logo
Bank of Maldives

Bank of Maldives

ޚަބަރު

ގުޅިގެން މަސައްކަތްކުރުމަށް އެމް.ޕީ.އެލްއާއި މިފްކޯއިން އެއްބަސްވުމެއްގައި ސޮއިކޮށްފި

އާމިނަތު ޝަފާ
13 އޯގަސްޓު 2025 - 12:38
ގުޅިގެން މަސައްކަތްކުރުމަށް އެމް.ޕީ.އެލްއާއި މިފްކޯއިން އެއްބަސްވުމެއްގައި ސޮއިކޮށްފި

ދިގު މުއްދަތުގެ ސްޓެރެޓީޖިކް ޕާޓްނަޝިިޕެއް ޤާއިމުކުރުމުގެ މަޤްސަދުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) އާއި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

އެމް.ޕީ.އެލް ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެމް.ޕީ.އެލްގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ، ޑީ.ސީ.ޕީ (ރިޓަޔަރޑް) މުޙައްމަދު ރިޝްވާނެވެ. އަދި މިފްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެެގްޒެކެޓިވް އޮފިސަރ، ބްރިގޭޑިއާ ޖެނެރަލް (ރިޓަޔަރޑް) ފަރުހަތު ޝަހީރެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމްޕީއެލްއިން ބުނީ މި ފަހުމުނާމާގެ މައިގަނޑު މަޤްސަދަކީ ދެ ކުންފުނިން ގުޅިގެން ކުރެވިދާނެ ފައިދާހުރި ވިޔަފާރީގެ ދާއިރާތައް ދެނެގަނެ، ވިޔަފާރި ކުރިއެރުވުމަށް މަސައްކަތްކުރުންކަމަށެވެ.

މީގެ އިތުރުން، މި ފަހުމުނާގެ ދަށުން ދެ ކުންފުންޏަށް ފައިދާހުރި ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމަށާއި، ދެ ކުންފުނީގެ ވިޔަފާރި ކުރިއެރުވުމަށް ދެ ފަރާތުން ގުޅިގެން މަސައްކަތްކުުރުމަށާއި، މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމަށްޓަކައި މުވައްޒަފުން ތަމްރީނު ކުރުމުގައި ދެ ކުންފުނިން އެއްބާރުލުން ދިނުމަށްވެސް އެއްބަސްވެފައިވާކަމަށް އެމްޕީއެލްއިން މައުލޫމާތުދެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުނަދޫ އައިސް ޕްލާންޓަކީ އުތުރުގެ މަސްވެރިންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައެއް: މިފްކޯޚަބަރު | 14 ދުވަސް ކުރިންފުނަދޫގައި ޤާއިމްކުރި މިފްކޯގެ އައިސްޕްލާންޓް ހުޅުވައިފިޚަބަރު | 15 ދުވަސް ކުރިންސިނގިރޭޓު ވަގަށް ނެގި މައްސަލައާ ގުޅިގެން ހައްޔަރުކުރި މުޢާޒު މިފްކޯއިން ސަސްޕެންޑްކޮށްފި ޚަބަރު | 15 ދުވަސް ކުރިންމިދިޔަ ހަފްތާގައި މިފްކޯއަށް މަސް ކިރުވި 155 ދޯންޏަކަށް 6.4 މިލިޔަން ރުފިޔާ ދޫކޮށްފިޚަބަރު | މަހެއް ކުރިން