logo
ޚަބަރު

މިދިޔަ މަހު ޓެގު އަޅުވައި ދޫކޮށްލީ 2 މީހުން، އަހަރުގެ މިހާތަނަށް 10 މީހުންނަށް ލުއިދީފި

އާމިނަތު ޝަފާ
17 އޯގަސްޓު 2025 - 07:30
މިދިޔަ މަހު ޓެގު އަޅުވާވައި ދޫކޮށްލީ 2 މީހުން،  އަހަރުގެ މިހާތަނަށް 10 މީހުންނަށް ލުއިދީފި

ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ތެރެއިން އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރެއިން މިދިޔަ މަހު ލުއިދިން 2 މީހުންނާއެކު އަހަރުގެ މިހާތަނަށް 10 މީހަކަށް ލުއިދީފައިވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

ޕީޖީ އޮފީހުން މެންދުރާ ހިއްސާކުރި މައުލޫމާތުގައިވާގޮތުން ހުސްވި ޖުލައި މަހުގެ ތެރޭގައި ދެ މީހަކުވަނީ އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމުގެ ތެރެއިން ދޫކޮށްލާފައެވެ. މި މީހުންގެ ތެރޭގައި ހިމެނެނީ މަސްތުވާތަކެތީގެ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުންގެ ތެރެއިން މީހަކާއި މައްސަލައިގައި ސީދާ ބައިވެރިވެފައިނުވާ މީހެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން އަހަރުގެ މިހާތަނަށް 10 މީހަކުވަނީ އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމުގެ ތެރެއިން ލުއިދީފައިކަމަށް ޕީޖީ އޮފީހުން މައުލޫމާތުދެއެވެ.

އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރެއިން ލުއިދިން ގިނަ މީހުންނަކީ މަސްތުވާތަކެތީގެ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުންނެވެ.

މެންދުރަށް މައުލޫމާތު ދެމުން ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ ފުލުހުންގެ ފަރާތުން އެސެސްޓްމަންޓްތައް ލިބޭވަރަކުން ބެމުންދާވަރަކުން އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރެއިން ލުއިދެމުންދާކަމަށެވެ.

" ފޯމްތަކާއި މެދު ގޮތެއް ނިންމަނީ ފޯމު ލިބުމުން. ފޯމު ޕީޖީއަށް ލިބުމުން އެންމެ ފުރަތަމަ މި ހުށަހަޅަނީ ފުލުހަށް. އެއަށްފަހު ފުލުހުން އެސެޓްމަންޓު ހަދާ ނިންމައި ޕީޖީއަށް ހުށަހެޅީމައި ގޮތެއް މި ނިންމަނީ. އެސެސްޓްމަންޓްތައް ލިބޭވަރަކުން ގޮތް ނިންމަމުން މި ގެންދަނީ. ވަގުތުކޮޅެއް ނަގާފާނެ". ޝަފީއު ވިދާޅުވިއެވެ.

މި އެސެސްމަންޓުގައި، ބަންދަށް ލުއި ދެވޭ މީހުން މޮނިޓަރކުރުމަށް އެ އިދާރާތަކަށް ފެންނަ މިންވަރު ބަޔާންކުރާނެއެވެ.

އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ދެވޭނީ އިސްވެ ދެންނެވުނު އެސެސްމަންޓް އެ އޮފީހަށް ލިބުމުން، އޭގައިވާ ކަންކަމަށް ރިޢާޔަތްކޮށް ބަންދަށް ލުއި ދެވިދާނެކަމަށް ޕީޖީ އޮފީހަށް ފެންނަނަމަ، ބަންދު މުރާޖަޢާކުރުމަށް ކޯޓަށް ހުށަހަޅައިގެންކަމަށާއި އެގޮތުން ލުއި ދެވޭނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 66 ވަނަ މާއްދާގެ ދަށުން، ކޯޓުން ގިނަވެގެން 100 ދުވަހަށް ކަނޑައަޅާ ޝަރުޠެއްގެ ގޮތުގައިކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

މި ނިޒާމުގެ ތެރެއިން ބަންދަށް ލުއި ދީފައިވާ މީހުންގެ ޝަރުޠުތައް މުރާޖަޢާކުރުމަށް ކޮންމެ 100 ދުވަހަކުން 1 ފަހަރު އެ އޮފީހުން ކޯޓަށް ހުށަހަޅައި، މުރާޖަޢާކުރުން ކުރިއަށްގެންދާނެއެވެ. އަދި ބަންދަށް ލުއި ދީފައިވާ މީހަކު، އޭނާގެ މައްޗަށް ކޯޓުން ކޮށްފައިވާ އެއްވެސް ޝަރުޠަކާ ޚިލާފުވެއްޖެނަމަ، ވަގުތުން އެ މީހަކު އަލުން ބަންދުކުރުމަށް ކޯޓުގައި އެދޭނެކަމަށް އެ އޮފީހުން ބުނެއެވެ.

ބަންދަށް ލުއިދޭނީ ޓެގް އެޅުވުމުން އެ މީހުންގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކާ ކުޑަކުރެވިދާނެކަމަށް ފެންނަ ބާވަތްތަކުގެ ކުށްތަކުގެ ތުހުމަތުކުރެވޭ މީހުންނަށެވެ.

މި ނިޒާމުގެ ތެރެއިން ބަންދަށް ލުއި ނުދެވޭ މީހުންގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލައިގައި ބަންދުކޮށްފައިވާ މީހުންނާއި މަރުގެ މައްސަލަތަކުގައި ބަންދުކޮށްފައިވާ މީހުންނާއި ޓެރަރިޒަމްގެ ބޮޑެތި މައްސަލަތަކުގައި ބަންދުކޮށްފައިވާ މީހުންނާއި މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ބޮޑެތި މައްސަލަތަކުގައި ބަންދުކޮށްފައިވާ މީހުން ހިމެނެއެވެ.

Hajj Corpooration

Hajj Corpooration

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަލާހް ދެއްކެވި ވާހަކަ: ތަހްގީގްކުރަން ޕީޖީގެ ލަފާ ހޯދަނީ، ''މީހަކު މަރަން ބުނަފައެއް ނޯންނާނެ''ޚަބަރު | 2 ދުވަސް ކުރިންކުޑަކުއްޖަކާ ބެހުމުގެ ތުހުމަތުވާ މީހަކު ސިކުނޑީގެ އުނިކަން ހުންނާތީ މައްސަލަ އަނބުރާ ނަގައިފިޚަބަރު | 6 ދުވަސް ކުރިންމިދިޔަ މަހު ޓެގު އަޅުވާވައި ދޫކޮށްލީ 2 މީހުން، އަހަރުގެ މިހާތަނަށް 10 މީހުންނަށް ލުއިދީފިޚަބަރު | 15 ދުވަސް ކުރިންޒަކިއްޔާގެ މަރުގެ މައްސަލައިގައި ފުލުހުންގެ މައްޗަށް ދައުވާކުރުމާ މެދު ޕީޖީއާ އެކު މަޝްވަރާކުރަނީޚަބަރު | 23 ދުވަސް ކުރިން