logo
Bank of Maldives

Bank of Maldives

ކުޅިވަރު

ގައުމީ އެތުލެޓިކްސް މުބާރާތުގެ 10000 މީޓަރުގެ ދުވުމުން ރަން މެޑަލް އިރުފާން އަށް

އަބްދުﷲ ޣާނިމް
15 އޯގަސްޓު 2025 - 05:46
މުޙައްމަދު އިރުފާން | ފޮޓޯ : ޕީއެސްއެމް
މުޙައްމަދު އިރުފާން | ފޮޓޯ : ޕީއެސްއެމް

34 ވަނަ ގައުމީ އެތުލެޓިކްސް މުބާރާތުގެ ފިރިހެނުންގެ 10000 މީޓަރު ދުވުމުގެ ރަން މެޑަލް މެރެތަން ރަނަރސް މޯލްޑިވްސްގެ މުޙައްމަދު އިރުފާން ހޯދައިފިއެވެ. އިރުފާން މި ރޭސް ނިންމާފައިވަނީ 35 މިނިޓާއި 10.30 ސިކުންތުންނެވެ.

މި ރޭހުގެ ރިހި މެޑަލް ހޯދި ދިވެހި ސިފައިންގެ ކުލަބުގެ މުޙައްމަދު ރަޝީދު ރޭސް ނިންމާފައިވަނީ 36 މިނިޓާއި 41.16 ސިކުންތުންނެވެ. އަދި ލޯ މެޑަލް ހޯދި މެރެތަން ރަނަރސް މޯލްޑިވްސް ޔޫސުފް އިބްރާހިމް ރޭސް ނިންމާފައިވަނީ 37 މިނިޓާއި 40.07 ސިކުންތުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

2021 ވަނަ އަހަރު ދުވުމުގެ ދާއިރާއަށް ނުކުތް މުޙައްމަދު އިރުފާނަކީ މިވަގުތު ރާއްޖޭގައި އެންމެ އަވަހަށް ކުރިއަރަމުން އަންނަ ދުވުންތެރިންގެ ތެރެއިން އެކެކެވެ. އޭނާ ވަނީ ރާއްޖޭގައި ފަހަކަށް އައިސް ބޭއްވޭ ގިނަ ދިގު ދުވުންތަކުން ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައެވެ.

އެގޮތުން ނިމިދިޔަ ދިރާގު ރޯޑް ރޭސްގެ 10 ކިލޯމީޓަރުގެ ބައިން އިރުފާން ވަނީ ދެވަނަ ހޯދާފައެވެ. އަދި މިދިޔަ އަހަރުގެ ހުޅުމާލެ ރަން ގައި 5 ކިލޯމީޓަރުގެ ބައި 16 މިނެޓާއި 15 ސިކުންތުން ނިންމައި، އެއްވަނަ ހޯދުމުގެ އިތުރުން މިއަހަރު ފުވައްމުލަކުގައި ބޭއްވި ދިރާގު ފުވައްމުލައް ރަން ގެ 10000 މީޓަރު ދުވުމުންވެސް އެއްވަނަ ހޯދާފައިވެއެވެ.

495243662_18494160856054057_2062397630349882348_n.jpg

ދިރާގު ފުވަައްމުލައް ރަން 10000 ރޭހުގައި އިރުފާން ރަން މެޑްަލް ހޯދަނީ

އިރުފާންގެ މި ކާމިޔާބީއާއެކު ރާއްޖޭގެ ދުވުމުގެ މައިދާނުގައި އޭނާގެ ހުނަރުވެރިކަން އިތުރަށް ސާބިތުކޮށްދީފައިވާއިރު، ކުރިއަށް އޮތް ތަނުގައިވެސް އިތުރު ކާމިޔާބީތަކެއް ހޯދާނެކަމަށް އުއްމީދު ކުރެވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފިރިހެނެއްކަން އެނގުމާއެކު، ދުނިޔޭގެ އެންމެ ވަރުގަދަ އަންހެނާގެ މަގާމު ހޯދި އެތުލީޓްގެ މެޑަލް އަތުލައިފިކުޅިވަރު | ދުވަހެއް ކުރިންގައުމީ އެތުލެޓިކްސް މުބާރާތުގައި އިރުފާން ދެވަނަ ގޯލްޑް މެޑަލް ކާމިޔާބުކޮށްފިކުޅިވަރު | 3 މަސް ކުރިންގައުމީ އެތުލެޓިކްސް މުބާރާތުގެ 10000 މީޓަރުގެ ދުވުމުން ރަން މެޑަލް އިރުފާން އަށްކުޅިވަރު | 3 މަސް ކުރިންރެކޯޑް ޢަދަދެއްގެ މީހުންނާއެކު މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރާ ދުވަސް ތިނަދޫސިޓީގައި ފާހަގަކޮށްފިކުޅިވަރު | 5 މަސް ކުރިން