logo
Bank of Maldives

Bank of Maldives

ޚަބަރު

ޕީއެންސީގެ ލީޑާޝިޕުން މަކުނުދޫ ދާއިރާއަށް

އާމިނަތު ޝަފާ
14 އޯގަސްޓު 2025 - 15:54
ޕީއެންސީގެ ލީޑާޝިޕުން މަކުނުދޫ ދާއިރާއަށް

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމަށް ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުން ރަށްރަށަށް ދަތުރުފުޅު ފައްޓަވައިފިއެވެ.

ސިލްސިލާގޮތެެއްގައި ކުރިއަށްދާ މި ދަތުރުތަކުގެ ތެރެއިން މިރޭ ޕާޓީގެ ޑެޕިއުޓީ ޕީޖީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު މުޙައްމަދު އިސްމާއީލާއި ކޮލަމާފުށި ދާއިރާގެ މެމްބަރު އިބްރާހިމް ދީދީގެ އިތުރުން ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ ނަބީލް ޒަމީލް ވަނީ މަކުނުދޫ ދާއިރާ އަށް ވަޑައިގެންފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޕީއެންސީން ބުނީ އެ ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުން ރަށްރަށް ކުރައްވާ މި ދަތުރުތަކުގައި އެ ރަށްރަށުގައި ތިބި ޕާޓީގެ ސްޓިއަރިންގް ކޮމިޓީ އާއި މެމްބަރުންނާ ބައްދަލުކުރައްވާނެ ކަމަށެވެ.

އެ ރަށްރަށުގައި ޕާޓީގެ ހަރަކާތްތައް އިންތިޒާމްކުރުމާއި ޕާޓީގެ އާންމު މެންބަރުންގެ ބައިވެރިވުން އިތުރުކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށް ވެސް ޕީއެންސީން ބުންޏެވެ.

ލޯކަލް ކައުންސިލު އިންތިހާބު ބާއްވަނީ އަންނަ އަހަރުގެ މާޗު މަހު އެވެ.

ލޯކަލް ކައުންސިލް އިންތިހާބަށް ޕީއެންސީން އެ ޕާޓީގެ ހަރަކާތްތައް ވަރުގަދަކުރަން ފެށިއިރު، އެ ޕާޓީގެ ލީޑާޝިޕްގެ ބައެއް ބޭފުޅުން ކުރިން ވިދާޅުވެފައި ވަނީ އެ އިންތިހާބުގައި ވެސް އެ ޕާޓީން ބޮޑު ކާމިޔާބީއެއް ހޯދާނެ ކަމަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޑީޕީން ވަނީ އެއްބަސްވުމާ ޚިލާފުވެ، ފުލުހުންގެ ވާޖިބަށް ހުރަސް އަޅާފަ: ޕީއެންސީޚަބަރު | 18 ދުވަސް ކުރިންޕީއެންސީގެ ފޯރިގަދަ ހަރުގެ ޖަލްސާ މިރޭޚަބަރު | 20 ދުވަސް ކުރިންފެނަކައިގެ އޮޑިޓުން ފާހަގަވި ކަންކަމުގެ ތަހުގީގު އަވަސްކުރަން ގޮވާލައި މަޖިލީހަށް ގަރާރެއް ހުށަހަޅައިފިޚަބަރު | 20 ދުވަސް ކުރިންޕީއެންސީގެ ފިސާރި ފޯރިގަދަ ޖަލްސާއެއް ބުދަދުވަހުގެ ރޭ ބާއްވަނީ ޚަބަރު | 23 ދުވަސް ކުރިން