logo
Bank of Maldives

Bank of Maldives

ދުނިޔެ

ނަމަކަށް ހަމަލާތައް ހުއްޓާލިފަހުންވެސް ފަލަސްތީންގެ 375 މީހުން ޝަހީދުކޮށްލައިފި

ޒިދާން މުޙައްމަދު
3 ޑިސެމްބަރު 2025 - 14:02
ނަމަކަށް ހަމަލާތައް ހުއްޓާލިފަހުންވެސް ފަލަސްތީންގެ 375 މީހުން ޝަހީދުކޮށްލައިފި

އިސްރާއީލުގެ ޒަޔަނިސްޓުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް ނަމަކަށް ވެފައިވާ ސުލްހައިގެ އެއްބަސްވުމުގެ ދަށުން "ހުއްޓާލިފަހުންވެސް" ފަލަސްތީންގެ 375 މީހުން ޝަހީދުކޮށްލަފިއެވެ.

ފަލަސްތީނުގެ ޣައްޒާގެ ވެރިކަންކުރާ މުޖާހިދުންގެ ޖަމާއަތެއްކަމަށްވާ ހަމާސްއާއި އިސްރާއީލުގެ ޣައިރު ޤާނޫނީ ދައުލަތާ ދެމެދު ހަމަލާތައް ހުއްޓާލުމަށް އެއްބަސްވުމެއް ހަދާފައިވާތާ ފުރަތަމަ 50 ދުވަސް ފާއިތުވީއިރު އިސްރާއީލުން އަންނަނީ އެއްބަސްވުމާ ޚިލާފު އެތައް ކަމެއް ކުރަމުންނެވެ. މިގޮތުން ހިންގި ޖަރީމާތަކުގައި 375 މީހުން ޝަހީދުކޮށް، އެތައް އިމާރާތެއް ބިމާ ހަމަކޮށް، އެތައް ބަޔަކު މަގުމަތިކޮށް ހާލުގައި ޖައްސާފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ ހަމަލާތައް ނުހުއްޓޭ ކަމަށާއި މިއަދު އެކަނިވެސް ގިނަ އަދަދެއްގެ އާންމު ގެތަކަށް ހަމަލާދީ ސުންނާފަތިކޮށްލާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި، އިސްރާއީލުގެ ޓެރަރިސްޓުން ދަނީ ޣައްޒާގެ އިރުމަތީ ސަރަހައްދުތަކުގައި ހުރި ގެތައް ތަޅާލައި ހަލާކުކޮށްލަމުންނެވެ. މީގެ އިތުރުން ޣައްޒާގެ ބުރެއިޖް ރެފިއުޖީ ކޭމްޕުގެ އިރުމަތީ ފަރާތުގައި އިސްރާއީލުގެ ޓެރަރިސްޓުން ދިން ނިރުބަވެރި ބަޑީގެ ހަމަލާތަކެއްގައި ވަނީ މީހަކު ޝަހީދުވެފައެވެ.

ޣައްޒާގެ އިތުރުން، ހުޅަނގު އައްސޭރީގެ ވެރިރަށް ހެބްރޮންގައި އިސްރާއީލުގެ ޓެރަރިސްޓަކު ދިން ބަޑީގެ ހަމަލާއެއްގައި ކުޑަކުއްޖަކު ވަނީ ޝަހީދުވެފައެވެ. އިސްރާއީލު ޓެރަރިސްޓުން ވަނީ ހުޅަނގު އައްސޭރީގެ ހެބްރޮންގެ ތިން ހޮސްޕިޓަލެއްގެ ވަށައިގެންވާ ސަރަހައްދުތަކަށް ވެސް ވަދެ ހަމަލާދީފައެވެ.

2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން މިހާތަނަށް އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ 70،100 މީހުން ޝަހީދުވެ، 170،965 މީހުން ޒަޚަމްވެފައިވާ ކަމަށް ވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނަމަކަށް ހަމަލާތައް ހުއްޓާލިފަހުންވެސް ފަލަސްތީންގެ 375 މީހުން ޝަހީދުކޮށްލައިފިދުނިޔެ | ގަޑިއިރެއް ކުރިންޣައްޒާއިން ޝަހީދުކޮށްލި މީހުންގެ އަދަދު 70،000 އަށް، ޔަހޫދީންގެ އަނިޔާވެރިކަން އަދިވެސް ކުރިއަށް ދުނިޔެ | 3 ދުވަސް ކުރިންހުޅަނގު އައްސޭރި އިސްރާއީލުގެ މުށުތެރެއަށް ލާން ފާސްކޮށްފި ޚަބަރު | މަހެއް ކުރިންފަލަސްތީނުގައި ދައުލަތެއް އުފެއްދުމުގެ ގަރާރު ބޮޑު އަޣުލަބިއްޔަތަކުން ފާސްކޮށްފި ޚަބަރު | 3 މަސް ކުރިން