މި މަހުގެ ތެރޭގައި ފުވައްމުލަކުން މަސްގަތުމުގެ އިންތިޒާމު ހަމަޖެހިގެންދާނެކަމުގެ ޔަގީންކަން މިފްކޯއިންދީފި
13 އޯގަސްޓު 2025 - 12:24

މިހިނގާ އޮގަސްޓް މަހުގެ ތެރޭގައި މިފްކޯއިން ފުވައްމުލައް ސިޓީއިން މަސްގަންނަން ފަށާނޭ ކަމަށް އެކުންފުނިން ބުނެފިއެވެ.
މިފްކޯގެ ފަރާތުން މި ޔަގީންކަންދެއްވީ މިހަފްތާގެ ތެރޭގައި މިފްކޯގެ ސީ.އީ.އޯ ރިޓަޔަރޑް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝަހީރު ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅުގައި ފުވައްމުލައް ސިޓީ ކައުންސިލާއި އެކު ބޭއްވި ބައްދަލުވުމުގައެވެ.

Ad by Hajj Corporation
މިފްކޯއިން ބުނީ ހިނގާ އޮގަސްޓް މަހުގެ ތެރޭގައި މިފްކޯއިން ފުވައްމުލައް ސިޓީއިން މަސްގަންނަން ފަށާނޭ ކަމަށާއި އޭގެ ފަހުން ދާއިމީކޮށް ފުވައްމުލަކުން މަސްގަތުމުގެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށެވެ.
މީގެ އިތުރުން، ފުވައްމުލަކުގެ އެއްގަމުގައި ހަދަން ފަށާފައިވާ މަސްޕްރޮސެސް ކުރާ މަރުކަޒު މިއަހަރުތެރޭގައި އޮޕަރޭޝަނަލައިޒްކޮށް، ފުވައްމުލަކު ރައްޔިތުންނަށް، ޕްރޮސެސްކޮށްފައިހުރި މަސްގަންނަން ލިބޭނޭ އިންތިޒާމު ހަމަޖައްސާނެކަމުގައިވެސް މިފްކޯއިން ވަނީ ބުނެފައެވެ.
މިފްކޯގެ ސެންޓަރުތަކުގެ ޙާލަތު ރަނގަޅު ކުރުމާއެކު ޕްރޮސެސިންގެ ކެޕޭސިޓީ އިތުރުކުރުމަށް، ކުރެވެމުންދާ މަސައްކަތްތަކުގެ އަދާހަމަ ހިއްސާކުރަމުން މިފްކޯއިން މީގެ ކުރިންބުނީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށް މިފްކޯގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ގޮންޖެހުންތަކެއް ހުރި ނަމަވެސް، މިފްކޯއިން ދަނީ މެދުކެނޑުމެއްނެތި، ހީވާގިކަމާއެކު މަސައްކަތް ކުރަމުންކަމަށެވެ. މިގޮތުން ދިގު މުއްދަތަކަށް ފަސްކުރެވިފައިވާ އަސާސީ މަރާމާތުތަކާއި ބެލެހެއްޓުމުގެ މަސައްކަތްތަކަށް ތައްޔާރުވުމާއެކު، މިފްކޯގެ އުފެއްދުންތެރިކަން އިތުރުކުރުމަށް، ގިނަގުނަ މަސައްކަތްތަކެއް ކުރުމަށް މިހާރު ވަނީ ފަށާފައިކަމަށް މިފްކޯއިން މައުލޫމާތުދެއެވެ.
މަސް ގަތުމާއި ރައްކާކުރުމުގެ ޤާބިލުކަން އިތުރުކުރުމުގެ މަސައްކަތްތައް ކުރިއަށްދާއިރު، ގަންނަ މަހަށް ރާއްޖޭގައި ވެލިޔު އެޑްކުރުމުގެ ޤާބިލުކަން ކުރިއެރުވުމަކީ ދައުލަތާއި، މިފްކޯގެ އެންމެ މުހިންމު އެއް އަމާޒެވެ.