ޕީއެންސީގެ ފިސާރި ފޯރިގަދަ ޖަލްސާއެއް ބުދަދުވަހުގެ ރޭ ބާއްވަނީ
28 ސެޕްޓެމްބަރު 2025 - 11:57

ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް- ޕީއެންސީގެ ފިސާރި ފޯރިގަދަ ހަރުގެ ޖަލްސާއެއް އަންނަ ބުދަ ދުވަހުގެ ރޭ އޮންނާނެކަމަށް އެ ޕާޓީން ބުނެފިއެވެ.
މިޖަލްސާ ބާއްވަން ނިންމާފައި ވަނީ މިރޭ 20:30 ގައި އެ ޕާޓީގެ މައި ހަރުގެ، ކޮންގްރެސް ހައުސް (ހ.ވެޔޮވިލާ) ގައެވެ.

Ad by Hajj Corporation
ޖަލްސާގައި ބައިވެރިވެވަޑައިގެން ދެއްވުން އެދި ޕާޓީގެ މެންބަރުންނާއި ސަޕޯޓަރުން އަދި ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ޕާޓީންވަނީ ދަޢުވަތު އަރުވާފައެވެ.
ސަރުކާރު ހިންގާ ޕީއެންސީއަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ އެކްޓިވް ސިޔާސީ ޕާޓީއެވެ.
އިލެކްޝެކްޝަންސް ކޮމިޝަނުން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ޕީއެންސީ އަކީ މިހާރު ދިވެހިރާއްޖޭގައި އެންމެ ގިނަ މެންބަރުން ތިބި ސިޔާސީ ޕާޓީވެސްމެއެވެ. މިއީ ޤައުމުގެ ސިޔާސީ މަޝްރަޙަށް އައިސްފައިވާ ފާހަގަކޮށްލެވޭ ބަދަލެކެވެ.
ސިޔާސީ ޕާޓީގެ ޤާނޫނުގެ ދަށުން، އިލެކްޝަންސް ކޮމިޝަނުން ކޮންމެ ހަ މަހަކުން އެއްފަހަރު ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ އަދަދު ކަށަވަރުކޮށް އާންމުކުރަމުން ގެންދެއެވެ. އެންމެ ފަހުން އާންމުކުރެވުނު ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޕީއެންސީގެ މެންބަރުންގެ އަދަދު 68,665 އަށް ވަނީ އަރާފައެވެ.