ކޮންމައްސަލައެއް ކަން ނުބުނެ، ޖަލުގައި ހިނގި މަރުގެ މައްސަލައެއް ބަލަމުން ދާ ކަމަށް އިންޓެގްރިޓީ ކޮމިޝަނުން ބުނެފި.
24 ސެޕްޓެމްބަރު 2024 - 13:16

މާފުށީ ޖަލުގައި ބަންދުގައި ހުރި މީހަކު ދަންޖެހި ނިޔާވި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށް އިންޓަރގްރިޓީ ކޮމިޝަންގެ ޓީމެއް ހަރަކާތެރިވާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ. އެހެން ނަމަވެސް އެއީ ސީދާ ކޮން މައްސަލައެއް ކަމެއް އެ ކޮމިޝަނުން ހާމަކޮށްފައެއް ނުވެއެވެ. ކޮމިޝަނުން ހަރަކާތްތެރިވާ ކަމަށް އެކްސްގައި ކޮށްފައިވާ ޕޯސްޓާ ގުޅިގެން މި ނޫހުން އެކޮމިޝަންގެ މީޑީއާ އޮފިސަރަށް ގުޅުމުން، ވަރަށް ރުންކުރުކޮށް، މަޢުލޫމާތު ދެވޭނީ އީމެއިލް މެދުވެރިކޮށް ކަމަށް ބުނެފައިވެއެވެ.
މާފުށީ ޖަލުގައި ކައިރި ކައިރީގައި މަރުގެ ދެ ހާދިސާއެއް ވަނީ ހިނގާފައެވެ. އެގޮތުން މިއަދު ހިނގި ހާދިސާގައި އަމިއްލަ އަށް މަރުވެފައިވަނީ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ކުށް ސާބިތުވެ، ޖަލަށް ހުކުމް ކޮށްފައި ހުރި 62 އަހަރުގެ މީހެކެވެ.

Ad by Hajj Corporation
މީގެ އިތުރުން އަންހެނަކު ރަހީނުކޮށްގެން ގެންދަން އުޅުނު މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 32 އަހަރުގެ ފިރިހެނަކު ވަނީ މިދިޔަ މަހުގެ ދެވަނަ ދުވަހު އަމިއްލައަށް ދަންޖެހިގެން މަރުވެފައެވެ.
މިކަމުގެ މައުލޫމާތު ސާފުކުރަން މެންދުރު ޓީމް ގެ ފަރާތުން ގުޅުުމުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މީޑިއާ އޮފިސަރު ވަނީ މީޑިއާ ތަކުން ގުޅަނީ ކީއްކުރަންތޯ ސުވާލުކޮށްފައެވެ؟
އެހެން ކަމުން އިންޓެގްރިޓީ ކޮމިޝަނުން ތަހުގީގު ކުރަނީ ސީދާ ކޮން މައްސަލައެއްކަމަށް މިހާތަނަށް މައުލޫމާތުލިބިފައެއް ނުވެއެވެ. އަދި އެ ކޮމިޝަނުން އެކްސްގައި ކުރި ޕޯސްޓުގައި ވެސް ވަކި މައްސަލައެއް ފާހަގަކޮށްފައެއް ނުވެއެވެ.


