logo
Bank of Maldives

Bank of Maldives

ޚަބަރު

މިފްކޯއިން މިދިޔަ ހަފްތާގައި މަސްވެރިންނަށް 7 މިލިއަން ރުފިޔާ ދޫކުރި

ޝަހްޒާ މުހައްމަދު
16 އޯގަސްޓު 2025 - 12:50
މަސްވެރިންތަކެއް މަސްކިރުވުމަށް ތައްޔާރުވަނީ -- ފޮޓޯ: މިހާރު
މަސްވެރިންތަކެއް މަސްކިރުވުމަށް ތައްޔާރުވަނީ -- ފޮޓޯ: މިހާރު

މި ހިނގާ އޮގަސްޓު 7 އާއި 16 އާއި ދެމެދު މިފްކޯއިން ކިރުވި މަހަށް ޖުމްލަ 7.6 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް އެ ކުންފުނީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

24 ގަޑިއިރުގެ ތެރޭގައި މަސްވެރިން ކިރުވާ މަހަށް ފައިސާ ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މި ވައުދުފުޅު ފުއްދަވައި، މަސްވެރިން ބާނާ މަހަށް 24 ގަޑިއިރުގެ ތެރޭގައި ފައިސާ ދޭން ފަށާފައިވަނީ މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހުން ފެށިގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން މި މަހުގެ 7 ވަނަ ދުވަހުން 16 ވަނަ ދުވަހާ ހަމައަށް މިފްކޯއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުން، މި މުއްދަތުގައި ޖުމްލަ 188 އުޅަނދަކުން މަސް ބޭނި އިރު، މަހުގެ ޖުމްލަ އަގަކީ 7.16 މިލިއަން ރުފިޔާއެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުން އެންމެ ގިނަ އަދަދެއްގެ މަސްވެރި އުޅަނދު މަސްކިރުވާފައިވަނީ 14 އޯގަސްޓު 2025 ގައެވެ. އެދުވަހު 35 އުޅަނދަކުން މަސް ބޭނި އިރު، މަހުގެ އަގަށް ވަނީ 1.53 މިލިއަން ރުފިޔާ ދޫކޮށްފައެވެ. މި މުއްދަތުގައި އެންމެ މަދު އަދަދެއްގެ އުޅަނދު މަސްބާނާފައިވަނީ 9 އޯގަސްޓު ގައި ކަމަށްވާއިރު، އެއީ 18 އުޅަނދެވެ.

8 އޯގަސްޓު އަދި 15 އޯގަސްޓު 2025 ގެ މަސްވެރިކަމުގެ ތަފާސްހިސާބުތައް ލިބެން ނެތީ، ލަފާކުރެވޭގޮތުގައި އެދުވަސްތަކުގައި މަސްކިރުވާފައިނުވާތިއެވެ.

މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، މަސްވެރިންގެ ދަފްތަރު އެކުލަވާލައި، އެފަރާތްތަކަށް އާމްދަނީއަށް ބިނާކޮށް ލޯނު ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އަދި މި ސިނާޢަތަށް ދިމާވެފައިވާ މައްސަލަތަކަށް ސަރުކާރުގެ ފުރަތަމަ 3 އަހަރުގެ ތެރޭގައި ހައްލު ހޯދައިދިނުމަށް މަސްވެރިކަމުގެ ވަސީލަތްތައް ތަރައްޤީކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް ސަރުކާރުން ބުނެފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކިއުގައި ނުޖެހި މަސްކިރުމަށް، ހާއްސަ އެޕްލިކޭޝަންއެއް ތައާރަފްކޮށްފިޚަބަރު | 6 ގަޑިއިރު ކުރިންކަންނެލި މަސް ފެކްޓަރީގެ މަސައްކަތް ހަ މަސްތެރޭ ނިމޭނެ : ވަޒީރު ޝިޔާމްޚަބަރު | 2 ދުވަސް ކުރިންމެރިކަލްޗަރ ވިޔަފާރި ކުރުމަށް ބޭނުންވާ ފަރާތްތަކަށް މޫދުކޮށި ގަތުމަށް ފައިނޭންސް ފޯރުކޮށްދިނުމަށް ހުޅުވާލައިފިޚަބަރު | 4 ދުވަސް ކުރިން 48ގަޑިއިރުން ފައިސާ ދައްކަން ފެށިތާ އަހަރެއްވީިއިރު މަސްވެރިންނަށް ޖަމާކުރި ފައިސާގެ އަދަދު ބިލިއަނަކާ ގާތަށް ޚަބަރު | 4 ދުވަސް ކުރިން