logo
Bank of Maldives

Bank of Maldives

ކުޅިވަރު

ފިރިހެނެއްކަން އެނގުމާއެކު، ދުނިޔޭގެ އެންމެ ވަރުގަދަ އަންހެނާގެ މަގާމު ހޯދި އެތުލީޓްގެ މެޑަލް އަތުލައިފި

އަބްދުﷲ ޣާނިމް
27 ނޮވެމްބަރު 2025 - 03:30
ފިރިހެނެއްކަން އެނގުމާއެކު، ދުނިޔޭގެ އެންމެ ވަރުގަދަ އަންހެނާގެ މަގާމު ހޯދި އެތުލީޓްގެ މެޑަލް އަތުލައިފި

ދުނިޔޭގެ އެންމެ ވަރުގަދަ އަންހެނާގެ މުބާރާތުގެ ނަތީޖާތަކާއި ގުޅިގެން ސުވާލުއުފެދި، އެންމެ ފަހުން އެންމެ ވަރުގަދަ މީހާގެ ޓައިޓަލް އަތުލައިފިއެވެ. މުބާރާތުން އެއްވަނަ ހޯދި އެތުލީޓް، ޖޭމީ ބުކާ، އަކީ އަންހެނެއްގެ ގޮތުގައި އަމިއްލަ ނަފްސު ދެކުނަސް، އޭނާއަކީ 'ބަޔޮލޮޖިކަލީ ފިރިހެނެއް' ކަމަށް އޮފިޝަލުން ހާމަކުރުމާއެކު އޭނާގެ މަގާމު ވަނީ ނިގުޅައިގެންފައެވެ.

އެމެރިކާއަށް ނިސްބަތްވާ ޖޭމީ ބުކާ ޑިސްކޮލިފައި ކުރީ ޓެކްސަސްގެ އަރްލިންގްޓަންގައި މިދިޔަ ހަފްތާ ބަންދުގައި ބޭއްވި ސްޓްރޯންގްމޭން ގޭމްސް ވޯލްޑް ޗެމްޕިއަންޝިޕް 2025 ގައި އަންހެނުންގެ ބައިން އެއްވަނަ ހޯދިތާ މަދު ދުވަސްކޮޅެއް ފަހުންނެވެ. މި ނަތީޖާއަށްފަހު، އެއްވަނަ މިހާރު ވަނީ އިނގިރޭސިވިލާތުގެ އެންޑްރިއާ ތޮމްޕްސަންއަށް ދީފައެވެ. އަދި ދެވަނަ މަގާމު އޮސްޓްރޭލިއާގެ އަލީރާ-ޖޯއީ ކައުލީއަށް ލިބިފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މުބާރާތް އިންތިޒާމުކުރި ފަރާތް، އޮފިޝަލް ސްޓްރޯންގްމޭން އިން އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، "އަންހެނެއްގެ ގޮތުގައި އަމިއްލަ ނަފްސު ދެކޭ، އެކަމަކު ބަޔޮލޮޖިކަލީ ފިރިހެނެއް ކަމަށްވާ އެތުލީޓެއް އަންހެނުންގެ އޯޕަން ކެޓަގަރީގައި ބައިވެރިވެފައިވާ ކަމަށް މިހާރު ވަނީ ފާހަގަ ކުރެވިފައެވެ." މިކަން މުބާރާތުގެ ކުރިން އޮފިޝަލުންނަށް އެނގިފައި ނުވާކަމަށާއި، މިހާރު މިކަމާ ގުޅިގެން އަވަސް ތަހުގީގެއް ފަށާފައިވާ ކަމަށްވެސް އެ ޕޯސްޓުގައިވެއެވެ.

އޮފިޝަލުން ބުނެފައިވާ ގޮތުގައި، ބުކާއަކީ ފިރިހެނެއްކަން އެނގުނު ނަމަ، އޭނާއަށް މުބާރާތުގައި ބައިވެރިވުމުގެ ހުއްދައެއް ނުދޭނެއެވެ. އޮފިޝަލުންގެ ސިޔާސަތު ވަރަށް ސާފުކަމަށް ބުނެފައިވެއެވެ: "މުބާރާތްތަކުގައި އެތުލީޓުންނަށް ބައިވެރިވެވޭނީ އެމީހުން ދުނިޔެއަށް އުފަންވިއިރު ރެކޯޑުކުރެވިފައިވާ ބަޔޮލޮޖިކަލް ޖިންސުގެ ކެޓަގަރީގައި އެކަންޏެވެ."

އޮފިޝަލް ސްޓްރޯންގްމޭން އިން ބުނި ގޮތުގައި އެ ފަރާތަކީ އެތުލީޓުންގެ އަމިއްލަ ސިފަތަކަށް ބަލާފައި ތަފާތު ނުކުރާ، ހުރިހާ އެތުލީޓުންނަށްވެސް މަރުހަބާ ކިޔާ ފަރާތެކެވެ. ނަމަވެސް، މުބާރާތުގެ އިންސާފުކަން ކަށަވަރުކުރުމަކީ އެމީހުންގެ ޒިންމާއެކެވެ. އެގޮތުން، އެތުލީޓުން ފިރިހެން ނުވަތަ އަންހެން ކެޓަގަރީއަށް ބަހާލެވޭނީ އުފަންވިއިރު ރެކޯޑުކުރެވިފައިވާ ޖިންސަށް ބަލާފައި ކަމަށް އެފަރާތުން ބުނެއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފިރިހެނެއްކަން އެނގުމާއެކު، ދުނިޔޭގެ އެންމެ ވަރުގަދަ އަންހެނާގެ މަގާމު ހޯދި އެތުލީޓްގެ މެޑަލް އަތުލައިފިކުޅިވަރު | ދުވަހެއް ކުރިންގައުމީ އެތުލެޓިކްސް މުބާރާތުގެ 10000 މީޓަރުގެ ދުވުމުން ރަން މެޑަލް އިރުފާން އަށްކުޅިވަރު | 3 މަސް ކުރިންކުޅުދުއްފުށި ސިޓީގައި އިންޓަރ ސްކޫލް އެތުލެޓިކްސް މީޓް ކާމިޔާބުކާމާއެކު ނިންމާލައިފިކުޅިވަރު | 5 މަސް ކުރިންއިބާދުﷲ އާއި ޒިވާ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިގައި ރަނގަޅު ޕާފޯމެންސް އެއް ދައްކައިފިކުޅިވަރު | 6 މަސް ކުރިން