logo
Bank of Maldives

Bank of Maldives

ޚަބަރު

ޕީއެންސީގެ ފޯރިގަދަ ހަރުގެ ޖަލްސާ މިރޭ

އާމިނަތު ޝަފާ
1 އޮކްޓޯބަރު 2025 - 12:27
ރައީސް މުއިއްޒު ހިމެނިވަޑައިގަންނަވާހެން ޕީއެންސީގެ އިސްވެރިން
ރައީސް މުއިއްޒު ހިމެނިވަޑައިގަންނަވާހެން ޕީއެންސީގެ އިސްވެރިން

ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް- ޕީއެންސީގެ ފިސާރި ފޯރިގަދަ ހަރުގެ ޖަލްސާއެއް މިރޭ އޮންނާނެކަމަށް އެ ޕާޓީން ބުނެފިއެވެ.

މިޖަލްސާ ބާއްވަން ނިންމާފައި ވަނީ މިރޭ 20:30 ގައި އެ ޕާޓީގެ މައި ހަރުގެ، ކޮންގްރެސް ހައުސް (ހ.ވެޔޮވިލާ) ގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޖަލްސާގައި ބައިވެރިވެވަޑައިގެން ދެއްވުން އެދި ޕާޓީގެ މެންބަރުންނާއި ސަޕޯޓަރުން އަދި ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ޕާޓީންވަނީ ދަޢުވަތު އަރުވާފައެވެ.

ސަރުކާރު ހިންގާ ޕީއެންސީއަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ އެކްޓިވް ސިޔާސީ ޕާޓީއެވެ.

އިލެކްޝެކްޝަންސް ކޮމިޝަނުން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ޕީއެންސީ އަކީ މިހާރު ދިވެހިރާއްޖޭގައި އެންމެ ގިނަ މެންބަރުން ތިބި ސިޔާސީ ޕާޓީވެސްމެއެވެ. މިއީ ޤައުމުގެ ސިޔާސީ މަޝްރަޙަށް އައިސްފައިވާ ފާހަގަކޮށްލެވޭ ބަދަލެކެވެ.

ސިޔާސީ ޕާޓީގެ ޤާނޫނުގެ ދަށުން، އިލެކްޝަންސް ކޮމިޝަނުން ކޮންމެ ހަ މަހަކުން އެއްފަހަރު ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ އަދަދު ކަށަވަރުކޮށް އާންމުކުރަމުން ގެންދެއެވެ. އެންމެ ފަހުން އާންމުކުރެވުނު ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޕީއެންސީގެ މެންބަރުންގެ އަދަދު 68,665 އަށް ވަނީ އަރާފައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޑީޕީން ވަނީ އެއްބަސްވުމާ ޚިލާފުވެ، ފުލުހުންގެ ވާޖިބަށް ހުރަސް އަޅާފަ: ޕީއެންސީޚަބަރު | 18 ދުވަސް ކުރިންޕީއެންސީގެ ފޯރިގަދަ ހަރުގެ ޖަލްސާ މިރޭޚަބަރު | 20 ދުވަސް ކުރިންފެނަކައިގެ އޮޑިޓުން ފާހަގަވި ކަންކަމުގެ ތަހުގީގު އަވަސްކުރަން ގޮވާލައި މަޖިލީހަށް ގަރާރެއް ހުށަހަޅައިފިޚަބަރު | 21 ދުވަސް ކުރިންޕީއެންސީގެ ފިސާރި ފޯރިގަދަ ޖަލްސާއެއް ބުދަދުވަހުގެ ރޭ ބާއްވަނީ ޚަބަރު | 24 ދުވަސް ކުރިން