logo
Bank of Maldives

Bank of Maldives

ދުނިޔެ

މުސްލިމުންނަށް ޣައްދާރުވެ، ފަލަސްޠީނު ދިފާއުކޮށްދޭ ހަމާސް ނައްތާލަން ވައުދުވި އަބޫ ޝަބާބް މަރާލައިފި

އިސްމާޢިލް ރާތިޢު
5 ޑިސެމްބަރު 2025 - 04:19
މުސްލިމުންނަށް ޣައްދާރުވެ، ފަލަސްޠީނު ދިފާއުކޮށްދޭ ހަމާސް ނައްތާލަން ވައުދުވި އަބޫ ޝަބާބް މަރާލައިފި

ޔަހޫދީންގެ ވާތްގާއެކު ޣައްޒާގައި ހަމާސްއާ ދެކޮޅަށް ހަރަކާތްތެރިވަމުންދާ ޖަމާއަތެއްގެ ލީޑަރެއްކަމަށްވާ، ޔާސިރު އަބޫ ޝަބާބް މަރާލާފައިވާކަން އެމީހުންގެ މަސްދަރުތަކަކުން ކަށަވަރުކޮށްދީފިއެވެ.

ޣައްޒާގެ ދެކުނުގެ އަވަށެއް ކަމަށްވާ ރަފަޙްގައި ހަރަކާތްތެރިވާ "ޕޮޕިއުލަރ ފޯސަސް" ގެ ލީޑަރު މަރާލާފައިވަނީ އާންމު ސަރަހައްދެއްގައި އާއިލާއެއްގެ މެދުގައި ހިނގަމުންދިޔަ ހަމަނުޖެހުމެއް ހަމައަކަށް އަޅުވަން މަސައްކަތްކުރުމުގެ ތެރޭގައި ކަމަށް އެ ޖަމާއަތުން ބުނެފައިވެއެވެ. ނަމަވެސް އޭގެ ކުރިން ޔަހޫދީންގެ މަސްދަރަކުން ބުނެފައިވާގޮތުން އަބޫ ޝަބާބު މަރުވެފައިވަނީ "ޕޮޕިއުލަރ ފޯސަސް" ގެ އެތެރޭގައި ހިނގައިދިޔަ ހަމަނުޖެހުމެއްގެ ތެރޭގައެވެ. އޭނާ އަށް ހަމަލާދިނުމާއެކު، ޔަހޫދީން ވަނީ އޭނާ ހޮސްޕިޓަލަކަށް ގެންގޮސްފައެވެ. ނަމަވެސް އޭގެ މާ ގިނައިރުތަކެއް ނުވެ އޭނާ ވަނީ މަރުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަބޫ ޝަބާބް އަކީ ޔަހޫދީންގެ ވާތްގާއެކު ޣައްޒާގައި ހަރަކާތްތެރިވާ އެންމެ ބޮޑު ޖަމާޢަތުގެ ވެރިޔާއެވެ. އޭނާ މަރުވުން ވެގެންދާނީ ކުރިއަށް އޮތްތަނުގައި ޣައްޒާގައި ހިންގަން ޔަހޫދީން ރާވާފައި ހުރި ގަތުލުއާންމުތައް މަޑުޖައްސާލަންޖެހޭނެ ކަމަކަށެވެ. މީގެ އިތުރުން، ޔަހޫދީން ވަނީ ޣައްޒާގައި ޔަހޫދީން އިތުރަށް ވަޒަންވެރިކުރުމަށްޓަކައި އަބޫ ޝަބާބުގެ "ޕޮޕިއުލަރ ފޯސަސް" ގެ އެހީތެރިކަމާއެކު ޣައްޒާގައި ހަފުސްކޮށްލާފައިވާ އިމާރާތްތައް އަލުން ބިނާކުރުމުގެ މަސައްކަތްކުރުމަށްވެސް ރާވާފައެވެ. މިކަމަކީ ހަމާސްއާ އެކު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ބައެއްގެ ގޮތުން ކުރިއަށް ގެންދަން ރާވާފައި އޮތް ކަމެކެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ހަމާސްއިން މީގެ ކުރިން ވަނީ އަބޫ ޝަބާބް އަކީ ފަލަސްޠީނަށް ޣައްދާރުވެފައިހުރި މީހެއް ކަމަށް ބުނެފައެވެ. މީގެ އިތުރުން ހަމާސްއިން މީގެ ކުރިން ވަނީ އަބޫ ޝަބާބްގެ އިތުރުން ޔަހޫދީންނާ އެއްވެގެން މަސައްކަތްކުރަމުންދާ އެންމެނާ ދުރުވި ހުރިހާ އެންމެންނަށް ތައުރީފުކޮށްފައެވެ. ނަމަވެސް އަދި މިހާތަނަށް އޭނާގެ މަރުގެ ޒިންމާ ހަމާސްއިން ނަގާފައެއް ނުވެއެވެ.

ނަމަވެސް އެމީހުން މީގެ ކުރިން ވަނީ ހަމާސްއިން ކޮންޓްރޯލްކުރާ ސަރަހައްދުތަކަށް، ބޮޑު ފައުޖުތަކަކާއެކު ވަދެގަންނާނެ ކަމަށް ބުނުމަށްފަހު އަނބުރާ ޔަހޫދީންގެ ހިމާޔަތުގެ ދަށަށް ވަދެ ފިލާފައެވެ.

 

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މުސްލިމުންނަށް ޣައްދާރުވެ، ފަލަސްޠީނު ދިފާއުކޮށްދޭ ހަމާސް ނައްތާލަން ވައުދުވި އަބޫ ޝަބާބް މަރާލައިފިދުނިޔެ | 2 ގަޑިއިރު ކުރިންޙަމާސް ނުހިމެނޭ ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކުރުމަށް ވޯޓަށް އަހަން ތައްޔާރުވަނީދުނިޔެ | 3 މަސް ކުރިންއިސްރާޢީލާ ދެކޮޅަށް މުޅި ދުނިޔެ ތެދުވުމަށް ހަމާސް އިން ގޮވާލައިފި ދުނިޔެ | 4 މަސް ކުރިންހުޅަނގުގެ ތިން ބާރަކުން ޔަހޫދީންނާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ބުނެފިދުނިޔެ | 7 މަސް ކުރިން