logo
Bank of Maldives

Bank of Maldives

ކުޅިވަރު

ރެކޯޑް ޢަދަދެއްގެ މީހުންނާއެކު މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރާ ދުވަސް ތިނަދޫސިޓީގައި ފާހަގަކޮށްފި

އަބްދުﷲ ޣާނިމް
27 ޖޫން 2025 - 04:30
މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރާ ދުވަހާއި ގުޅިގެން ތިނަދޫގައި ބޭއްވި އިވެންޓުގެ ތެރެއިން
މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރާ ދުވަހާއި ގުޅިގެން ތިނަދޫގައި ބޭއްވި އިވެންޓުގެ ތެރެއިން

ބައިނަލްއަޤްވާމީ ގޮތުން މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރާ ދުވަސް ކަމުގައިވާ 26 ޖޫން 2025 ގައި ތިނަދޫސިޓީގައި "ޢާއިލީ ދުވުމުގެ" ނަމުގައި ޚާއްޞަ އިވެންޓެއް ބާއްވައިފިއެވެ. މި އިވެންޓުގައި 900 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާކަން ފާހަގަކުރެވެއެވެ.

މި އިވެންޓުގެ މައިގަނޑު މަޤްޞަދަކީ މުޖުތަމަޢު އެއްކޮށް ނުކުމެ ފާޅުގައި މަސްތުވާތަކެއްޗަށް "ނޫނެކޭ" ބުނުމާއި، މަސްތުން ސާފު މުޖުތަމަޢެއް ބިނާކުރުމަށް މަސައްކަތްކުރުމުގެ ރޫޙު އާލާކުރުން ކަމަށް އިންތިޒާމުކުރި ފަރާތުން ހާމަކޮށްފައިވެއެވެ. މިއީ "ގިރިންދާ" ޖަމްޢިއްޔާއިން ވޭތުވެދިޔަ 2 އަހަރު ވަންދެން ހުވަދު އަތޮޅުގައި ތަޖުރިބާކޮށް، ރަނގަޅު ނަތީޖާ ފެންނަމުންދާ މަސައްކަތު މޮޑެލެއްކަން ފާހަގަކުރެވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

4 ކިލޯމީޓަރުގެ މި ދުވުން އިންތިޒާމުކޮށްފައިވަނީ "ގިރިންދާ" ޖަމްޢިއްޔާގެ އިސްނެގުމުގެ މަތިން ރައުހަތު ސްޕޯޓްސްއާއި، ހުވަދު އަތޮޅުގެ ދިވެހި ފުލުހުންނާއި، ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ ގުޅިގެންނެވެ. މި އިވެންޓުގައި ތުއްތު ކުދިންނާއި، އެކުދިންގެ މައިންބަފައިންނާއި، އެކި މުއައްސަސާތަކުގެ މުވައްޒަފުންގެ އިތުރުން ހުވަދު އަތޮޅުގެ ފުލުހުންނާއި ވެރިން، އަދި ބައެއް ރަށްރަށުގެ ކައުންސިލް މެންބަރުން ބައިވެރިވެފައިވެއެވެ.

މި އިވެންޓަށް ހަވަރު ސްޕޯޓްސް އަދި ނޯވާޓެކްގެ މައި ސްޕޮންސަރޝިޕްގެ އިތުރުން، ތިނަދޫސިޓީއާއި މުޅި ހުވަދުއަތޮޅުގެ ކެޔޮޅުންނާއި، ފުލުހުންނާއި، އާންމު ރައްޔިތުންގެ މާލީ އެހީތެރިކަން ވަރަށް ބޮޑަށް ލިބިފައިވެއެވެ. މީގެއިތުރުން ތިނަދޫސިޓީގެ ޑިޓޮކްސް ސެންޓަރާއި، އެހެނިހެން ވިޔަފާރިތަކާއި މުއައްސަސާތަކުގެ އެހީތެރިކަންވެސް ފާހަގަކޮށްލެވެއެވެ.

މި އިވެންޓު ރަސްމީކޮށް މީޑިއާ ނުކުރި ނަމަވެސް، ސޯޝަލް މީޑިއާގައި މި އިވެންޓަށް ވަރަށް ބޮޑު މަޤްބޫލުކަމަކާއި ތަޢުރީފް ލިބިފައިވާކަން ފާހަގަކުރެވެއެވެ. މިފަދަ އިވެންޓުތަކަކީ މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކޮށް، މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ހަރަކާތްތަކެއް ކަމުގައި ބެލެވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގައުމީ އެތުލެޓިކްސް މުބާރާތުގައި އިރުފާން ދެވަނަ ގޯލްޑް މެޑަލް ކާމިޔާބުކޮށްފިކުޅިވަރު | 3 މަސް ކުރިންގައުމީ އެތުލެޓިކްސް މުބާރާތުގެ 10000 މީޓަރުގެ ދުވުމުން ރަން މެޑަލް އިރުފާން އަށްކުޅިވަރު | 3 މަސް ކުރިންރެކޯޑް ޢަދަދެއްގެ މީހުންނާއެކު މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރާ ދުވަސް ތިނަދޫސިޓީގައި ފާހަގަކޮށްފިކުޅިވަރު | 5 މަސް ކުރިންއޭޝިއާ މެރަތަން މުބާރާތުގައި ރާއްޖޭން ވާދަކުރަނީ ކުރިއަރަމުން އަންނަ ދުވުންތެރިޔާ އިރުފާންކުޅިވަރު | 9 މަސް ކުރިން