ހޮސްޕިޓަލް އަދި ސްކޫލް ހިމެނޭ ސަރަހައްދުތަކުގެ ޓްރެފިކް ބެލެހެއްޓުން ވަރުގަދަ ކޮށްފި
14 އޮކްޓޯބަރު 2026 - 11:00

އެއްގަމު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ގާނޫނު ތަންފީޒުކުރުން ވަރުގަދަކުރުމުގެ ގޮތުން ގަވައިދާ ހިލާފުވާ ފަރާތްތަކާމެދު ޑިޖިޓަލް އަދި އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށްގެން ފިޔަވަޅު އަޅަން ފެށުމަށް އިކޮނޮމިކް މިނިސްޓްރީން ނިންމައިފި އެވެ.
އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ 93 ވަނަ މާއްދާގެ ދަށުން ގެންނަ މި ބަދަލާއެކު، 14 އޮކްޓުބަރުން ފެށިގެން 7 ދުވަސް ފަހުން ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ތަންފީޒީ އިދާރާތަކުން ޒިންމާތައް އަދާކުރަން ފަށާނެއެވެ.
.png&w=750&q=75)
Ad by Hajj Corporation
މި ނިޒާމުގެ ތެރެއިން ގަވައިދާ ހިލާފުވެގެން ފިޔަވަޅު އަޅާ ފަރާތްތަކަށް އެކަމުގެ މައުލޫމާތު ފުލުހުން އެސްއެމްއެސްއާއި އީމެއިލް މެދުވެރިކޮށް ފޮނުވާނެއެވެ. އެހެންކަމުން، އެ ފިޔަވަޅުތަކުގެ މައުލޫމާތު ސީދާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، މިހާރު ބޭނުންކުރަމުންދާ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ސިމްސް ޕޯޓަލް މެދުވެރިކޮށް އަޕްޑޭޓް ކުރުމަށް ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
މާލެއާއި ހުޅުމާލޭގައި ގަވައިދާ ހިލާފަށް ޕާކުކުރާ އުޅަނދުތައް ބަލައި ފިޔަވަޅު އެޅުމުގައި ފުރަތަމަ މަރުހަލާގައި ހޮސްޕިޓަލުތަކާއި، ސްކޫލުތައް ހުންނަ ސަރަހައްދުތަކާއި، ކަފިހި ހުރަސްތަކުގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ސްލޮޓުތަކަށް ހާއްސަ ސަމާލުކަމެއް ދޭނެއެވެ. އެގޮތުން މާލޭގެ މަޖީދީމަގު، އަމީނީ މަގު، ސޯސަން މަގު، އަދި ބޮޑުތަކުރުފާނު މަގުގެ އިތުރުން، ހުޅުމާލެ ފޭސް 1 ގެ ބޯށިމާ ހިނގުން، ސައިމާ ހިނގުން، ނިރޮޅު މަގު، ހަނދުވަރީ ހިނގުން، ހިތިގަސް މަގު، ބަގީޗާ ހިނގުން، ރީތިގަސް މަގު އަދި ފޭސް 2 ގެ ގުލްއަލާމާ ހިނގުން، ނިރޮޅު މަގު، ބެރެބެދިމާ ހިނގުން އަދި ހިތިގަސް މަގުގައި މި ނިޒާމު ތަންފީޒުކުރަން ވަނީ ހަމަޖެހިފައެވެ.

-01.jpg&w=3840&q=75)
