތުކަމަށް ވިދާޅުވެފައެވެ. މީގެއިތުރުން، މެދުއިރުމަތީގައި ކުރިއަށްދާ ހަނގުރާމައަށް އަލިއަޅުއްވާލައްވައި، އިސްމާލީ ޤަޢުމުތައް ގުޅިގެން، ހުރިހާ ޤަޢުމަކުން އެކުގައި މަސައްކަތްކުރުމަށް ގޮވައިލެއްވިއެވެ.

މި ބައްދަލުވުމަކީ އޯ.އައި.ސީ.ގެ މެމްބަރ ޤައުމުތަކުގެ ޞިއްޙީ ޙާލަތު ދެނެގަނެ، އޯ.އައި.ސީ. ސްޓްރެޓީޖިކް ހެލްތު ޕްރޮގްރާމް އޮފް އެކްޝަންގެ ލަނޑުދަނޑިތައް ހާޞިލުކުރެވޮފައިވާ މިންވަރު ބަލައި ކުރިއަށް އޮތް ދިހަ އަހަރުގެ ސްޓްރެޓެޖިކް ޕްރޮގްރާމް އެކުލަވާލުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ކުރިއަށްދާ ބައްދަލުވުމެކެވެ. އަދި މި ބައްދަލުވުން މެދުވެރިކޮށް އޯ.އައި.ސީ.ގެ މެމްބަރ ޤައުމުތަކުގެ ޞިއްޙީ ޙާލަތު ރަނގަޅު ކުރުމަށް ފިޔަވަޅު އެޅިގެންދާނެއެވެ.

އޯ.އައި.ސީގެ 7 ވަނަ އިސްލާމިކް ކޮންފަރަންސް އޮފް މިނިސްޓަރސް އޮފް ހެލްތު (އައި.ސީ.އެޗް.އެމް) މީގެ ކުރިން ބޭއްވިފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރ މަހުގައި އެކުވެރި ޢަރަބި އިމާރާތް(ޔޫ.އޭ.އީ)ގެ ވެރިރަށް އަބޫދާބީގައިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރަށްރަށުގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމްކުރުމުގެ ސިލްސިލާ މިއަހަރުވެސް ކުރިއަށްޚަބަރު | 7 ދުވަސް ކުރިންޤައުމީ ޞިއްޙީ ލެބޯޓަރީ އަކީ އެމްއެފްޑީއޭގެ މަސައްކަތްތައް ހަރުދަނާކުރުމަށް މުހިއްމު މަޝްރޫއެއްޚަބަރު | 12 ދުވަސް ކުރިންގައިޑްލައިންތަކާއެކު އެއް ކޮލެޓީއެއްގައި ފަރުވާދެވޭކަން ކަށަވަރުވާނެ: މިނިސްޓަރ ނާޡިމްޚަބަރު | 2 މަސް ކުރިންހުޅުދެލީ ސިއްހީ މަރުކަޒުގައި 3 ޚިދުމަތެއް ފަށާ، ރިނބުދޫ ޞިއްޙީ މަރުކަޒަށް ބައެއް އިތުރުކުރަން ބިންގާ އަޅައިފިޚަބަރު | 2 މަސް ކުރިން