logo
ޚަބަރު

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު ނިޔާވެއްޖެ

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
17 އޯގަސްޓު 2025 - 11:53
ފުލުހުންގެ މައި މަރުކަޒު
ފުލުހުންގެ މައި މަރުކަޒު

ދިވެހި ފުލުހުންގެ ބެލުމުގެ ދަށުގައި އަތޮޅުވެހީގައި ހުރި ދިވެހި ފިރިހެނަކު މިއަދު ނިޔާވެއްޖެއެވެ.

ފުލުހުން ބުނި ގޮތުގައި ނިޔާވެފައިވަނީ އަތޮޅުވެހީގެ ހަތް ނަންބަރު ގޮޅީގެ ބަންދުގައި ހުރި ގ. ޒާމިއާ، 48 އަހަރުގެ އަޙްމަދު އަފްރާހުއެވެ. އޭނާ ނިޔާވެފައިވަނީ މިއަދު ފަތިހުގެ ވަގުތެއްގައެވެ.

Hajj Corpooration

ފުލުހުން ބުނި ގޮތުގައި އޭނާގެ ހަރަކާތް ހުއްޓިފައިވާ ކަމަށް މިއަދު ފަތިހު 05:50 ހާއިރު ފުލުހުންނަށް ފާހަގަކުރެވެމުން އޭނާ އައިޖީއެމް ހޮސްޕިޓަލަށް ގެންދެވުނެވެ. އެހެން ނަމަވެސް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި އެ މައްސަލަ ފުލުހުންގެ މޭޖާ ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމެންޓުން ތަހުގީގުކުރާއިރު، އެ މައްސަލައިގެ މައުލޫމާތު އެޗްއާރްސީއެމް އަދި އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)އަށް ވަނީ ހިއްސާކޮށްފައެވެ.

އަދި އެ ހާދިސާއާ ގުޅިގެން ކަން ހިނގާފައިވާ ގޮތުގެ އެތެރޭގެ ތަހުގީގެއް ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑާޑް ކޮމާންޑުން ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ނިޔާވި އަފްރާހް ހައްުޔަރުކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. އޭނާ ހައްޔަރުކުރި ސަބަބެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

 

 

Hajj Corpooration
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު ނިޔާވެއްޖެޚަބަރު | 10 ގަޑިއިރު ކުރިންކުށްމަދު ވެއްޓެއް ޤާއިމު ކުރުމަށް ވިލިގިއްޔާއި ވާދޫގައި ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި ޚަބަރު | 13 ގަޑިއިރު ކުރިންބޭނުން ނުކޮށް ގިނަ ދުވަހު ބަހައްޓާފައި ހުރި 200 އަށް ވުރެ ގިނަ އުޅަނދު ނަގައިފި ޚަބަރު | ދުވަހެއް ކުރިންމަގުތަކުގައި ދިގު މުއްދަތަކަށް ބޭނުންނުކޮށް ހުރި އުޅަނދުތައް ނަގަނީޚަބަރު | 2 ދުވަސް ކުރިން