logo
Bank of Maldives

Bank of Maldives

ދުނިޔެ

އިސްރާޢީލާ ދެކޮޅަށް މުޅި ދުނިޔެ ތެދުވުމަށް ހަމާސް އިން ގޮވާލައިފި

އަޙްމަދު ޒަލީފް
14 އޯގަސްޓު 2025 - 10:32
އިސްރާޢީލާ ދެކޮޅަށް މުޅި ދުނިޔެ ތެދުވުމަށް ހަމާސް އިން ގޮވާލައިފި

ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ދެކޮޅަށް މުޅި ދުނިޔޭގައި މުޒާހަރާ ކުރުމަށް ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދު ކުރަމުން އަންނަ ހަމާސް ޖަމާއަތުން ގޮވާލައިފިއެވެ.

ހަމާސް އިން ބުނީ، ނަސްލު ނައްތާލުމާއި ބަނޑުހައިހޫނުކަމުގެ ޖަރީމާތައް ފަޅާއަރުވަން ޒަޔަނިސްޓުންނާއި އެމެރިކާގެ އެމްބަސީތަކުގެ ކުރިމަތީގައި ބާއްވާ ހިނގާލުންތަކުގައި ބައިވެރިވުމަށް ވެސް ގޮވާލާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ބަޔާނުގައި ހުރިހާ ޔޫނިއަންގެ ޕްރެޝަރުތައް އިސްރާއީލަށް ކުރިމަތިކޮށް، ޣައްޒާއަށް ބޭހާއި ފެނާއި ކާބޯތަކެތި ވެއްދުމުގެ ހުއްދަ ދިނުމަށް އިސްރާއީލަށް ބާރުއެޅުމަށް ވަނީ ގޮވާލާފައެވެ.

އެކަމަށް ގޮވާލައި ހަމާސް އިން ނެރުނު ބަޔާނެއްގައި ބުނީ، ދުނިޔޭގެ މިނިވަން ރައްޔިތުންނަށް ޣައްޒާގައި ހިންގަމުންދާ އުދުވާނީ އަމަލުތަކާއި، ނަސްލު ނައްތާލުމާއި، ބަނޑުހައިހޫނުކަމާ ދެކޮޅަށް ހަރަކާތްތައް ހިންގުމަށެވެ.

އަންނަ ހުކުރު، ހޮނިހިރު އަދި އާދިއްތަ ދުވަސް މިކަމަށް ހާއްސަކޮށްގެން، މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމާސް އިން ވަނީ އެ ބަޔާނުގައި ބުނެފައެވެ.

ފަލަސްޠީނުގެ ޣައްޒާގައި ހައިހޫނުގައި ޖައްސާފައިވާ އެތަކެއް ސަތޭކަ ހާސް ބަޔަކަށް ފޯރުކޮށްދިނުމަށް އެ ސަހަރަށް އެތެރެ ކުރުމަށް މަސައްކަތް ކުރި ގިނަ އަދަދެއްގެ ކާބޯތަކެއްޗާއި އެހީގެ ސާމާނު އެތެރެ ކުރުމަށް ޔަހޫދީ ސިފައިން ހުރަސް އަޅާފައިވާ ކަން އެހީދޭ ޖަމުޢިއްޔާތަކާއި އެކުވެރި ދައުލަތްތައް (އދ)ގެ އޮފިޝަލުން ވަނީ ހާމަކޮށްފައެވެ. ޣައްޒާގައި ދިރިއުޅޭ 2.2 މިލިޔަނެއްހާ ރައްޔިތުން ހައިހޫނުގައި ޖެއްސުމަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާގެ ދަށުން، ކާބޯތަކެއްޗާއި އެހީގެ ސާމާނު އެ ސަހަރަށް އެތެރެ ކުރުމަށް ޔަހޫދީ ސިފައިން ދަނީ ހުރަސް އަޅަމުންނެވެ.

އދއާއި އެހީދޭ ޖަމުޢިއްޔާތަކުގެ އޮފިޝަލުން ބުނީ، އޮގަސްޓު 10ވަނަ ދުވަހު ވެސް ޣައްޒާއަށް އެތެރެ ކުރުމަށް މަސައްކަތް ކުރި ގިނަ އަދަދެއްގެ ކާބޯތަކެއްޗަށް ޔަހޫދީ ސިފައިން ހުރަސް އަޅާފައިވާ ކަމުގައެވެ. އަދި، އެ ތަކެތި އަނބުރާ މިޞްރަށް ފޮނުވައިލާފައިވާ ކަމުގައެވެ. އޮފިޝަލުން ބުނީ، ޣައްޒާގައި ނިކަމެތި ކޮށްލާފައިވާ މީހުންނަށް ބޭރު ޤައުމުތަކާއި އެހީދޭ ޖަމުޢިއްޔާތަކުން ފޮނުވާފައިވާ ގިނަ އަދަދެއްގެ ކާބޯތަކެތި، އެ ސަހަރުގެ ސަރަޙައްދީ ހުރަސްތައް ކައިރީގައި މަގުތަކުގެ މަތީގައި ފުނިޖެހި، ހަލާކުވަމުންދާ ކަމުގައެވެ.

އެންމެ ފަހުން ޣައްޒާއަށް އެތެރެ ކުރުމަށް ޔަހޫދީ ފައުޖުން ހުރަސް އަޅާފައި ވަނީ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔުއެޗްއޯ)ން ފޯރުކޮށްދީފައިވާ ކާބޯތަކެއްޗާއި ބޭހާއި ބޭސްފަރުވާއަށް ބޭނުންވާ ސާާމާނެވެ. އެ ތަކެތި، މިޞްރާއި ޣައްޒާ ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި ތާށިކޮށްލާފައިވާ ކަމުގައި މަޞްދަރުތަކުން ބުނެއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަލަސްތީނުގައި ދައުލަތެއް އުފެއްދުމުގެ ގަރާރު ބޮޑު އަޣުލަބިއްޔަތަކުން ފާސްކޮށްފި ޚަބަރު | 5 ދުވަސް ކުރިންޙަމާސް ނުހިމެނޭ ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކުރުމަށް ވޯޓަށް އަހަން ތައްޔާރުވަނީދުނިޔެ | 6 ދުވަސް ކުރިންޔަހޫދީން ގަތަރުގެ ވެރިރަށް ދޯހާއަށް ހަމަލާދީފި ދުނިޔެ | 8 ދުވަސް ކުރިންފަލަސްތީނުގެ 14 މީހަކު މިނިވަންކޮށްފި ދުނިޔެ | 9 ދުވަސް ކުރިން