ޓްރެފިކަށް ލުޔެއްދިނުމަށް މެދުޒިޔާރަތް މަގު ހުޅުވާލަން މަޝްވަރާކުރަނީ
13 އޯގަސްޓު 2025 - 15:57

ގިނަ ސުކޫލުތަކާއި ސަލްޓަންޕާކު ހުންނަ ސަރަހައްދުގެ ޓްރެފިކަށް ލުޔެއް ހޯދައިދިނުމަށްޓަކައި މެދު ޒިޔާރަތް މަގު ހުޅުވާލުމަށް މާލޭ ސިޓީ ކައުންސިލުން މަޝްވަރާކުރަން ފަށައިފިއެވެ.
މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ޓްރެފިކުގެ މައްސަލައެވެ.
.png&w=750&q=75)
Ad by Hajj Corporation
މާލޭގެ ޓްރެފިކް ބޮޑު ސަރަހައްދުތަކަށް ލުޔެއް ހޯދުމުގެ މަޤްސަދުގައި ކުރިއަށްގެންދާ މި މަސައްކަތްތަކުގެ ތެރެއިން، އިސްލާމީ މަރުކަޒާއި ސަލްޓަންޕާކާ ދެމެދު އޮތް މަގު ވެހިކަލްތަކަށް ހުޅުވާލުމުން، ޗާންދަނީ މަގަށާއި ލިލީ މަގަށާއި އަމީރު އަހުމަދު މަގަށް ވެސް ލުއިތަކެއް އަންނާނެ ކަމަށް ބުދަ ދުވަހު އޮތް މާލެ ސިޓީ ކައުންސިލުގެ 4 ވަނަ ދައުރުގެ 207 ވަނަ ޖަލްސާގައި ކައުންސިލް މެމްބަރުންވަނީ ފާހަގަކޮށްފައެވެ.
މި ސަރަހައްދަކީ، މާލޭގެ އެންމެ ކާރުބާރު ބޮޑު އެއް ސަރަހައްދު ކަމުން، މި މަގު ހުޅުވާލުމަކީ ޓްރެފިކް ތޮއްޖެހުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ބޮޑު ހައްލެއް ގެނެސްދޭނެ ކަމެއް ކަމަށް އާންމުން ވެސް ދެކެއެވެ.
ނިމިދިޔަ ޖުލައި މަހު، ކައުންސިލުން ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކުވަނީ މި ކަމަށް އެދިފައެވެ.
މާލޭގެ މަގުތަކުގެ ޓްރެފިކް މައްސަލައަކީ، ދުވަހުން ދުވަހަށް ގޯސްވަމުންދާ މައްސަލައެކެވެ. މި މަގު ހުޅުވާލުމުން މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ މި ދަތިކަމަށް ކޮންމެ ވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެކަމަށް މާލޭގެ ގިނަ ރައްޔިތުން ދެކެއެވެ.
މެދުޒިޔާރަތް މަގުގެ މާބުލް ޖަހާފައިވާ ސަަރަހައްދަކީ ކުޑަކުދިންނާ އެކު އާއިލާތަކުން ހިތްހަމަޖައްސާލުމަށްޓަކައި ގޮސް އުޅޭ ސަރަހައްދަކަށްވާއިރު މަގު ހުޅުވާލާނެ ގޮތުގެ އިތުރު ތަފްސީލެއް ކައުންސިލުން ހާމަކޮށްފައެެއް ނުވެއެވެ.

-01.jpg&w=3840&q=75)
