ޙަމާސް ނުހިމެނޭ ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކުރުމަށް ވޯޓަށް އަހަން ތައްޔާރުވަނީ
12 ސެޕްޓެމްބަރު 2025 - 07:07

ޔަހޫދީންގެ އިސްތިއުމާރާ ދެކޮޅަށް ޖިހާދުކުރާ ހަމާސްގެ މުޖާހިދުންގެ ބައިވެރިވުންނެތް ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުން ބަލައިގަތުމާ ގުޅޭ "ނިއު ޔޯކް ޑެކްލަރޭޝަން"އަށް އދ. ގެ އާއްމު މަޖިލީހުގައި ވޯޓަށް އެހުމަށް ތައްޔާރުވެއްޖެއެވެ.
2025 ވަނަ އަހަރުގެ ޖުލައި 28 އިން 30 އަށް، ސަޢޫދީ ޢަރަބިއްޔާ އާއި ފަރަންސޭސިވިލާތުގެ ރިޔާސަތުގައި، އ.ދ ގައި ކުރިއަށްގެންދިޔަ "ހައި-ލެވެލް އިންޓަރނޭޝަނަލް ކޮންފަރަންސް ފޯ ދަ ޕީސްފުލް ސެޓްލްމަންޓް އޮފް ދަ ކުއެސްޝަން އޮފް ޕަލަސްތީން އެންޑް ދި އިންޕްލިމެންޓޭޝަން އޮފް ދަ ޓޫ- ސްޓޭޓް ސޮލިއުޝަން" ގެ ނަތީޖާ ކަރުދާސް ކަމުގައިވާ، ސުލްޙަވެރިގޮތުގައި ފަލަސްޠީނުގެ މައްސަލަ ޙައްލުކުރުމާއި ދެ ދައުލަތުގެ ޙައްލު ތަންފީޒުކުރުމާ ގުޅޭ ޤަރާރު "ނިއުޔޯކް ޑެކްލެރޭޝަން" ގަރާރުގައި ހަމާސްގެ ހަމަލާގައި އިޒްރޭލުން އަސީރުކޮށްފައިވާ އެންމެން މިނިވަންކުރުމަށް ގޮވާލާފައިވެ އެވެ. އަދި ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނެސް، އިސްރާއީލާއި ފަލަސްތީނުގެ މައްސަލައަށް އިންސާފުވެރި ހައްލެއް ގެނައުމަށް މަސައްކަތްކުރުމަށް ވަނީ ގޮވާލާފައެވެ.

Ad by Hajj Corporation
އަދި މި ގަރާރުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރުމަހުގެ 7 ވަނަ ދުވަހު ހަމާސްއިން ދިން ހަމަލާތައް ކުށްވެރިކުރުމުގެ އިތުރުން ފަލަސްތީނުގެ ދައުލަތެއްގެ ލީޑަޝިޕްގައި ހަމާސްގެ ބައިވެރިވުން ނޯންނާނެކަމަށް ބުނެފައިވެއެވެ.
ޔަހޫދީންގެ އިސްތިއުމާރާ ދެކޮޅަށް ޖިހާދުކުރާ ހަމާސްގެ މުޖާހިދުންގެ ބައިވެރިވުންނެތް ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުން ބަލައިގަތުމާ ގުޅޭ "ނިއު ޔޯކް ޑެކްލަރޭޝަން"އަށް އދ. ގެ އާއްމު މަޖިލީހުގައި ވޯޓަށް އެހުމަށް ތައްޔާރުވަމުންދާއިރު ޔަހޫދީންގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ފަލަސްތީނުގައި މިނިވަން ދައުލަތެއް ގާއިމުވިޔަ ނުދޭނެކަމަށް ބުނެ ހަރުކަށިކަމާ އެކު ވާހަކަ ދައްކައިފައެވެ.