logo
ކުޅިވަރު

އޭޝިއާ މެރަތަން މުބާރާތުގައި ރާއްޖޭން ވާދަކުރަނީ ކުރިއަރަމުން އަންނަ ދުވުންތެރިޔާ އިރުފާން

އަބްދުﷲ ޣާނިމް
2 މާރިޗު 2025 - 07:33
ރާއްޖޭގެ އަރަމުން އަންނަ ދުވުންތެރިޔާ އިރުފާނު.
ރާއްޖޭގެ އަރަމުން އަންނަ ދުވުންތެރިޔާ އިރުފާނު.

މިމަހު 30 ގައި ޗައިނާގެ ޖިއާޒިން ކުރިޔަށްގެންދާ އޭޝިއާ މެރަތަންގައި ރާއްޖޭގެ ފަރާތުން ތަމްސީލުކުރާނެ އެތްލީޓަކަށް މުޙައްމަދު އިރުފާން ހޮވިއްޖެއެވެ.
2021 ވަނަ އަހަރު ދުވުމުގެ ތެރެއަށް ވަތް މުޙައްމަދު އިރުފާނަކީ މިވަގުތުގައި ރާއްޖޭގައި އަރަމުން އަންނަ ދުވުންތެރިއެކެވެ. އެގޮތުން ރާއްޖޭގައި މިފަހަކަށް އައިސް ބާއްވާ ދިގު ދުވުންތަކުގައި އިރުފާން އަންނަނީ ކުރިއެރުން ހޯދަމުންނެވެ. އަދި ނިމިދިޔަ ދިރާގު ރޯޑް ރޭސްގައި 10 ކިލޯމީޓަރު ބައިން އިރުފާނު ވަނީ ދެވަނަ ހޯދާފައެވެ. މީގެ އިތުރުން މިދިޔަ އަހަރުގެ ހުޅުމާލެ ރަން ގައި 5 ކިލޯމީޓަރުގެ ބައި 16 މިނެޓާއި 15 ސިކުންތުން ނިންމައި، އެއްވަނަ ހޯދާފައިވެއެވެ.

475877261_1308952777000944_4609899472493922442_n.jpg

ހައިދަރުއާބާދު މެރަތަންގައި އިރުފާނު ދުވަނީ

Hajj Corpooration

 


އިރުފާން އެންމެ ފުރަތަމަ އިންޓަރ ނޭޝަނަލް މެރަތަން އެއްގައި ބައިވެރިވެފައިވަނީ 2022 ވަނަ އަހަރުގައި ތުރުކީގެ އަންތާލިޔާގައި ބޭއްވި ފުލް މެރަތަންގައެވެ. އެފަހަރު އިރުފާނު ވަނީ 2 ގަޑި އިރާއި 51 މިނެޓު ތެރޭގައި ރޭސް ނިންމާފައެވެ. އަދި އޭގެފަހުން އޮސްޓްރޭލިއާގެ ގޯލްޑް ކޯސްޓް ހާފް މެރަތަން 1 ގަޑި އިރާއި 13 މިނެޓުން ނިންމާފައެވެ.

482537862_1169929278185272_5652791613798145677_n.jpg

ގޯލްޑް ކޯސްޓް މެރަތަންގައި އިރުފާން ދުވަނީ.


އޭޝިއަން ގޭމްސްގައި އިރުފާނު ދުވަން ހަމަޖެހިފައިވަނީ ފުލް މެރަތަންގައެވެ. އެގޮތުން މުބާރާތުން ހާސިލް ކުރަން ބޭނުންވަނީ ރަނގަޅު ޓައިމިން އަކަށް ރޭސް ނިންމައި، ކުރިޔަށް އޮތް އެހެނިހެން މުބާރާތްތަކަށް ތައްޔާރުވުންކަމުގައި މިނޫހަށް މަޢުލޫމާތުދެމުން އިރުފާން ބުނެފައިވެއެވެ.

Hajj Corpooration
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގައުމީ އެތުލެޓިކްސް މުބާރާތުގައި އިރުފާން ދެވަނަ ގޯލްޑް މެޑަލް ކާމިޔާބުކޮށްފިކުޅިވަރު | 14 ގަޑިއިރު ކުރިންގައުމީ އެތުލެޓިކްސް މުބާރާތުގެ 10000 މީޓަރުގެ ދުވުމުން ރަން މެޑަލް އިރުފާން އަށްކުޅިވަރު | 2 ދުވަސް ކުރިންރެކޯޑް ޢަދަދެއްގެ މީހުންނާއެކު މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރާ ދުވަސް ތިނަދޫސިޓީގައި ފާހަގަކޮށްފިކުޅިވަރު | 2 މަސް ކުރިންއޭޝިއާ މެރަތަން މުބާރާތުގައި ރާއްޖޭން ވާދަކުރަނީ ކުރިއަރަމުން އަންނަ ދުވުންތެރިޔާ އިރުފާންކުޅިވަރު | 6 މަސް ކުރިން