logo
Bank of Maldives

Bank of Maldives

ޚަބަރު

ސަރުކާރުން އައިނުގެ ޚިދުމަތް ދެނީ ވިޔަފާރި އުސޫލަކުން ނޫން: ވަޒީރު ނާޒިމް

އާމިނަތު ޝަފާ
6 އޮކްޓޯބަރު 2025 - 05:23
ސަރުކާރުން އައިނުގެ ޚިދުމަތް ދެނީ ވިޔަފާރި އުސޫލަކުން ނޫން: ވަޒީރު ނާޒިމް

ސަރުކާރުން އައިނުގެ ހިދުމަތް ދޭންފެށީ ވިޔަފާރި އުސޫލަކުން ނޫންކަމަށް ސިއްހިަތާ ބެހޭ ވަޒީރު  ޢަބްދުﷲ ނާޡިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ކުރެއްވި ސުވާލަށް ދެއްވި ޖަވާބުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެމްބަރު ވަނީ ދުނިޔޭގެ ތަހުޒީބީ މުޖުތަމަޢުތަކުގައި ސަރުކާރުތަކުން ގިނަ ވިޔަފާރިތައް ކުރުމުގެ ބަދަލުގައި ކުރާކަމަކީ ރެގިއުލޭޓްކުރުންކަމަށް ވިދާޅުވެ އާސަންދައިން އައިނު ހައްދައިދޭ އުސޫލު ރެގިއުލޭޓްކުރުމުގެ ބަދަލުގައި ސީދާ ސަރުކާރުން އެ ވިޔަފާރިކުރަން ނިންމި ސަބަބަކީ ކޮބައިތޯ ސުވާލު ކޮށްފައެވެ.

ޖަވާބުގައި ވަޒީރު ވިދާޅުވީ ޖުލައި މަހުގެ 27ވަނަ ދުވަހު އައިޖީއެމްއެޗްގައި ސަރުކާރުން އައިނުގެ ހިދުމަތް ފެއްޓީ ހެޔޮ އަގުގައި އައިނުގެ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަގުސަދުގައި ކަމަށެވެ. މިއީ އާސަންދައިގެ ދަށުން ކޮންމެ ދެ އަހަރަކުން އެއްފަހަރު އައިނު ހެއްދުމަށް ކަނޑައަޅާފައިވާ 2000 ރުފިޔާގެ ތެރެއިން އައިޖީއެމްއެޗުން ފޯރުކޮށްދޭ ހިދުމަތެއް ކަމަށާއި މިއީ ވިޔަފާރި އުސޫލުން ދޭ ހިމަތެއް ނޫން ކަމަށް ވަޒީރު ވިދާޅުވިއެވެ.

އަމިއްލަ ކުލިނިކް ތަކުން އައިނުގެ ހިދުމަތް ހޯދުމަށް އެތަކެއް ހަރަދުތަކެއްދާކަން ސަރުކާރަށް ފާހަގަކުރެވިފައިވާކަމަށާއި އެގޮތުން އާސަންދައިން ނަންބަރު އައިނު އަޅާ ފަރާތްތަކަށް ކޮންމެ ދެ އަހަރަކުން އެއްފަހަރު 1000 ރުފިޔާދޭއިރު ގިނަ ރައްޔިތުންނަށް އަމިއްލަ ޖީބުން އެތައް ހާސްރުފިޔާއެއް ހަރަދުކުރަން ޖެހޭ ކަމަށާއި އައިޖީއެމްއެޗްގައި އައިނުގެ ހިދުމަތް ގާއިމުކޮށްގެން ހިދުމަތް ދިނުމުގައި ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް އިތުރު އަގަކާ ނުލައި އައިނު ލިބޭނެ އިންތިޒާމް ހަޖައްސައިދިނުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

ސަރުކާރުގެ އައިނު ފިހާރަ ހިންގަން ފަށަން ކުރި ހަރަދާ ބެހޭގޮތުން ވަޒީރު ވިދާޅުވީ އައިޖީއެމްއެޗްގައި އައިނުގެ ހިދުމަތްދޭ ތަން ގާއިމުކުރުމަށާއި އެތަނަށް ބޭނުންވާ އާލާތްތަކަށް 2،060،885.24 ރުފިޔާ ހަރަދުވި ކަމަށާއި ކޮންމެ އަހަރަކު އެ ހިދުމަތް ފޯރުކޮށްދޭން 3،456،212.67 ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެމްސީޖީއެޗް އޮޕްޓިކަލްސްގެ ޚިދުމަތަކީ، އާސަންދައިގެ ދަށުން ތެރެއިން އަގުހެޔޮކޮށް އައިނު ހެއްދުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެވަޑައިގެންވާ ވަޢުދުފުޅުގެ ދަށުން ފެށި ޚިދުމަތެކެވެ. 

އެމްސީޖީއެޗް އޮޕްޓިކަލްސްގެ ޚިދުމަތަކީ، އާސަންދައިގެ ދަށުން ހިލޭ އައިނު ހެއްދުމުގެ ފުރުޞަތު ފަހިކޮށްދެއްވުމަށް ސަރުކާރުން ޤާއިމްކުރި އައިނު ފިހާރައެކެވެ.

އައިނު ފިހާރައިން މިވަގުތު ޚިދުމަތް ފޯރުކޮށްދެމުންދަނީ އާސަންދައިގެ ދަށުން، ކޮންމެ 2 އަހަރަކުން ދޫކުރާ 2000 ރުފިޔާގެ ސްކީމްގެ ތެރެއިންނެވެ. އެހެންކަމުން ވޭތުވެދިޔަ 2 އަހަރު އާސަންދައިން އައިނު ހެއްދުމުގެ ޚިދުމަތް ހޯދާފައި ނެތް މީހުންނަށް، މިހާރު އައިޖީއެމް ހޮސްޕިޓަލްގައި ޤާއިމުކޮށްފައިވާ އައިނު ފިހާރައިން އައިނު ހެއްދޭނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޣައްޒާ ހަނގުރާމަ ހުއްޓުވުމަށް އިސްލާމީ ޤައުމުތައް ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައިފިޚަބަރު | 11 ދުވަސް ކުރިންސަރުކާރުން އައިނުގެ ޚިދުމަތް ދެނީ ވިޔަފާރި އުސޫލަކުން ނޫން: ވަޒީރު ނާޒިމްޚަބަރު | 14 ދުވަސް ކުރިންބ.އަތޮޅު ހޮސްޕިޓަލުގެ އައު ޢިމާރާތާއެކު އަތޮޅުގެ ސިއްޙީ ނިޒާމަށް ބޮޑު ބަދަލުތަކެއް އަންނާނެ: ނާޒިމްޚަބަރު | 2 މަސް ކުރިންނަފްސާނީ ބަލީގެ ފަރުވާ މުޅިރާއްޖެއަށް ލިބޭ ގޮތް ހެދުމަށް ދަނީ މަސައްކަތްކުރަމުން : ވަޒީރު ނާޒިމްޚަބަރު | 3 މަސް ކުރިން