logo
Bank of Maldives

Bank of Maldives

ކުޅިވަރު

އިބާދުﷲ އާއި ޒިވާ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިގައި ރަނގަޅު ޕާފޯމެންސް އެއް ދައްކައިފި

އަބްދުﷲ ޣާނިމް
28 މޭ 2025 - 07:07
 އިބާދުﷲ އާދަމް އާއި ޒިވާ މޫސާ ޝަފީއު - ފޮޓޯ: އެތުލެޓިކްސް އެސޯސިއޭޝަން
އިބާދުﷲ އާދަމް އާއި ޒިވާ މޫސާ ޝަފީއު - ފޮޓޯ: އެތުލެޓިކްސް އެސޯސިއޭޝަން

ކޮރެއާގެ ޖޫމީގައި ކުރިއަށްދާ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕް 2025 ގައި ރާއްޖޭން ވާދަކުރާ އިބާދުﷲ އާދަމް އާއި ޒިވާ މުސާ ރަނގަޅު ޕާފޯމެންސެއް ދައްކައިފިއެވެ.

މި މަހުގެ 27 އިން 31 ގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގެ ފިރިހެނުންގެ 100 މީޓަރުގެ ފުރަތަމަ ބުރުގެ ހީޓް އެކެއްގައި ވާދަކުރި އިބާދުﷲ ވަނީ 10.78 ސިކުންތުން ރޭސް ނިންމައި، ހަވަނަ ހޯދާފައެވެ. މިއީ އޭނާ މިއަހަރު ހޯދި އެންމެ ރަނގަޅު ވަގުތެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަންހެނުންގެ 100 މީޓަރު ދުވުމުގެ ފުރަތަމަ ބުރުގެ ތިންވަނަ ހީޓުގައި ވާދަކުރި ޒިވާ ވަނީ 12.40 ސިކުންތުން ރޭސް ނިންމައި، އޭނާގެ އަމިއްލަ ރިކޯޑް އައުކޮށްފައެވެ. މި ހީޓުން ޒިވާއަށް ލިބުނީ ހަތްވަނައެވެ.

މި ދެ އެތުލީޓުންނަކީ "އަރުތަ" ސްކޮލަޝިޕްގެ ދަށުން ޖަމައިކާގައި ތަމްރީނު ހަދަމުންދާ ދެ އެތުލީޓުންނެވެ. އަދި ސީނިއާ އެތުލެޓިކްސް ޓީމުގެ ސްޕްރިންޓް ކޯޗު، ހުސެއިން ހަލީމްގެ އިރުޝާދުގެ ދަށުން މި ދެ އެތުލީޓުން ވެސް ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައިވެއެވެ.

އިންޑިއާގެ ރާންޗީގައި ބޭއްވުމަށް ރޭވިފައިވާ ސައުތު އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕް، އިންޑިއާ އާއި ޕާކިސްތާންގެ ހަމަނުޖެހުންތަކާ ގުޅިގެން ފަސްކުރުމާ ހަމައަށް، މި ދެ އެތުލީޓުން ވެސް އެ މުބާރާތުގައި ވާދަކުރުމަށް ތައްޔާރުވަމުން ދިޔައެވެ. މުބާރާތް ފަސްކުރުމާ ގުޅިގެން މި ދެ އެތުލީޓުންގެ ތަމްރީނުތައް ކުރިއަށް ގެންގޮސްފައިވަނީ ރާއްޖޭގައެވެ.

އިބާދުﷲ އަކީ މިދިޔަ އަހަރު ބޭއްވުނު ޕެރިސް އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރި އެތުލީޓެވެ. އަދި ޒިވާ ވަނީ 2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އާއި އެ އަހަރު ޗައިނާގައި ބޭއްވި އޭޝިއަން ގޭމްސްގައި ރާއްޖެ ތަމްސީލުކޮށްފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފިރިހެނެއްކަން އެނގުމާއެކު، ދުނިޔޭގެ އެންމެ ވަރުގަދަ އަންހެނާގެ މަގާމު ހޯދި އެތުލީޓްގެ މެޑަލް އަތުލައިފިކުޅިވަރު | ދުވަހެއް ކުރިންގައުމީ އެތުލެޓިކްސް މުބާރާތުގެ 10000 މީޓަރުގެ ދުވުމުން ރަން މެޑަލް އިރުފާން އަށްކުޅިވަރު | 3 މަސް ކުރިންކުޅުދުއްފުށި ސިޓީގައި އިންޓަރ ސްކޫލް އެތުލެޓިކްސް މީޓް ކާމިޔާބުކާމާއެކު ނިންމާލައިފިކުޅިވަރު | 5 މަސް ކުރިންއިބާދުﷲ އާއި ޒިވާ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިގައި ރަނގަޅު ޕާފޯމެންސް އެއް ދައްކައިފިކުޅިވަރު | 6 މަސް ކުރިން